ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 13/2010 ) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 9/2013)

0 occurrences found.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 13/2010) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 9/2013)

 

ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ރ) - 1 ގެ ގޮތުގައި އަކުރެއް އިތުރުކުރުން

15.ފަނޑިޔާރުންގައި ހުރުން ލާޒިމް ށަރުތުތައް
(ރ)- 1 މި މާއްދާގެ (ރ) ގައި އެހެން އޮތްކަމުގައިވީނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ފަނޑިޔާރުކަމަށް އައްޔަނުކުރާ މީހުންގެ ކިބައިގައި ފަނޑިޔާރުކަމުގެ މަގާމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުންކަމަށް ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ރަށު ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގައި، އެއިން ރަށު ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވާނަމަ، އޭނާއަކީ ރަށު ކޯޓުގެ ފަނޑިޔާރުކަމަށް އެކަށީގެންވާ ތަޖުރިބާ ހުރި މީހެއްކަމުގައި ބަލަންވާނެއެވެ.

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 13/2010)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com