-

ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-06) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2014-22)

 

ގާނޫނު ނަންބަރު 6/1996 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާ އެއީ އެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އަންނަނިވި ގޮތަށް އެ މާއްދާއަށް އަކުރެއް އިތުރުކުރުން.

2 (ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، މި މާއްދާގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގެނެވޭ އެއްވެސް ބަދަލަކީ، އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ކަމުގައިވާނަމަ، އެއިން އެއްވެސް ބަދަލެއް ގެނެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ފާސްވާ ގާނޫނަކުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އެއީ އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި، އަންނަނިވި ގޮތަށް އެ މާއްދާއަށް އަކުރެއް އިތުރުކުރުން.

 7. (ށ) މި މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، މި މާއްދާގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ގެނެވޭ އެއްވެސް ބަދަލަކީ، އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ކަމުގައިވާނަމަ، އެއިން އެއްވެސް ބަދަލެއް ގެނެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގްލަބިއްޔަތުން ފާސްވާ ގާނޫނަކުންނެވެ.

 

3 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންވެ.

 

މައި ގާނޫނު

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1996-06)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 1996-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު