-

ވަޒީފާއާބެހޭ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 310/2014)

 

ގާނޫނު ނަންބަރު 5/2008 (ފުލުހުންގެ ގާނޫނު) ގެ 17 ވަނަ މާއްދަގެ (ނ) އިން ބާރު ލިބިގެން އެކުލަވައިލާފައިވާ، ވަޒީފާއާބެހޭ ގަވާއިދަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

37. (ހ)  ރަށުން ބޭރަށް ދިއުމާއި ރަސްމީ ގަޑީގައި ބޭރަށް ދިއުން

  1. މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެލާރޓްގެ ހާލަތު އިއުލާން ކޮށްފައި ނުވާހައިހިނދަކު، މުވައްޒަފަކަށް ލިބޭ އޮޕް ދުވަހު އެމުވައްޒަފަކު މަސައްކަތް ކުރާ ރަށް ފިޔަވައި އެހެން ރަށަކަށް 24 ގަޑިއިރަށް ހުއްދަ ނުނަގައިވެސް ދެވިދާނެއެވެ. އަދި މިހެންދިއުމުގައި އެ މުވައްޒަފަކު ރިޕޯރޓުކުރަންޖެހޭ އެންމެ އިސްފަރާތަކަށް އަންގަންވާނެއެވެ. ނަމަވެސް 24 ގަޑިއިރަށް ވުރެ އިތުރަށް މުވައްޒަފަކު އޭނާގެ ރަސްމީ ޑިއުޓީއަށް ހާޒިރުވާން ނުޖެހޭ ނުވަތަ މުވައްޒަފަށް ލިބޭ އޮފް ދުވަހުގައި، މުވައްޒަފު މަސައްކަތްކުރާ ރަށް ފިޔަވައި އެހެން ރަށަކަށް ދެވޭނީ އެ މުވައްޒަފެއް ރިޕޯޓުކުރަންޖެހޭ އެންމެ އިސްފަރާތުގެ ހުއްދަ ނަގައިގެންނެވެ. މިގޮތުން މުވައްޒަފުންނަށް ދަތިނުވާގޮތަށް ގިނަވެގެން 72 ގަޑިއިރަށެވެ.
  2. މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ގޮތުގެ މަތިން، މުވައްޒަފު ރަސްމީ ޑިއުޓީއަށް ހާޒިރުވާން ނުޖެހޭ ނުވަތަ އޮފް ދުވަހު ރަށުން ބޭރަށް، ހެޑް އޮފް ޑިޕާޓްމަންޓުގެ ހުއްދައާއެކު ދޫކޮށްފައިވާ މުވައްޒަފަކު، ކޮންމެހެން ޑިއުޓީއަށް ނެރެންޖެހިއްޖެކަމަށް އެ މުވައްޒަފެއްގެ ހެޑް އޮފް ޑިޕާޓްމަންޓް ނުވަތަ މުވައްޒަފުންގެ ކަންތައް ބަލަހައްޓާ ޑިޕާޓްމަންޓުން އަންގައިފިނަމަ، ވީ އެންމެ އަވަހަކަށް ހެޑް އޮފް ޑިޕާޓްމަންޓަށް ނުވަތަ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ޑިޕާޓްމަންޓަށް ރިޕޯޓުކުރަންވާނެއެވެ.
  3. ހެޑް އޮފް ޑިޕާޓްމަންޓުގެ ހުއްދައާއެކު، މުވައްޒަފަކު ރަސްމީ ޑިއުޓީއަށް  ހާޒިރުވާން ނުޖެހޭ ދުވަހެއްގައި ނުވަތަ އޮފް ދުވަހެއްގައި ރަށުންބޭރަށް ގޮސްފައިވާ މުވައްޒަފަކަށް ރަސްމީ ޗުއްޓީއެއް ހަމަޖައްސައިދެވޭނީ އަލުން އަނބުރާ އެމުވައްޒަފު ޑިއުޓީއަށް ނިކުތުމަށް ފަހުގައެވެ. ނަމަވެސް ބޮޑެތި ކަންތައްތަކާ ގުޅިގެން މުވައްޒަފަކަށް ހަމަޖައްސައިދޭންޖެހޭ ޗުއްޓީއެއް މިގޮތަށް ދޫކޮށްފައި ހުރިކމުގައި ވީނަމަވެސް ހަމަޖައްސައިދުމަކަށް މިމާއްދާ ހުރަހެއް ނާޅައެވެ.
  4. މޯލްޑިވްސް ޕޮލިސް ސަރވިސް އެލާރޓް ހާލަތުގައި މަސައްކަތްކުރަމުންދާ ވަގުތެއްގައި މުވައްޒަފަކު ރަސްމީކޮށް ހާޒިރުވާންޖެހޭ ރަސްމީ ޑިއުޓީއެއް ނެތްކަމުގައި ވީނަމަވެސް އޭނާއަށް ރަށުން ބޭރަށް ދިއުމުގެ ހުއްދަ، އެއްވެސް މުވައްޒަފަކަށް ނުދެވޭނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 37 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

37. (ށ) މުވައްޒަފަކު އޭނާގެ ރަސްމީ ޑިއުޓީއަށް ހާޒިރުވާން ނުޖެހޭ ނުވަތަ އޭނާގެ އޮފް ދުވަހުގައި، ރާއްޖެއިން ބޭރާށް، 24 ގަޑިއިރު ހުއްދަ ނުނަގައި ދެވިދާނެއެވެ. އަދި މިހެން ދިއުމުގައި އެ މުވައްޒަފަކު ރިޕޯޓުކުރަންޖެހޭ އެންމެ އިސްފަރާތަކަށް އަންގަންވާނެއެވެ. ނަމަވެސް މުވައްޒަފަކަށް. 24 ގަޑިއިރަށް ވުރެ އިތުރަށް، ރާއްޖެއިން ބޭރަށް ދެވޭނީ މި މާއްދާގެ (ހ) ގައި ބަޔާން ވެފައިވާ ގޮތުގެ މަތިން ހުއްދަ ނަގައިގެންނެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ފާސްވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވަޒީފާއާބެހޭ ގަވާއިދު (މޯލްޑިވްސް ޕޮލިސް ސަރިވިސް) (ގަވާއިދު ނަންބަރު 4/2009)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު