-

 އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 22/2014) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 167/2014)
 

ގަވާއިދު ނަންބަރު 22/2014 (އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

14 (ނ) ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަންގެ ފައިސާ، މި ގަވާއިދުގައިވާ ގޮތުގެ މަތިން، އެކައުންޓަށް ޖަމާކުރެވޭނީ، މި ގަވާއިދުގައި ވާގޮތުގެ މަތިން އަސާސީ ޕެންށަނަށް އެދި ޕެންށަން އޮފީހަށް އެޕްލިކޭށަން ފޯމު ހުށަހެޅުމުންނެވެ. މިގޮތުން، އަސާސީ ޕެންށަން ހައްގުވާ އުމުރު ހަމަވެފައިވީނަމަވެސް، އަސާސީ ޕެންށަނަށް އެދި ހުށަހަޅާފައިނުވާނަމަ، އަސާސީ ޕެންށަންގެ ފައިސާ ޖަމާކުރެވޭނީ، އަސާސީ ޕެންށަނަށް އެދި ފޯމު ހުށަހެޅި މަހުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ - މި އިސްލާހަށް އަމަލުކުރަން ފަށާނީ، 1 ޖެނުއަރީ 2015 އިން ފެށިގެންނެވެ. 

 

މައި ގަވާއިދު

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 22/2014)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން ދިނުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2014-22)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު