-

ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 5/2021)

 

ގަވާއިދު ނަންބަރު 1069/2019 (ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ

ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

(ނ) ފަނޑިޔާރުކަމަށް އެދި ހުށަހަޅައިފައިވާ ކޯޓުގެ މުވައްޒަފުންގެ ތެރޭގައި، އެ މީހަކު އެ ކޯޓުގެ ފަނޑިޔާރަކަށް އައްޔަނު ކޮށްފި ނަމަ، ގަވާއިދު ނަންބަރު 18/2011 (ށަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011) ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ގުޅުމެއް އޮތް މުވައްޒަފަކު ނެތުން.

 

2 ވަނަ މާއްދާ

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކޯޓުތަކަށް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 1069/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު