(ހ) މިއީ، ޖުޑީށަލް އެކެޑަމީގެ އެޑްވައިޒަރީ ބޯޑު އެކުލެވިގެންވާ ގޮތާއި، އެ ބޯޑުގެ މަސައްކަތްތައް ބަޔާންކޮށްފައިވާ ގަވާއިދެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ޖުޑީށަލް އެކެޑަމީގެ އެޑްވައިޒަރީ ބޯޑުގެ ގަވާއިދު" މިހެންނެވެ.
(ނ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 10/2008 (ޖުޑީށަލް ސަރވިސް ކޮމިށަންގެ ގާނޫނު) ގެ 2-21 ވަނަ މާއްދާގެ ދަށުން މި ގާނޫނުން ޖުޑީށަލް އެކަޑަމީއަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ބޭނުންވާ ލަފަޔާއި އިރުށާދު ދިނުމަށް ޓަކައި އެކުލަވައިލެވިފައިވާ ބޯޑުގެ ގަވާއިދެވެ.
(ހ) އެޑްވައިޒަރީ ބޯޑު އެކުލެވިގެންވަނީ، އަންނަނިވި 8 (އަށެއް) މެންބަރުންގެ މައްޗަށެވެ.
(ށ) އެޑްވައިޒަރީ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރެވެ.
(ނ) އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުމެއްގެ ކޯރަމަކީ 5 (ފަހެއް) މެންބަރުންނެވެ.
(ރ) މި މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތައް އެޑްވައިޒަރީ ބޯޑަށް ޢައްޔަނު ކުރާނީ، ޖުޑީށަލް ސަރވިސް ކޮމިށަނުންނެވެ.
(ބ) މި މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތައް އެޑްވައިޒަރީ ބޯޑަށް ޢައްޔަނު ކުރާނީ، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރެވެ.
އެޑްވައިޒަރީ ބޯޑުގެ ރިޔާސަތު ބެހެލެއްޓުމުގެ އިތުރުން، އަންނަނިވި ކަންކަން ކުރުމަކީ، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ ޒިންމާގައިވާ ކަންކަމެވެ.
(ހ) އެޑްވައިޒަރީ ބޯޑުގެ ޖަލްސާތަކުގެ އެޖެންޑާ ކަނޑައެޅުމާއި، ރިޔާސަތު ބެލެހެއްޓުން.
(ށ) އެޑްވައިޒަރީ ބޯޑުގެ ނިންމުންތައް އާންމުކުރުމާއި، ކަމާބެހޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު ދިނުން.
(ނ) އެކެޑަމީގެ ކަންކަމުގައި ޖުޑީށަލް ސަރވިސް ކޮމިށަނަށާއި މަތީ ތައުލީމަށް ޒިންމާވާ ވަޒީރަށް ޖަވާބުދާރީވުން.
(ހ) ޖުޑީށަލް އެކެޑަމީގެ މައިގަނޑު މަސައްކަތްތަކާ ގުޅޭގޮތުން، ޖުޑީށަލް ސަރވިސް ކޮމިށަނުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އަންނަނިވި ކަންކަން ކުރުމަކީ، އެޑްވައިޒަރީ ބޯޑުގެ މަސްއޫލިއްޔަތެކެވެ. އަދި މި މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އެންމެހައި ބާރުތައް އެ ބޯޑަށް ލިބިގެންވެއެވެ.
(ށ) އެޑްވައިޒަރީ ބޯޑުން ކުރަންޖެހޭ މަސައްކަތެއް، އެކަޑަމީގެ މެންބަރަކަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަންގެ މުވައްޒަފަކާ ހަވާލު ކުރެވިދާނެއެވެ.
(ނ) އަންނަނިވި ކަންކަން އެޑްވައިޒަރީ ބޯޑުން އެހެން ފަރާތަކާ ހަވާލެއް ނުކުރެވޭނެއެވެ.
ޖުޑީށަލް އެޑްމިނިސްޓްރޭޓަރު ހާޒިރުވެ ނެތް ހާލަތެއްގައި އެޑްވައިޒަރީ ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ، ޖުޑީށަލް އެކެޑަމީ ހިންގާ އިސްވެރިޔާއެވެ. މި މަގާމުގައި އޭނާގެ މަސްއޫލިއްޔަތުތައް ތިރީގައި މިވަނީއެވެ.
(ހ) ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރަށް އެޑްވައިޒަރީ ބޯޑުން ނިންމާ ނިންމުންތަކާއި އެކެޑަމީގެ ހަރަކާތްތަކުގެ މައުލޫމާތު ދިނުން.
(ށ) އެޑްވައިޒަރީ ބޯޑުން ނިންމާ ނިންމުންތަކާ އެއްގޮތަށް އެކެޑަމީގެ އިދާރީ ކަންކަމާއި ތައުލީމީ ކަންކަން ހިންގުން.
(ނ) އެކެޑަމީގެ ބަޖެޓާއި، އިދާރީ ކަންކަމާއި، ކިޔަވައިދިނުމާބެހޭ ރޭވުންތައް އެޑްވައިޒަރީ ބޯޑަށް ހުށަހެޅުން.
އަންނަނިވި ކަންކަން ކުރުމަކީ، އެޑްވައިޒަރީ ބޯޑުގެ މެންބަރުންގެ މަސްއޫލިއްޔަތެކެވެ.
(ހ) ބޯޑުގެ ޖަލްސާތަކަށް ހާޒިރުވުން.
(ށ) ބޯޑުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އެ މެންބަރެއްގެ ހުނަރާއި ތަޖުރިބާ، ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ހުށަހެޅުން.
(ނ) އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަގާމުގެ ބޭނުން ނުކުރުން.
(ރ) މަގާމުގެ ހައިސިއްޔަތުން ލިބޭ މައުލޫމާތަށް ރައްކައުތެރިވުމާއި، އެފަދަ މައުލޫމާތެއް، އަމިއްލަ ފައިދާއަށް، ނުވަތަ އެހެން ފަރާތެއްގެ ފައިދާއަށް، ނުވަތަ އެކެޑަމީއަށް ގެއްލުމެއް ދިނުމަށް ބޭނުން ނުކުރުން.
(ބ) ހެޔޮ ނިޔަތުގައި އެޑްވައިޒަރީ ބޯޑުގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވުން.
އެޑްވައިޒަރީ ބޯޑުގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ ޖުޑީށަލް އެކެޑަމީންނެވެ. ސެކްރެޓޭރިއެޓުގެ މަސްއޫލިއްޔަތަކީ އަންނަނިވި ކަންކަން ކުރުމެވެ.
(ހ) ޖަލްސާތަކުގެ ނޯޓިސް ފޮނުވުމާއި، ޖަލްސާތަކާބެހޭ އެންމެހައި މުޢާމަލާތުތައް ހިންގުން.
(ށ) ޖަލްސާތަކަށް ކުރަންޖެހޭ އެންމެހައި ތައްޔާރީތައް ކުރުމާއި، ޖަލްސާގެ އެންމެހައި ލިޔެކިޔުންތައް ތައްޔާރު ކުރުން.
(ނ) ބޯޑުގެ ޖަލްސާތަކުގެ ޔައުމިއްޔާއާއި އެޖެންޑާތައް ލިޔެ ރައްކައުކޮށް ބެލެހެއްޓުން.
(ރ) ބޯޑުގެ ނިންމުންތަކާ ގުޅިގެން އެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމުގައި ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރު އަންގާ ގޮތެއްގެ މަތީން މަސައްކަތްކުރުން.
(ހ) އެޑްވައިޒަރީ ބޯޑުގެ ޖަލްސާއެއް، އެންމެ މަދުވެގެން ވެސް، ކޮންމެ މީލާދީ މަހަކު އެއްފަހަރު ބާއްވަންވާނެއެވެ.
(ށ) ޖަލްސާއެއް ބޭއްވުމަށް ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރުގެ ފަރާތުން ފޮނުވާ ނޯޓިސް، ޖަލްސާ ބޭއްވުމަށް ކަނޑައަޅާ ދުވަހުގެ 5 (ފަހެއް) ދުވަހުގެ ކުރިން، ކޮންމެ މެންބަރެއްގެ އީމެއިލަށް ފޮނުވުމުން އެ ނޯޓިސް ލިބުނީކަމަށް ބެލެވޭނެއެވެ. މިހެން މި މާއްދާ އޮތުމަކުން، ކުއްލި ކަމެއް ދިމާވެގެން ޚާއްޞަ ޖަލްސާއެއް ބާއްވަން ޖެހިއްޖެނަމަ، އެ ހާލަތު ބަޔާންކޮށް މެންބަރުންނަށް އެންގުމަށްފަހު ޖަލްސާއެއް ބޭއްވުމަކަށް ހުރަހެއް ނާޅައެވެ.
(ނ) ޖަލްސާއެއްގެ ދިގުމިނަކީ، ގިނަވެގެން ދޮޅުގަޑިއިރެވެ. މި ވަގުތު ހަމަވުމުގެ ކުރިން، ޖަލްސާގެ އެޖެންޑާގައިވާ ހުރިހާ ކަމަކާމެދު ބަހުސްކޮށް ނުނިމޭނަމަ، އެ ޖަލްސާގެ އިތުރު ދަންފަޅިއެއް 3 (ތިނެއް) ދުވަހުގެ ތެރޭގައި ބޭއްވުމަށް ނުވަތަ އެޖެންޑާގައި ބާކީ އޮތް ނަންބަރުތައް އެހެން ޖަލްސާއެއްގެ އެޖެންޑާއަށް އިތުރުކުރުމަށް ނިންމުމުގެ އިހްތިޔާރު، ރިޔާސަތު ބަލަހައްޓާ ފަރާތަށް ލިބިގެންވެއެވެ.
(ހ) ޖަލްސާގެ ރިޔާސަތު ބަލަހައްޓާ ފަރާތުން އެޖެންޑާ ތަރުތީބުކޮށް، ޖަލްސާ ބޭއްވުމުގެ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރިން މެންބަރުންނަށް ފޮނުވަން ވާނެއެވެ.
(ށ) އެޑްވައިޒަރީ ބޯޑުގެ ޖަލްސާއަކަށް ކަމެއް އެޖެންޑާ ކުރަން ބޭނުންވާ މެންބަރަކު، އެ ކަމެއް ބަޔާންކޮށް، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހެޅޭ ހުށަހެޅުމެއް ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރ ގަބޫލުކޮށް އެޖެންޑާ ކުރުމަށް ނިންމައިފިނަމަ، އެ ކަމަކަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުން ތައްޔާރު ކުރުމަކީ އެ ކަމެއް އެޖެންޑާކުރި މެންބަރެއްގެ މަސްއޫލިއްޔަތެކެވެ.
(ހ) އެޑްވައިޒަރީ ބޯޑަށް ހުށަހެޅޭ ކަންކަމުގައި ގޮތް ނިންމާނީ، މެންބަރުންގެ މެދުގައި ޖަލްސާ ކުރެވި މަށްވަރާ ކުރެވިގެންނެވެ.
(ށ) އެޑްވައިޒަރީ ބޯޑަށް ހުށަހެޅޭ ކޮންމެ ކަމެއްގައި ގޮތް ނިންމަންވާނީ، ހާޒިރުވެ ތިބި މެންބަރުންގެ މެދުގައި ވޯޓުލައިގެންނެވެ. މެންބަރުންގެ މެދުގައި ވޯޓު އެއްވަރުވެއްޖެނަމަ، ރިޔާސަތުން ވޯޓު ދޭންވާނެއެވެ.
(ނ) ޖަލްސާގެ ނިންމުންތައް ވަކިވަކީން ތަރުތީބު ކުރެވި، ރައްކައު ކުރެވިފައި ހުންނަންވާނެއެވެ.
(ހ) ބޯޑުގެ މެންބަރުންގެ ތެރެއިން، މަގާމުގެ ހައިސިއްޔަތުން ބައިވެރިވާ މެންބަރުން، އެ ފަރާތެއް އެ މަގާމެއްގައި ދެމިހުރިހައި ހިނދަކު އެޑްވައިޒަރީ ބޯޑުގެ މެންބަރެއް ކަމުގައި ބެލެވޭނެއެވެ.
(ށ) މެންބަރުންގެ ތެރެއިން ޖުޑީށަލް ސަރވިސް ކޮމިށަނުން ޢައްޔަނު ކުރާ މެންބަރުންނާއި، ފަންނީ މާހިރެއްގެ ގޮތުގައި ޢައްޔަނުކުރާ މެންބަރު، އެ މަގާމުން ވަކިކުރުމަށް ނުނިންމާހައި ހިނދަކު މަގާމުގައި ދެމިތިބޭނެއެވެ.
މެންބަރަކަށް، އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، މެންބަރުކަން ނިމުމަކަށް އައީއެވެ.
(ހ) ލިޔުމުން އިސްތިއުފާދިނުން.
(ށ) މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭފަދަ، ދާއިމީ ބައްޔެއް ވުން ނުވަތަ ށަރުޢީ ބަންދެއް ވުން.
އެއްވެސް މެންބަރަކު، އެ މަގާމުގައި ހުރިހާ ހިނދަކު، އަންނަނިވި ކަންކަން ކޮށްގެން ނުވާނެއެވެ.
(ހ) އެ މެންބަރަކަށް ލިބިފައިވާ ތަމްރީނާއި ހުނަރެއް، ހުއްދަނެތި މިފަދަ އެހެން ތައުލީމީ މަރުކަޒަކާ ހިއްސާކުރުން.
(ށ) މިފަދަ ތައުލީމީ މަރުކަޒެއްގެ ހިންގުމާއި، ހިންގުމުގެ އިސްފަންތީގައި މަސައްކަތް ކުރުން.
(ނ) މެންބަރުކަމުން ވަކިވުމަށްފަހުގައި ވެސް، މެންބަރުކަމުގައި ހޭދަކުރި މުއްދަތުގައި ލިބިފައިވާ މައުލޫމާތެއް، އެކެޑަމީއަށް ގެއްލުންވާނޭ ފަދަ ގޮތަކަށް ބޭނުންކުރުން.
ޖަލްސާއިން އެހެން ގޮތަކަށް ކަނޑަނާޅައިހައި ހިނދަކު، އެޑްވައިޒަރީ ބޯޑުގެ ޖަލްސާތަކުގައި ކުރެވޭ މަށްވަރާތަކަކީ ސިއްރު މައުލޫމާތެވެ. ބޯޑުގެ ނިންމުންތައް ހާމަކުރުމަށް ކަނޑައަޅައިފައިވާ ގޮތަކަށް މެނުވީ އެފަދަ މަށްވަރާތަކާ ބެހޭ މައުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ. އަދި އެއްވެސް ހާލެއްގައި މެންބަރަކު ފާޅުކުރި ޚިޔާލެއް ނުވަތަ ދެއްކި ވާހަކައެއް، އެ މެންބަރާ ހަވާލާދީ ހާމަކޮށްގެން ނުވާނެއެވެ.
އެއްވެސް މެންބަރެއްގެ މަސްލަހަތު ފުށުއަރާ، ނުވަތަ މަސްލަހަތު އަރާރުންވާ ކަމެއް އެޖެންޑާގައި އޮތްނަމަ، އެ ކަމެއް ރިޔާސަތަށް ނުވަތަ ޖަލްސާއަށް ހާމަކުރުމަށްފަހު، އެ އެޖެންޑާ އައިޓަމަކުން އެ މެންބަރަކު ތަނާޒުލުވާން ވާނެއެވެ. އަދި މަސްލަހަތު ފުށުއަރާ، ނުވަތަ މަސްލަހަތު އަރާރުންވާ، އެއްވެސް ކަމެއްގެ ވޯޓެއްގައި ބައިވެރިވެގެން ނުވާނެއެވެ. އަދި އެފަދަ ވޯޓެއް ނަގާއިރު ހާޒިރުވެ އިނދެގެން ވެސް ނުވާނެއެވެ.
އެޑްވައިޒަރީ ބޯޑުގެ ކޮންމެ ނިންމުމެއް، އެ ނިމުނުގޮތް ސާފުވާނޭހެން ރިޔާސަތުން އިއުލާނު ކުރަން ވާނެއެވެ. އަދި އެ ނިމުމަކަށް ޢަމަލުކުރަންވާނީ އެ ނިންމުމެއް ލިޔެ، އޭގައި ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރު ނުވަތަ އެ މަސްއޫލިއްޔަތާ ހަވާލުވެ ހުރި މީހަކު ސޮއިކުރުމަށްފަހުގައެވެ.
(ހ) މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.
(ށ) މި ގަވާއިދު އިސްލާހު ކުރުމުގެ ބާރު ލިބިގެންވަނީ، އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން، ޗީފް ޖުޑީށަލް އެޑްމިނިސްޓްރޭޓަރއަށެވެ.
ޖުޑީށަލް ސަރވިސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 10/2008)
ކިޔުންތެރިންގެ ޚިޔާލު