-

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1993-04) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2014-12)

 

ގާނޫނު ނަންބަރު 1993-04 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

3. ތިމާވެށި ރައްކާތެރި ކުރުމާއި ދެމެހެއްޓުން

ދިވެހިރާއްޖޭގެ ތިމާވެއްޓާއި، ދިރޭތަކެތީގެ ނަސްލާއި، އެތަކެތީގެ ގިނަގުނަވެގެންވާ މުއްސަނދިކަން ރައްކާތެރިކަމާއެކީ ދެމެހެއްޓުމާއި ދިވެހިރާއްޖޭގެ ރަށްރަށުގެ މީރުފެން ފަށަލައާއި، އެތަންތަނާ ގުޅިފައިވާ ކުޅި، ފައު އަދި ޗަސްބިން ފަދަ ތަންތަން ރައްކާތެރިކުރުމާއި، ރާއްޖޭގެ ވެށި ކުނިބުންޏާއި، ގެއްލުންދެނިވި ގޭސްތަކުން ރައްކާތެރިކުރުމާއި މިނޫންވެސް ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ސިޔާސަތުތައް ކަނޑައަޅައި، ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި، މިންގަނޑުތައް ހަދައި ހިންގާނީ ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކުގެ މަށްވަރާއާއެކު، ތިމާވެއްޓާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރަކު ހަވާލުކޮށްފައިވާ މިނިސްޓްރީންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

11. މާނަ

(ނ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، ތިމާވެއްޓާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "މިނިސްޓްރީ އޮފް ޕްލޭނިންގ، ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓް" މިހެން ހުރި ތަންތަން "މިނިސްޓްރީ" މިގޮތަށް ބަދަލުކުރުން.

 

4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު:

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރ 1993-04)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1993-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު