-

"އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު 1/2012) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 167/2014) 

މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 150/2021 އިން އުވާލެވިފައި

 

1 ވަނަ މާއްދާ – ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރު ފަތުރުގެ ގަނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވައިލާފައިވާ "އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދު" ގެ 10 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް (ނ) އަދި (ރ) އިތުރު ކޮށްފީމެވެ.

(ނ) މި ގަވާއިދަށް އަމަލުކުރަން ފެސުމުގެ ކުރިން، ގާނޫނު ނަންބަރު 5/2008 "ފުލުހުންގެ ގަނޫނު" ގެ ދަށުން ޓޯވ ކޮށްފައިވާ އެއްގަމު އުނޅަދާމެދު އަމަލުކުރަން ވާނީ މި ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

(ރ) މި ގަވާއިދުގެ ދަށުން ނައްތައިލާ އެއްގަމު އުޅަނދުގެ ބައިތައް، އުކާލުން ނުވަތަ ވިއްކާލުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މިގޮތުން ވިއްކާލާނަމަ ވިއްކަންވާނީ ނީލަމުގެ އުސޫލުންނެވެ. އަދި ނީލަމުގައި ވިއްކައިގެން ލިބޭ ފައިސާއާ މެދު އަމަލުކުރަން ވާނީ ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރު ފަތުރުގެ ގަނޫނޫ) ގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

 

2 ވަނަ މާއްދާއެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވައިދުގެ 13 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކޮށް ނަންބަރު ތަރުތީބު ކުރުން. (މިހާރު ގަވާއިދުގައި އޮތް 14 ވަނަ މާއްދާއަކީ 15 ވަނަ މާއްދާ ކަމަށް ހަމަޖައްސައި ނަންބަރު ތަރުތީބުކުރުން)

14. މަގުމަތީގައި އެއްގަމު އުޅަނދު ހުއްޓާފައި އޮތުމާއި ބޭއްވުން.

އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާގޮތަށް ޕާކިންގ ޒޯނުގެ ބޭރުގައި، މަގުމަތީގައި އެއްގަމުއުޅަނދު ހުއްޓާފައި އޮތުމާއި، މަޑުކޮށްފައި ބޭއްވުމަކީ ނުވަތަ ބެހެއްޓުމަކީ މަނާކަމެކެވެ.

 

3 ވަނަ މާއްދާ – މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

އުވި ގަވާއިދު

އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021/150)

 

މައި ގަވާއިދު

އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 1/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު