-

ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 114/2015) 

 

1 ވަނަ މާއްދާ - ސައިހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދު 14 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

14. ސައިހޮޓަލާއި ރެސްޓޯރަންޓް ހުޅުވާފައި ބެހެއްޓުން މަނާ ގަޑިތައް

(ހ) ރޯދަމަހުގެ ރޭތަކާއި ފިތުރު އީދު ވިލޭރޭ ފިޔަވައި އެހެން ރޭރޭ މެންދަމު 12:00 ން ފެށިގެން ފަތިހު 4:30 އާ ދެމެދު ސައި ހޮޓަލެއް ނުވަތަ ރެސްޓޯރެންޓެއް ހުޅުވާފައި ބެހެއްޓުމަކީ މަނާ ކަމެކެވެ.

(ށ) ކޮންމެ ނަމާދަކަށް ބަންގި ގޮވާ ވަގުތުން ފެށިގެން 15 މިނެޓް އިރު ވަންދެން ސައިހޮޓަލާއި ރެސްޓޯރަންޓް ބަންދުކޮށްފައި ބަހައްޓަންވާނެއެވެ. ހުކުރު ދުވަހުގެ ހެނދުނު 10:30 ން ފެށިގެން މެންދުރު 1:30 އާ ދެމެދު ސައިހޮޓަލެއް ނުވަތަ ރެސްޓޯރަންޓެއް ހުޅުވާފައި ބެހެއްޓުމަކީ މަނާކަމެކެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

(ނުހިމެނި)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު