-

ރެމިޓެންސް ވިޔަފާރިއާބެހޭ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 122/2020)

 

ގަވާއިދު ނަންބަރު 31/2017 (ރެމިޓެންސް ވިޔަފާރިއާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

3.(ރ) މި އޮތޯރިޓީން ދޫކުރާ ލައިސަންސް ލިބިގެން މޮބައިލް ޕޭމަންޓް ހިދުމަތް ދޭ ކުންފުނިތަކުގެ މައްޗަށާއި، ބޭންކް-ނޫން މާލީ ވިޔަފާރިތަކުގެ ތެރެއިން އެ އިދާރާއަކަށް ދީފައިވާ ލައިސަންސްގެ ބާވަތަށް ބަލައި އެ އިދާރާއެއްގެ މައްޗަށް މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ށަރުތު ނުހިނގާ ގޮތަށް އޮތޯރިޓީން ކަނޑައެޅިދާނެއެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

19. (ރ) މި މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން، ވަކި މުއްދަތެއްގެ ކުރިން ނުވަތަ ވަކި ތާރީހެއްގެ ކުރިން އެ މައުލޫމާތެއް ނުވަތަ ރިކޯޑެއް ނުވަތަ ލިޔުމެއް އޮތޯރިޓީއަށް ހުށަހެޅުމަށް އޮތޯރިޓީން އަންގާ މައުލޫމާތެއް ނުވަތަ ރިކޯޑެއް ނުވަތަ ލިޔުމެއް އެ މުއްދަތުގެ ކުރިން ނުވަތަ އެ ތާރީހުގެ ކުރިން އޮތޯރިޓީއަށް ފޮނުވައިފައި ނުވާ ނަމަ، ނުފޮނުވާ ފާއިތުވާ ކޮންމެ ދުވަހަކަށް އިދާރީ އަދަބެއްގެ ގޮތުގައި 10,000 (ދިހަހާސް) ރުފިޔާއަށްވުރެ އިތުރުނުވާ ގޮތަށް ޖޫރިމަނާކޮށް، އެ ފައިސާ އޮތޯރިޓީއަށް ދެއްކުމަށް އެ ފަރާތަށް އެންގިދާނެއެވެ.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ ފެށޭ ޕްރެގްރާފް އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިދާރީ ފިޔަވަޅު 20.

(ހ) ލައިސަންސް ލިބިފައިވާ ފަރާތަކުން ނުވަތަ އެ ފަރާތެއްގެ އެގްޒެކެޓިވް އޮފިސަރަކު، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްފިކަމަށް އޮތޯރިޓީއަށް ޔަގީން ކުރެވިއްޖެ ނަމަ، ނުވަތަ އެފަދަ ކަމެއް ކޮށްފިކަމަށް ނުވަތަ ކޮށްފާނެކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރިނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި އަދަބުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެ ފަރާތަކާމެދު އޮތޯރިޓީއަށް އެޅިދާނެއެވެ.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 20 ވަނަ މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

20.(ށ)

(10) ޖޫރިމަނާކުރުން؛ ޖޫރިމަނާ ކުރުމުގައި، އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، ވެފައިވާ ހިލާފު ރަނގަޅުކުރަންދެން ނުވަތަ ޢަމަލުކުރަންޖެހޭ ކަންތައްތަކަށް ޢަމަލުކުރަންދެން، ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް 10,000 (ދިހަހާސް) ރުފިޔާ އަށްވުރެ އިތުރުނުވާނެ އަދަދެއް ކަނޑައެޅިދާނެއެވެ.

 

5 ވަނަ މާއްދާ – މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ރެމިޓެންސް ވިޔަފާރިއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 31/2017)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު