-

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2014-03)

 

1 ވަނަ މާއްދާ - މިއީ، ގާނޫނު ނަންބަރު 2008-02 (ވަޒީފާއާބެހޭ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ގާނޫނެވެ.  

2 ވަނަ މާއްދާ -ބުނެވިދިޔަ ގާނޫނުގެ 63 ވަނަ މާއްދާގައި މިހާރު އޮތް ބައި އެއީ އެ މާއްދާގެ (ނ) ކަމުގައި ހަމަޖައްސައި، އަންނަނިވި ގޮތަށް އެ މާއްދާއަށް (ހ) އަދި (ށ) އިތުރުކުރުން.

63. ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަދިނުމާއި ޑިޕޮސިޓް ބެހެއްޓުން.    
(ހ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ކޮންމެ ބިދޭސީއެއް ރާއްޖެއަށް ގެނައުމުގެ ކުރިން އެމީހަކު، ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ނުވަތަ "އެމްޕްލޮއިމަންޓް އެޕްރޫވަލް" ހޯދަންވާނެއެވެ.
(ށ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަ ފަރާތްތަކުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާބެހޭ ދައުލަތުގެ މުއައްސަސާގައި ޑިޕޮސިޓް ބަހައްޓަންވާނެއެވެ.

3 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާތާ 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2008-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ވަޒީފާއާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ފަހުގެ ވަރށަން) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު