-

ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2014-14)

 

ގާނޫނު ނަންބަރު 2009-08 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. (ކ) މި މާއްދާގެ (ބ) އަދި (ޅ) ގައި އެހެން އޮތްނަމަވެސް، ބިދޭސީ މުވައްޒަފުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގައި ބައިވެރިކުރުން ލާޒިމުވެގެނެއްނުވެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާގެ (އ) އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާގެ (ލ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

19. (ލ) މި ގާނޫނަށް ގެނެވޭ 2 ވަނަ އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ލަސްވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމްގެ ދަށުން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް ގާއިމުކޮށްދީފައިވާ އެ ސްކީމްގެ ބިދޭސީ ބައިވެރިންނަށް، ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައިވާ ބާކީ އަދަދަށް ބިނާކޮށް، ފައިސާ ދީ ނިންމާނެ ގޮތުގެ ގަވާއިދު ޕެންށަން އޮފީހުން ކަނޑައަޅައި، އާންމުކުރަންވާނެއެވެ.

 

4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޕެންށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2009-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު