-

އާއިލާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2000-04) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2013-11)

 

މި ގާނޫނަކީ، ގާނޫނު ނަންބަރު 2000-04 (އާއިލާއާބެހޭ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ގާނޫނެވެ.

 

1 ވަނަ މާއްދާ - ބުނެވި ދިޔަ ގާނޫނުގެ 72 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ގަވާއިދު ހެދުން
މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި، މި ގާނޫނުގައި ބުނާ ކަންތައްތައް ކުރުމަށްޓަކައި ގަވާއިދުތައް ހަދައި ހިންގާނީ، މިނިސްޓްރީންނެވެ.

2 ވަނަ މާއްދާ - ބުނެވި ދިޔަ ގާނޫނުގެ 73 ވަނަ މާއްދާއަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

މާނަ 
(ރ)  "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ އާއިލާއާބެހޭ އެންމެހައި ސިޔާސަތުތައް އެކަށައަޅައި އާއިލާއާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓްރީއަށެވެ.

3 ވަނަ މާއްދާ - ބުނެވި ދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން މި ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އާއިލާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2000-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު