-

މުއާސަލާތާބެހޭ ތަކެތީގެ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 26/2021)

 

ތައާާރަފާއި ނަން

(ހ) މިއީ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަށް ރިއާާޔަތްކޮށް، އެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި، 120 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރުލިބިގެން އެކުލަވައިލައިފައިވާ، ރޭޑިއޯ ކޮމިއުނިކޭށަން އިކުއިޕްމަންޓުގެ ވިޔަފާރިކުރުމަށް އިންޑިވިޖުއަލް ލައިސަންސް ދޫކުރުމުގެ އެންމެހައި އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ. 

(ށ) މި ގަވާއިދަށް ކިޔާނީ، "މުއާސަަލާތާބެހޭ ތަކެތީގެ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ރާއްޖޭގައި އެކި ބާވަތުގެ ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓުގެ ވިޔަފާރި ކުރުމަށް ހުއްދައަށް އެދޭނެ ގޮތްތަކާއި، ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ ގޮތްތަކާއި، ހުއްދައިގެ ފީތަކުގެ ތަފުސީލު ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ލައިސަންސް ދޫކުރުން

ރާއްޖޭގައި ރޭޑިއޯ ކޮމިއުނިކޭށަން އިކުއިޕްމަންޓުގެ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރާނީ، ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިންނެވެ.

 

4 ވަނަ މާއްދާ - ލައިސަންސްގެ ބާވަތްތައް

މި ގަވާއިދުގެ ދަށުން، ރޭޑިއޯ ކޮމިއުނިކޭށަން އިކުއިޕްމަންޓުގެ ވިޔަފާރި ކުރުމަށް އަންނަނިވި ބާވަތްތަކުގެ ލައިސަންސް ދޫކުރެވޭނެއެވެ.

(ހ) ޖެނެރަލް ވެންޑަރ ލައިސަންސް.

(ށ) ސެޓެލައިޓް ޓަރމިނަލް ވެންޑަރ ލައިސަންސް.

(ނ) ބީކަންސް ޕްރޮގްރާމިންގ ވެންޑަރ ލައިސަންސް.

(ރ) ބީކަންސް ޕްރޮގްރާމިންގ އެންޑް މެއިންޓެނަންސް ވެންޑަރ ލައިސަންސް.

 

5 ވަނަ މާއްދާ - ޖެނެރަލް ވެންޑަރ ލައިސަންސް

(ހ) ޖެނެރަލް ވެންޑަރ ލައިސަންސަކީ، ރޭޑިއޯ ކޮމިއުނިކޭށަން އިކުއިޕްމަންޓް ޕްރޮގްރާމް ކުރުމާއި، އެ ތަކެތީގެ ވިޔަފާރި ކުރުމަށް ދޫކުރާ ލައިސަންސެކެވެ. މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ރޭޑިއޯ ކޮމިއުނިކޭށަން އިކުއިޕްމަންޓުގެ ވިޔަފާރި، ޖެނެރަލް ވެންޑަރ ލައިސަންސްގެ ދަށަކުން ނުކުރެވޭނެއެވެ.

(ށ) ޖެނަރަލް ވެންޑަރ ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއަކަށެވެ.

(ނ) ޖެނެރަލް ވެންޑަރ ލައިސަންސަކަށް ކޮންމެ ވަގުތެއްގައި ވެސް އެދެވިދާނެއެވެ. ލައިސަންސަށް އެދި ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓް (www.cam.gov.mv) އިން ލިބެންހުންނަ "ޖެނެރަލް ވެންޑަރ ލައިސަންސަށް އެދޭ ފޯމު" އިންނެވެ.

(ރ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެކަމަށް ބޭނުންވާ މައާުލޫމާތާއި  ލައިސަންސަށް ބޭނުންވާ އެހެނިހެން ކަންކަން ފުރިހަމަކޮށްފައި ހުށަހަޅާ ފަރާތްތަކަށް، ވެންޑަރ ލައިސަންސް ދޫކުރާންވާނެއެވެ.

(ބ) ޖެނެރަލް ވެންޑަރ ލައިސަންސްގެ ދަށުން މުއާސަަލާތާބެހޭ ތަކެތީގެ ވިޔަފާރި ކުރުމުގެ މައިގަނޑު ށަރުތުުތައް ތިރީގައި މިވަނީއެވެ.

  1. މި ލައިސަންސްގެ ދަށުން ވިއްކޭނީ އޮތޯރިޓީން ޓައިޕް އެޕްރޫވްކޮށްފައިވާ އިކްއިޕްމަންޓެވެ.
  2. ވިއްކުމަށް ޓަކައި އެތެރެކުރެވޭ ތަކެތީގެ އަދަދާއި، ބާވަތާއި، މޮޑެލްއާއި، ސީރިއަލް ނަންބަރު އެނގޭގޮތަށް އެ ފަރާތަކުން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް މި މައާުލޫމާތު ރައްކައުކޮށް ބަލަހައްޓާންވާނެއެވެ.
  3. މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައާުލޫމާތު އޮތޯރިޓީން ބޭނުންވާ ހާލަތްތަކުގައި ލިބޭގޮތަށް ހަމަޖައްސައިދޭންވާނެއެވެ.
  4. މި ލައިސަންސްގެ ދަށުން ވިއްކާ ތަކެތީގެ މައާުލޫމާތު، މަހަކު އެއްފަހަރު އޮތޯރިޓީއަށް ފޮނުވާންވާނެއެވެ.

(ޅ) ޖެނެރަލް ވެންޑަރ ލައިސަންސްގެ ފީއަކީ، އަހަރަކު 1,000 (އެއްހާސް) ރުފިޔާއެވެ.

(ކ) ޖެނެރަލް ވެންޑަރ ލައިސަންސް ދޫކުރާނީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(އ) ލައިސަންސްގެ މުއްދަތުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް އަހަރީ ފީ ދައްކާންވާނެއެވެ. ފީ ނުދައްކާ 1 (އެކެއް) މަސްދުވަސް ފާއިތުވެއްޖެނަމަ، ލައިސަންސް ބާތުިލު ވާނެއެވެ.

(ވ) ވެންޑަރ ލައިސަންސްގެ މުއްދަތަށްފަހު، ލައިސަންސް އައުކުރަން ބޭނުންނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދުމުގެ ފުރުސަަތު، ލައިސަންސް ލިބިފައިވާ ފަރާތަށް އޮންނާނެއެވެ.

(މ) ލައިސަންސް އައުކޮށްދެވޭނީ، ލައިސަންސް ދޫކުރެވުނުއިރު ކަނޑައެޅިފައިހުރި އުސޫލުތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލަކާ އެއްގޮތަށެވެ.

 

6 ވަނަ މާއްދާ - ސެޓެލައިޓް ޓަރމިނަލް ވެންޑަރ ލައިސަންސް

(ހ) ސެޓެލައިޓް ޓަރމިނަލް ވެންޑަރ ލައިސަންސަކީ، ޓޫވޭ ސެޓެލައިޓް ކޮމިއުނިކޭށަން އިކުއިޕްމަންޓް ޕްރޮގްރާމް ކުރުމާއި، އެ ތަކެތީގެ ވިޔަފާރި ކުރުމަށް ދޫކުރާ ލައިސަންސެކެވެ.

(ށ) ސެޓެލައިޓް ޓަރމިނަލް ވެންޑަރ ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއަކަށެވެ. އަދި ލައިސަންސް ދޫކުރެވޭ  ވިޔަފާރީގެ މަގުސަދުތަކުގެ ތެރޭގައި، މުއާސަަލާތާބެހޭ ތަކެތީގެ ވިޔަފާރިކުރުން ހިމެނެންވާނެއެވެ.

(ނ) ސެޓެލައިޓް ޓަރމިނަލް ވެންޖޑަރ ލައިސަންސަށް ކޮންމެ ވަގުތެއްގައި ވެސް އެދެވިދާނެއެވެ. ލައިސަންސަށް އެދި ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓް (www.cam.gov.mv) އިން ލިބެންހުންނަ "ސެޓެލައިޓް ޓަރމިނަލް ވެންޑަރ ލައިސަންސަށް އެދޭ ފޯމު" އިންނެވެ.

(ރ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެކަމަށް ބޭނުންވާ މައާުލޫމާތާއި، ލައިސަންސަށް ބޭނުންވާ އެހެނިހެން ކަންކަން ފުރިހަމަކޮށްފައި ހުށަހަޅާ ފަރާތްތަކަށް ވެންޑަރ ލައިސަންސް ދޫކުރާންވާނެއެވެ.

(ބ) ސެޓެލައިޓް ޓަރމިނަލް ވެނޑަރ ލައިސަންސްގެ ދަށުން މުއާސަަލާތާބެހޭ ތަކެތީގެ ވިޔަފާރި ކުރުމުގެ މައިގަނޑު ށަރުތުުތައް ތިރީގައި މިވަނީއެވެ.

  1. މި ލައިސަންސްގެ ދަށުން ވިއްކާ ސެޓެލައިޓް ޓަރމިނަލްތަކުގެ އޮޕަރޭޓަރުގެ މައާުލޫމާތު އޮތޯރިޓީއަށް އަންގާންވާނެއެވެ.
  2. ވިއްކުމަށް ޓަކައި އެތެރެކުރެވޭ ތަކެތީގެ އަދަދާއި، ބާވަތާއި، މޮޑެލްއާއި، ސީރިއަލް ނަންބަރު އެނގޭގޮތަށް އެ ފަރާތަކުން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް މި މައާުލޫމާތު ރައްކައުކޮށް ބަލަހައްޓާންވާނެއެވެ.
  3. މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައާުލޫމާތު އޮތޯރިޓީން ބޭނުންވާ ހާލަތްތަކުގައި އެ މައާުލޫމާތު ލިބޭގޮތަށް ހަމަޖައްސައިދޭންވާނެއެވެ.
  4. މި ލައިސަންސްގެ ދަށުން ވިއްކާ ތަކެތީގެ މައާުލޫމާތު، މަހަކު އެއްފަހަރު އޮތޯރިޓީއަށް ފޮނުވާންވާނެއެވެ.

(ޅ) ސެޓެލައިޓް ޓަރމިނަލް ވެންޑަރ ލައިސަންސްގެ ފީއަކީ އަހަރަކު 1,000 (އެއްހާސް ރުފިޔާ) އެވެ.

(ކ) ސެޓެލައިޓް ޓަރމިނަލް ވެންޑަރ ލައިސަންސް ދޫކުރާނީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(އ) ލައިސަންސްގެ މުއްދަތުގައި ކޮންމެ އަހަރަކު ވެސް އަހަރީ ފީ ދައްކާންވާނެއެވެ. ފީ ނުދައްކާ 1 (އެކެއް) މަސްދުވަސް ފާއިތުވެއްޖެނަމަ، ލައިސަންސް ބާތުިލު ވާނެއެވެ.

(ވ) ސެޓެލައިޓް ޓަރމިނަލް ވެންޑަރ ލައިސަންސްގެ މުއްދަތަށްފަހު، ލައިސަންސް އައުކުރަން ބޭނުންނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދުމުގެ ފުރުސަަތު، ލައިސަންސް ލިބިފައިވާ ފަރާތަށް އޮންނާނެއެވެ.

(މ) ލައިސަންސް އައުކޮށްދެވޭނީ، ލައިސަންސް ދޫކުރެވުނުއިރު ކަނޑައެޅިފައި ހުރި އުސޫލުތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލަކާ އެއްގޮތަށެވެ.

 

7 ވަނަ މާއްދާ - ބީކަންސް ޕްރޮގްރާމިންގ ވެންޑަރ ލައިސަންސް

(ހ) ބީކަންސް ޕްރޮގްރާމިންގ ވެންޑަރ ލައަސަންސަކީ، ކުއްލި ހާލަތްތަކުގައި އުޅަނދެއް އޮތްތަން، ނުވަތަ މީހަކު ހުރިތަން އަންގައިދިނުމަށް ބޭނުންކުރާ އެކި ބާވަތުގެ ބީކަން ޕްރޮގްރާމް ކުރުމާއި، އެ ތަކެތީގެ ވިޔަފާރި ކުރުމަށް ދޫކުރާ ލައިސަންސެކެވެ.

(ށ) ބީކަންސް ޕްރޮގްރާމިންގ ވެންޑަރ ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށެވެ. އަދި ލައިސަންސް ދޫކުރެވޭ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ މަގުސަދުތަކުގެ ތެރޭގައި، މުއާސަަލާތާބެހޭ ތަކެތީގެ ވިޔަފާރިކުރުން ހިމެނެންވާނެއެވެ.

(ނ) ބީކަންސް ޕްރޮގްރާމިންގ ވެންޑަރ ލައިސަންސަށް ކޮންމެ ވަގުތެއްގައި ވެސް އެދެވިދާނެއެވެ. ލައިސަންސަށް އެދި ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓް (www.cam.gov.mv) އިން ލިބެންހުންނަ "ބީކަންސް ޕްރޮގްރާމިންގ ވެންޑަރ ލައިސަންސަށް އެދޭ ފޯމު" އިންނެވެ.

(ރ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެކަމަށް ބޭނުންވާ މައާުލޫމާތާއި، ލައިސަންސަށް ބޭނުންވާ އެހެނިހެން ކަންކަން ފުރިހަމަކޮށްފައި ހުށަހަޅާ ފަރާތްތަކަށް ވެންޑަރ ލައިސަންސް ދޫކުރާންވާނެއެވެ.

(ބ) ބީކަންސް ޕްރޮގްރާމިންގ ވެންޑަރ ލައިސަންސްގެ ދަށުން މުއާސަަލާތާބެހޭ ތަކެތީގެ ވިޔަފާރި ކުރުމުގެ މައިގަނޑު ށަރުތުުތައް ތިރީގައި މިވަނީއެވެ.

  1. މި ލައިސަންސްގެ ދަށުން ވިއްކާ ބީކަންސް ވާންވާނީ ކޮސްޕާސް-ސާސެޓްގައި ޓައިޕް އެޕްރޫވްކޮށްފައިވާ ބީކަންއަކަށެވެ.
  2. ވިއްކުމަށް ޓަކައި އެތެރެކުރެވޭ ތަކެތީގެ އަދަދާއި، ބާވަތާއި، މޮޑެލްއާއި، ސީރިއަލް ނަންބަރު އެނގޭގޮތަށް އެ ފަރާތަކުން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް މި މައާުލޫމާތު ރައްކައުކޮށް ބަލަހައްޓާންވާނެއެވެ.
  3. މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައާުލޫމާތު އޮތޯރިޓީން ބޭނުންވާ ހާލަތްތަކުގައި އެ މައާުލޫމާތު ލިބޭގޮތަށް ހަމަޖައްސައިދޭންވާނެއެވެ.

(ޅ) ބީކަންސް ޕްރޮގްރާމިންގ ވެންޑަރ ލައިސަންސްގެ ފީއަކީ، އަހަރަކު 1,000 (އެއްހާސް) ރުފިޔާއެވެ.

(ކ) ބީކަންސް ލައިސަންސް ދޫކުރާނީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. ލައިސަންސްގެ މުއްދަތުގައި ކޮންމެ އަހަރަކު ވެސް އަހަރީ ފީ ދައްކާންވާނެއެވެ. ފީ ނުދައްކާ 1 (އެކެއް) މަސްދުވަސް ފާއިތުވެއްޖެނަމަ، ލައިސަންސް ބާތުިލު ވާނެއެވެ.

(އ) ބީކަންސް ޕްރޮގްރާމިންގ ވެންޑަރ ލައިސަންސްގެ މުއްދަތަށްފަހު، ލައިސަންސް އައުކުރަން ބޭނުންނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދުމުގެ ފުރުސަަތު، ލައިސަންސް ލިބިފައިވާ ފަރާތަށް އޮންނާނެއެވެ.

(ވ) ލައިސަންސް އައުކޮށްދެވޭނީ، ލައިސަންސް ދޫކުރެވުނުއިރު ކަނޑައެޅިފައި ހުރި އުސޫލުތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލަކާ އެއްގޮތަށެވެ.

 

8 ވަނަ މާއްދާ - ބީކަންސް ޕްރޮގްރާމިންގ އެންޑް މެއިންޓެނަންސް ލައިސަންސް

(ހ) ބީކަންސް ޕްރޮގްރާމިންގ އެންޑް މެއިންޓެނަންސް ލައިސަންސަކީ، ކުއްލި ހާލަތްތަކުގައި އުޅަނދެއް، ނުވަތަ މީހަކު ހުރިތަން އަންގައިދިނުމުގައި ބޭނުންކުރާ އެކި ބާވަތުގެ ބީކަން ޕްރޮގްރާމު ކުރުމާއި މެއިންޓެނަންސްގެ ވިޔަފާރި ކުރުމަށް ދޫކުރާ ލައިސަންސެކެވެ.

(ށ) ބީކަންސް ޕްރޮގްރާމިންގ އެންޑް މެއިންޓެނަންސް ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއަކަށެވެ. އަދި ލައިސަންސް ދޫކުރެވޭ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ މަގުސަދުތަކުގެ ތެރޭގައި، މުއާސަަލާތާބެހޭ ތަކެތީގެ ވިޔަފާރިކުރުން ހިމެނެންވާނެއެވެ.

(ނ) ބީކަންސް ޕްރޮގްރާމިންގ އެންޑް މެއިންޓެނަންސް ލައިސަންސް ދޫކުރެވޭނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ށަރުތުުތަކުގެ އިތުރުން، ބީކަން އުފައްދާ ނުވަތަ ޑިސްޓްރިބިއުޓް ކުރާ ފަރާތަކުން އެ ފަރާތަކަށް ބީކަން ސަރވިސް ކުރުމާއި މެއިންޓަނަންސް މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާ ވިޔަފާރިއަކަށެވެ.

(ރ) މި މާއްދާގެ ދަށުން ދޫކުރެވޭ ބީކަންސް ޕްރޮގްރާމިންގ އެންޑް މެއިންޓެނަންސް ވިޔަފާރީ ކުރުމުގެ ލައިސަންސްގެ ދަށުން، ބީކަން ޕްރޮގްރާމް ކުރުމާއި، އެ ތަކެތީގެ ވިޔަފާރި ވެސް ކުރެވޭނެއެވެ. އަދި އެކަމަށް ޓަކައި، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބީކަންސް ޕްރޮގްރާމިންގ ވެންޑަރ ލައިސަންސް އިތުރަށް ހޯދާކަށެއް ނުޖެހޭނެއެވެ.

(ބ) ބީކަންސް ޕްރޮގްރާމިންގ އެންޑް މެއިންޓެނަންސް ލައިސަންސަށް ކޮންމެ ވަގުތެއްގައި ވެސް އެދެވިދާނެއެވެ. ލައިސަންސަށް އެދި ހުށަހަޅާނީ، އޮތޯރިޓީގެ ވެބްސައިޓް (www.cam.gov.mv) އިން ލިބެންހުންނަ "ބީކަންސް ޕްރޮގްރާމިންގ އެންޑް މެއިންޓެނަންސް ލައިސަންސަށް އެދޭ ފޯމު" އިންނެވެ.

(ޅ) ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެކަމަށް ބޭނުންވާ މައާުލޫމާތާއި، ލައިސަންސަށް ބޭނުންވާ އެހެނިހެން ކަންކަން ފުރިހަމަކޮށްފައި ހުށަހަޅާ ފަރާތްތަކަށް، ވެންޑަރ ލައިސަންސް ދޫކުރާންވާނެއެވެ.

(ކ) ބީކަންސް ޕްރޮގްރާމިންގ އެންޑް މެއިންޓެނަންސް ލައިސަންސްގެ ދަށުން މުއާސަަލާތާބެހޭ ތަކެތީގެ ވިޔަފާރި ކުރުމުގެ މައިގަނޑު ށަރުތުުތައް ތިރީގައި މިވަނީއެވެ.

  1. މި ލައިސަންސްގެ ދަށުން ވިއްކާ ބީކަންސް ވާންވާނީ ކޮސްޕާސް-ސާސެޓްގައި ޓައިޕް އެޕްރޫވްކޮށްފައިވާ ބީކަންއަކަށެވެ.
  2. ވިއްކުމަށް ޓަކައި އެތެރެކުރެވޭ ތަކެތީގެ އަދަދާއި، ބާވަތާއި، މޮޑެލްއާއި، ސީރިއަލް ނަންބަރު އެނގޭގޮތަށް އެ ފަރާތަކުން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް މި މައާުލޫމާތު ރައްކައުކޮށް ބަލަހައްޓާންވާނެއެވެ.
  3. މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައާުލޫމާތު އޮތޯރިޓީން ބޭނުންވާ ހާލަތްތަކުގައި އެ މައާުލޫމާތު ލިބޭގޮތަށް ހަމަޖައްސައިދޭންވާނެއެވެ.
  4. ބީކަން ޕްރޮގްރާމްކޮށް ވިއްކުމަށްފަހު އެ ބީކަން ކޮސްޕާސް-ސާސެޓްގައި ރަޖިސްޓަރީ ކުރުމަށް ބޭނުންވާ މައާުލޫމާތު އިލެކްޓްރޯނިކްކޮށް އޮތޯރިޓީއަށް ފޮނުވާންވާނެއެވެ.
  5. ބީކަން ޕްރޮގްރާމް ކުރުމަށްފަހު، ކަމާބެހޭ އިދާރާތަކަށް ބޭނުންވާ މައާުލޫމާތު، ބީކަން ގަތް ފަރާތަށް ދޫކުރާންވާނެއެވެ.
  6. ބީކަން މެއިންޓެނަންސް ސަރވިސް ކުރުމަށްފަހު، އޮތޯރިޓީއަށް އެ މައާުލޫމާތު ފޮނުވާންވާނެއެވެ.

(އ) ބީކަންސް ޕްރޮގްރާމިންގ އެންޑް މެއިންޓެނަންސް ލައިސަންސްގެ ފީއަކީ، އަހަރަކު 2,000 (ދެހާސް ރުފިޔާ) އެވެ.

(ވ) ބީކަންސް ލައިސަންސް ދޫކުރާނީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށެވެ. ލައިސަންސްގެ މުއްދަތުގައި ކޮންމެ އަހަރަކުވެސް އަހަރީ ފީ ދައްކާންވާނެއެވެ. ފީ ނުދައްކާ 1 (އެކެއް) މަސްދުވަސް ފާއިތުވެއްޖެނަމަ، ލައިސަންސް ބާތުިލު ވާނެއެވެ.

(މ) ބީކަންސް ޕްރޮގްރާމިންގ އެންޑް މެއިންޓެނަންސް  ލައިސަންސްގެ މުއްދަތަށްފަހު، ލައިސަންސް އައުކުރަން ބޭނުންނަމަ، ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިން އެކަމަށް އެދުމުގެ ފުރުސަަތު، ލައިސަންސް ލިބިފައިވާ ފަރާތަށް އޮންނާނެއެވެ.

(ފ) ލައިސަންސް އައުކޮށްދެވޭނީ، ލައިސަންސް ދޫކުރެވުނުއިރު ކަނޑައެޅިފައި ހުރި އުސޫލުތަކަށް ބަދަލެއް އައިސްފައިވާނަމަ، އެ ބަދަލަކާ އެއްގޮތަށެވެ.

 

9 ވަނަ މާއްދާ - އިދާރީ ފިޔަވަޅު

މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިިލާފުކަމެއް، ލައިސަންސް ލިބިފައިވާ ފަރާތަކުން ކޮށްފިނަމަ، އެ ފަރާތަކާމެދު ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅުއެޅުމުގެ އިހިްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) ގަވާއިދާ ހިިލާފުވާ ފުރަތަމަ ފަހަރު އެ ކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދީފައި، އެކަން އެންގުން.

(ށ) ގަވާއިދާ ހިިލާފުވާ ދެވަނަފަހަރު  އެ ކަމެއް ރަނގަޅުކުރުމަށް އަންގައި 1,000 (އެއްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުން.

(ނ) ގަވާއިދާ ހިިލާފުވާ ތިންވަނަ ފަހަރު 5,000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމާއި، އިތުރަށް ގަވާއިދާ ހިިލާފުވާނަމަ ލައިސަންސް ހިފަހައްޓާނެކަމުގެ އިންޒާރުދިނުން.

(ރ) ގަވާއިދާ ހިިލާފުވާ ހަތަރުވަނަ ފަހަރު، ނުވަތަ އެއަށްވުރެ އިތުރަށް ގަވާއިދާ ހިިލާފުވާ ކޮންމެ ފަހަރަކު 5,000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމާއެކު، 3 (ތިނެއް) މަސްދުވަހަށް ލައިސަންސް ހިފެހެއްޓުން.

 

10 ވަނަ މާއްދާ - ލައިސަންސެއް ނެތި ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓުގެ ވިޔަފާރިކުރުން

ލައިސަންސެއްނެތި ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓުގެ ވިޔަފާރި ކުރުމަކީ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާ ހިިލާފު ކަމެކެވެ. އެފަދަ ކަމެއް ކޮށްފިނަމަ، ތިރީގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރުމުގެ އިހިްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

ގާނޫނާ ހިިލާފު އަމަލު - ޖޫރިމަނާގެ އަދަދު

(ހ) ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓުގެ ވިޔަފާރި ކުރުމުގެ ލައިސަންސެއްގެ ދަށުން ކުރަންޖެހޭ ކަމެއް، ލައިސަންސެއް ނެތި ކުރާ ފުރަތަމަ ފަހަރު - 1,000 (އެއްހާސް ރުފިޔާ)

(ށ) ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓުގެ ވިޔަފާރިކުރުމުގެ ލައިސަންސެއްގެ ދަށުން ކުރަންޖެހޭ ކަމެއް، ލައިސަންސެއް ނެތި ކުރާ ދެވަނަ ފަހަރު - 2,000 (ދެހާސް ރުފިޔާ)

(ނ) ރޭޑިއޯ ކޮމިއުނިކޭށަންގެ އިކުއިޕްމަންޓުގެ ވިޔަފާރިކުރުމުގެ ލައިސަންސެއްގެ ދަށުން ކުރަންޖެހޭ ކަމެއް، ލައިސަންސެއް ނެތި ކުރާ ތިންވަނަ ފަހަރުން ފެށިގެން އިތުރުވާ ކޮންމެ ފަހަރަކަށް - 5,000 (ފަސްހާސް ރުފިޔާ)

 

11 ވަނަ މާއްދާ - ގަވާއިދަށް ބަދަލު ގެނައުން

މި ގަވާއިދަށް އިތުރު ހަރުދަނާކަމެއް ގެނައުމުގެ ގޮތުން މި ގަވާއިދު އިސަްލާހުުކުރަން ޖެހިއްޖެ ހާލަތެއްގައި، އެކަން ކުރާނީ އޮތޯރިޓީންނެވެ. 

 

12 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ،  ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާާއިއާުކުރާ ތާރީހިުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހިުން ފެށިގެންނެވެ.

 

13 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ކުރީގެ ހުއްދަތައް ބާތުިލުވުން

މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހިުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހިުން ފެށިގެން، މުއާސަަލާތާބެހޭ ތަކެތި ވިއްކުމަށް އޮތޯރިޓީން އެކިއެކި ފަރާތްތަކަށް ދޫކޮށްފައިވާ އެންމެހައި ހުއްދަތައް ބާތުިލުވާނެއެވެ. އަދި އެ މުއްދަތަށްފަހު އެ ފަރާތްތަކުން މުއާސަަލާތާބެހޭ ތަކެތީގެ ވިޔަފާރި ކުރާންވާނީ، މި ގަވާއިދުގެ ދަށުން ލައިސަންސް ހޯދައިގެންނެވެ. 

 

14 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ އާިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އާިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ އާިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 42/2015 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު) ގެ ދަށުން އުފައްދައިފައިވާ ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށެވެ.

(ށ) "ވެންޑަރ" ކަމުގައި ބުނެފައި އެވަނީ، ރޭޑިއޯ ކޮމިއުނިކޭށަނާބެހޭ ތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށެވެ.

(ނ) "ސެޓެލައިޓް ޓަރމިނަލް" ކަމުގައި ބުނެފައި އެވަނީ، ސެޓެލައިޓް މެދުވެރިކޮށް  ދެކޮޅަށް މުއާސަަލާތު ކުރެވޭ އިކުއިޕްމަންޓަށެވެ. މީގެ ތެރޭގައި ސެޓެލައިޓް ފޯނު ވެސް ހިމެނެއެވެ.

(ރ) "ބީކަންސް" ކަމުގައި ބުނެފައި އެވަނީ، ކުއްލި ހާލަތުގައި އުޅަނދެއް، ނުވަތަ މީހަކު ހުރިތަން އަންގައިދިނުމުގައި ބޭނުންކުރާ އެކިއެކި އާލާތްތަކަށެވެ.

(ބ) "ކޮސްޕާސް - ސާސެޓް" ކަމުގައި ބުނެފައި އެވަނީ، ސަރޗް އެންޑް ރެސްކިއުގެ ކަންކަން ވިލަރެސް ކުރުމަށް ޓަކައި އުފައްދައިފައިވާ ބައިނަލްއަގުްވާމީ ޖަމްއާިއްޔާއަށެވެ.

 

މައި ގާނޫނު

ޓެލެކޮމިއުނިކޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 43/2015)

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު