-

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނު

(ގާނޫނު ނަންބަރު 2020-05)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސ ގެ 231 ވަނަ މާއްދާ ގެ (ކ) ގައި ބަޔާންކުރާ، ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި މިހާރު އިންތިހާބުކުރެވިފައިވާ ކައުންސިލްތަކުގެ އުމުރު 3 ޖޫން 2020 އަށް ހަމަވާއިރު، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމުގައިވާ ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2012) ގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް  އިއުލާނުކޮށްފައިވާތީ އާއި، އެގޮތުންއަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ބަލި މުޖުތަމައުގެ ތެރޭގައި ފެތުރުނަނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީ، ދިވެހިރާއްޖޭގައި ބޭއްވުމަށް އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ،އެ އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމުކުރެވެންދެން ފަސްކުރުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 (ގާނޫނު ނަންބަރު 3/2020) އިން ކަނޑައަޅާފައިވާތ، 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، އާ މެންބަރުން އިންތިހާބުވެ މަގާމާ ހަވާލުވަންދެން، 3 ޖޫން 2020 ގެ ފަހަށް ހޭދަވާ އިންތިގާލ މުއްދަތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި ކައުންސިލްތަކުން އަމަލުކުރާނެ ގޮތުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނު 2020 "އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ މަގްސަދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒ އުސޫލުން ހިންގާކަން ކަށަވަރުކޮށް، 3 ޖޫން 2020 އިން ފެށިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 (ގާނޫނު ނަންބަރު 3/2020) ގައި ކަނޑައަޅާފައިވާ ގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، އާ މެންބަރުން އިންތިހާބުވެ މަގާމާ ހަވާލުވަންދެން، ވަގުތީ ގޮތުން ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒ އުސޫލުން ހިންގުމުގެ ގާނޫނު  (ގާނޫނު ނަންބަރު 7/2010) ގެ ދަށުން ލިބިދ ފައިވާ ބާރުތަކާއި އިހްތިޔާރުތަކުގެ ބޭނުންކުރެވޭނެ ގޮތް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ކައުންސިލަރުންގެ ޒިންމާ

3 ޖޫން 2020 އިން ފެށިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، ކައުންސިލަރުންގެ ޒިންމާ 3 އާ މެންބަރުން އިންތިހާބުވެ މަގާމާ ހަވާލުވަންދެން ހިނގާ ވަގުތ މުއްދަތުގައި ކައުންސިލަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010) ގައި ކައުންސިލަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ކަމަށް ކަނޑައަޅާފައިވާ ކަންތައްތަކެވެ.

 

4 ވަނަ މާއްދާ - ކައުންސިލްތަކަށް ލިބޭ ބާރާއި އިހްތިޔާރުގެ ބޭނުން ހިފުން

(ހ) 3 ޖޫން 2020 އިން ފެށިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، އާ މެންބަރުން އިންތިހާބުވެ މަގާމާ ހަވާލުވަންދެން ހިނގާ ވަގުތީ މުއްދަތުގައި، ކައުންސިލްތަކުން ހިދުމަތްތައް ދިނުމުގައާއި ކައުންސިލްތަކަށް ލިބޭ ބާރާއި އިހްތިޔާރުގެ ބޭނުން ހިފުމުގައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގައި މެނުވ، ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010) އަށް ފުރިހަމައަށް ތަބާވާންވާނެއެވެ.

(ށ) 3 ޖޫން 2020 އިން ފެށިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، އާ މެންބަރުން އިންތިހާބުވެ މަގާމާ ހަވާލުވަންދެން ހިނގާ ވަގުތީ މުއްދަތުގައި، ކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހޭ ރަށްވެހިކަމުގެ އެންމެހައި ހިދުމަތްތައް މެދުކެނޑުމެއްނެތި ދޭންވާނެއެވެ.

(ނ)  ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010) ގެ ދަށުން ލިބިދީ ފައިވާ ބާރުތަކުގެ ތެރެއިން، ކައުންސިލެއްގެ ބެލުމުގެ ދަށުގައިވާ ނުވަތަ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމެއް ނުވަތަ އިމާރާތެއް ފަދަ ރައުސުލްމާލެއް ވިއްކުމާއި 6 (ހައެއް) މަސްދުވަހަށްވުރެ ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި، އެހެން ފަރާތަކަށް އަގެއް ނުލިބޭގޮތަށް ދިނުން ނުވަތަ ހަވާލުކުރުމާއި، ކައުންސިލް ޒިންމާވާގޮތަށް ދަރަންޏަށް ފައިސާ ނެގުމާއި، ދަރަންޏަށް ފައިސާ ދިނުމާއި، އާންމު ހިދުމަތްތައް ދިނުމަށް އިންވެސްޓްކުރުމާއި، އެހެނިހެން ވިޔަފާރިތަކަށް އިންވެސްޓްކުރުމާއި، ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ހަރަދުކުރުމާއި، ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމާއި، ކައުންސިލްގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމާއި، ކައުންސިލަށް މުވައްޒަފުން ލުމާއި ވަކިކުރުމުގެ ކަންކަން ކުރަންވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓއިން މިކަމަށް ހުއްދަ ހޯދުމަށްފަހުއެވެ.

  

5 ވަނަ މާއްދާހިސާބުތައް ހުށަހެޅުން

(ހ)  ކައުންސިލްތަކުގެ ވަގުތީ މުއްދަތުގައި ކައުންސިލްގެ އާމްދަނީއާއި ހަރަދާއި، މިލްކިއްޔާތާއި މާލ ޒިންމާތަކުގެ ހިސާބު، ކޮންމެ ކައުންސިލަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓ އަށާއި، އޮޑިޓަރ ޖެނެރަލްގެ އޮފ ހަށް ހުށަހަޅަންވާނެއެވެ.

(ށ)  މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިސާބު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްށަންސް ކޮމިށަނުން އިއުލާނުކުރާ ތާރީހުގެ 2 (ދޭއް) ހަފްތާ ކުރިއަށް ހުށަހަޅައި ނިންމަންވާނެއެވެ.

  

6 ވަނަ މާއްދާ - ކައުންސިލެއްގެ ގާނޫނ އަދަދު ހަމަނުވުން

އެއްވެސް ސަބަބަކާހުރެ، ކައުންސިލެއްގެ ގާނޫނ އަދަދު ހަމަވާވަރަށް އެ ކައުންސިލެއްގައި މެންބަރުން ނެތްނަމަ، އެ ކައުންސިލެއް މަސައްކަތްކުރާނެ އުސޫލު ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އެކުލަވާލައި އެ ކައުންސިލަކަށް އަންގަންވާނެއެވެ. އަދި، މި މާއްދާގައި ބަޔާންކޮށްފައިވާ ސަބަބަށްޓަކައި، މި ގާނޫނުގައި ބަޔާންކޮށްފައިވާ ވަގުތ މުއްދަތުގައި ހުސްވާ ގޮނޑިއަކަށް މެންބަރަކު އިންތިހާބުކޮށްގެންނުވާނެއެވެ. 

  

7 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އެކުލަވާލުން

(ހ) މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި 7 (ހަތެއް) މެންބަރުންގެ މައްޗަށް އެކުލެވޭގޮތަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލާ ބޯޑުގެ މެންބަރުންނަކީ ދައުލަތުގެ ވަޒީފާއެއް އަދާކުރުމުގެ ސަބަބުން ދައުލަތުން މުސާރަލިބޭ މަހެއް ކަމުގައިވާނަމަ، އެ މެންބަރަކަށް އެ ވަޒީފާއަކުން ލިބޭ އުޖޫރައިގެ އިތުރަށް އިތުރު އުޖޫރަ އެއް ލިބިގެންނުވާނެއެވެ.

(ނ) މި މާއްދާގައިވާ ގޮތުގެމަތިން ރައ ސުލްޖުމްހޫރިއްޔާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އެކުލަވާލުމާއެކު މިހާރު ހިނގަމުންދާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ބޯޑު އުވުނީއެވެ.

(ރ) މި މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަކީ މި ގާނޫނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކެވެ. 

 

8 ވަނަ މާއްދާ - ލޯކަލް ގަވަރމަންޓް އޮތޯރިޓ ގެ ޒިންމާ

(ހ) މި ގާނޫނުގައި ބަޔާންކުރާ ވަގުތީ އިންތިޒާމްގެ ސަބަބުން ކައުންސިލް އިދާރާ ހިންގާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި ކައުންސިލް އިދާރާ ހިންގާނެ އުސޫލުތައް މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓ އިން އެކުލަވާލައި ކައުންސިލްތަކަށް އަންގަންވާނެއެވެ.

(ށ)  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010) ގެ ދަށުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ކައުންސިލްތަކުން ދީ، އެ ގާނޫނުގެ ދަށުން ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓ ގެ ޒިންމާއެކެވެ.

(ނ) ކައުންސިލަރަކު، މި ގާނޫނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010) ގެ ދަށުން މަތިކޮށްފައިވާ އެއްވެސް މަސްއޫލިއްޔަތަކާ ހިލާފުވެއްޖެނަމަ، އަންނަނިވި ގޮތަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް އެ ކައުންސިލަރަކާމެދު އަމަލުކުރެވިދާނެއެވެ.

  1. ނަސޭހަތް ދިނުން.
  2. ލިޔުމުން ފަހު އިންޒާރު ދިނުން.
  3. މުސާރަ ނުލިބޭގޮތަށް ލޯކަލް ގަވަރމަންޓް އޮތޯރިޓ އިން ކަނޑައަޅާ ވަކި މުއްދަތަކަށް ސަސްޕެންޑުކުރުން.

 

9 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން 9

މި ގާނޫނުގެ މާއްދާއަކާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) ގެ މާއްދާއަކާ ތައާރުޒްވާ ހާލަތެއްގައި، ގާނޫނު މާނަކުރުމުގައި އަދި އެ މާއްދާއަކަށް އަމަލުކުރުމުގައި އިސްކަން ދޭންވާނ މި ގާނޫނަށެވެ.

 

10 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓ އިންނެވެ.

 

11 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ތަސްދ ގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

12 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރުމުގެ މުއްދަތު

މި ގާނޫނަށް އަމަލުކުރާނީ ، މި ގާނޫނަށް އަމަލުކުރަންފަށާ ތާރީހުން ފެށިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 10/2010) ގެ ދަށުން ދިވެހިރާއްޖޭގައި އިންތިހާބު ބޭއްވުމަށް އިއުލާނުކޮށް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020  (ގާނޫނު ނަންބަރު 3/2020) އިން ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވަންދެނެވެ.

 

13 ވަނަ މާއްދާ - މާނަކުރުން

(ހ) "ލޯކަލް ކައުންސިލްތަކުގެ އިންތިހާބު" ކަމަށް ބުނެފައި އެވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 (ގާނޫނު ނަންބަރު 3/2020) ގެ ދަށުން ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށެވެ.

(ށ) "ވަގުތީ މުއްދަތު" ކަމަށް ބުނެފައި އެވަނީ، 3 ޖޫން 2020 އިން ފެށިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 (ގާނޫނު ނަންބަރު 3/2020) އިން ފަސްކޮށްފައިވާ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، އާ މެންބަރުން އިންތިހާބުވެ މަގާމާ ހަވާލުވަންދެން ހިނގާ މުއްދަތަށެވެ.

(ނ) "އިލެކްށަންސް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، އިލެކްށަންސް ކޮމިށަންގެ ގާނޫނު (ގާނޫނު ނަންބަރު 2008-08) ގައި ބަޔާންކުރާ އިލެކްށަންސް ކޮމިށަނަށެވެ.

(ރ) "ކައުންސިލަރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2020-07) ގެ ދަށުން އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލަރުންނާއި، ރަށު ކައުންސިލަރުންނާއި، ސިޓީ ކައުންސިލަރުންނަށެވެ.

(ބ) "ކޮވިޑް-19" ކަމަށް ބުނެފައި އެވަނީ، ސިވިއަރ އެކިއުޓް ރެސްޕިރޭޓަރ ސިންޑްރޯމް ކޮރޯނާ ވައިރަސް (2- SARS 2-CoV) އިން ޖެހޭ ބަލި ކަމުގައިވާ ކޮރޯނާ ވައިރަސް ޑިޒީޒް (19-COVID ) އަށެވެ.

(ޅ) "ގާނޫނީ އަދަދު ހަމަވާވަރަށް ކައުންސިލެއްގައި މެންބަރުން ނެތުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާއި ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) ގެ ދަށުން ކައުންސިލަރަކު މެންބަރުކަމުގެ މަގާމުން ވަކިވުމުގެ ސަބަބުން ނުވަތަ މި ގާނޫނުގެ ދަށުން ކައުންސިލަރަކު ސަސްޕެންޑްކުރުމުގެ ސަބަބުން ކައުންސިލެއްގެ ގާނޫނީ އަދަދު ހަމަނުވުމަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު