-

ފެނާއި ނަރުދަމާގެ ގާނޫނު

(ގާނޫނު ނަންބަރު 2020-08)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެން ފޯރުކޮށްދިނުމަށާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެ ރަށާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިކުރުމަށްޓަކައި، ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ އުސޫލުތަކާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ފެނާއި ނަރުދަމާގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - ގާނޫނުގެ މައިގަނޑު މަގްސަދުތައް

މި ގާނޫނުގެ މަގްސަދުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ސިއްހީގޮތުން ރައްކާތެރި އަދި ބޭނުންކުރަން ކަމުދާ ސާފު ފެން ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުކުރުން؛

(ށ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށީގެންވާ މިންވަރެއްގެ ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް، އެ ހިދުމަތް ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކެއް ކަނޑައެޅުމާއި، އެކަން ކަށަވަރުކުރުން؛

(ނ) ލިބެންހުރި ފެނުގެ ވަސީލަތްތައް ބޭނުންކުރުމުގައި މިހާރުގެ ޖީލުތަކަށާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެގޮތަށް އެ ވަސީލަތްތައް ރައްކާތެރިކުރުމާއި، ހިމާޔަތްކުރުމާއި، ތަރައްގީކުރުމާއި، އޭގެ މަންފާ ފުރިހަމައަށް ލިބިދެވޭނެ ގޮތްތަކެއް ކަނޑައަޅައި ތަންފީޒުކުރުން؛

(ރ) ދިވެހިރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ތަންތަނާއި ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ތަންތަނުގައި އެތަނަކާ އެކަށީގެންވާ ގޮތެއްގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ލިބިދެވޭކަން ކަށަވަރުކުރުން؛

(ބ) ފެނާއި ނަރުދަމާގެ ހިދުމަތާއި، އެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން؛

(ޅ) ފެނުގެ ވަސީލަތްތަކަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ނުވަތަ ކުޑަކުރުމަށް، ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައި އޭގެ ދަށުން މަސައްކަތްކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ބާރުއެޅުން؛

(ކ) ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ގަސްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ފެނާއި ނަރުދަމާގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން؛

(އ) ފެނާއި ނަރުދަމާގެ ހިދުމަތުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން؛

(ވ) ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ހިންގުމުގެ ތެރެއިން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުން؛

(މ) ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ރައްޔިތުންނާ ގާތުން ހިދުމަތްދިނުން؛ އަދި

(ފ) ފެނާއި ނަރުދަމާގެ ދާއިރާއިން އިންސާނީ ވަސީލަތް ބިނާކުރުމާއި އެ ސިނާއަަތް ތަރައްގީކުރުމާއި އެ ދާއިރާއިން ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ބާރުދިނުން.

 

 
ދެވަނަ ބާބު

ހައްގުތައް
 

3 ވަނަ މާއްދާ - ރައްކާތެރި ފެން ލިބުމުގެ ހައްގު

(ހ) ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށްމެ، އަމިއްލަ ބޭނުމަށާއި، ޒަރޫރީ ބޭނުންތަކަށް، ރައްކާތެރި ފެން، އެކަށީގެންވާ މިންވަރަށް ލިބުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ރައްކާތެރި ފެން، އެކަށީގެންވާ މިންވަރަށް ލިބުމުގެ ހައްގުގެ ތެރޭގައި، އެކަށީގެންވާ ހެޔޮ އަގެއްގައި ސާފު އަދި ރައްކާތެރި ފެނުގެ ހިދުމަތް ލިބުމުގެ ހައްގާއި، އެފަދަ ހިދުމަތަކަށް ނުވަތަ އެނޫންވެސް ފެނުގެ ވަސީލަތްތަކަށް ވާސިލުވުމުގެ ހައްގު ލިބިގެންވުން ހިމެނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ރައްކާތެރި ފެން ލިބެންހުރުން ކަމަށް ބުނެފައި އެވަނީ، ކެއުން ބުއިމަށާއި، ސާފުތާހިރުވުމަށާއި، ދިރިއުޅޭ ތަނާއި ބޭނުންކުރާ ތަކެތި ސާފުތާހިރުކަންމަތީ ބެހެއްޓުމަށް ބޭނުންވާ މިންވަރަށް ފެން ލިބެންހުރުމަށެވެ.

(ރ) ކެއުން ބުއިމަށް ފޯރުކޮށްދޭ ފެން ވާންވާނީ، ސިއްހީގޮތުން ރައްކާތެރި ފެން ކަމުގައެވެ.

(ބ) ކެއުން ބުއިން ފިޔަވައި، ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ފޯރުކޮށްދޭ ފެން ވާންވާނީ، އެކަށީގެންވާ ސާފު، ވަސް އަދި ރަހަ ނުބައިނުވާ ފެނަށެވެ.

(ޅ) ފެނާއި ފެނުގެ ވަސީލަތްތަކަކީ، ތަފާތުކުރުމަކާ ނުލައި، ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް ފަސޭހައިން ވާސިލުވެވޭ ވަސީލަތްތަކެއް ކަމުގައި ވާންވާނެއެވެ.

(ކ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ފެނުގެ ހިދުމަތް ލިބިދޭ ވަސީލަތްތައް، އެތަނުގައި ދިރިއުޅޭ އެންމެނަށް ފަސޭހައިން ވާސިލުވެވޭ ގޮތެއްގައި ގާއިމުވެފައި ހުންނަންވާނެއެވެ. އަދި ދަނޑުވެރިކަމަށާއި ފަތުރުވެރިކަމަށާއި ސިނާއީ މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްރަށުގައިވެސް އެ ރަށްރަށުގައި އުޅޭ އަދި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ މިންވަރަށް ފެނުގެ ހިދުމަތް ލިބިދޭ ވަސީލަތްތައް ގާއިމުވެފައި ހުންނަންވާނެއެވެ.

(އ) ފެނާއި ފެނުގެ ވަސީލަތްތަކަކީ، އެކަށީގެންވާ ހެޔޮ އަގެއްގައި ލިބޭ އެއްޗެއް ކަމުގައިވާންވާނެއެވެ.

 

4 ވަނަ މާއްދާ - އެކަށީގެންވާ ނަރުދަމާގެ ނިޒާމެއްގެ ހިދުމަތް ލިބުމުގެ ހައްގު

(ހ) މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ކޮންމެ މީހަކަށްމެ، އެކަށީގެންވާ ނަރުދަމާގެ ނިޒާމެއްގެ ހިދުމަތް ލިބުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެކަށީގެންވާ ނަރުދަމާގެ ނިޒާމެއްގެ ހިދުމަތް ލިބުމުގެ ހައްގު ކަމަށް ބުނެފައި އެވަނީ،  އެ މީހަކު ދިރިއުޅޭ ރަށަކާ އެކަށީގެންވާ ނަރުދަމާގެ ނިޒާމެއްގެ ހިދުމަތް ލިބުމުގެ ހައްގަށެވެ.

 

5 ވަނަ މާއްދާ - ދައުލަތުގެ ޒިންމާތައް          

މި ބާބުގައި ބަޔާންކޮށްފައިވާ ހައްގުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

(ހ) ފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ބޭނުންވާނެ ވަސީލަތްތައް ގާއިމުކޮށް، ކުރިއެރުވުން؛

(ށ) ސިއްހީގޮތުން ރައްކާތެރި ސާފު ފެން ލިބިދެވޭކަމާއި، ރަނގަޅު ފެންވަރެއްގެ ނަރުދަމާގެ ހިދުމަތް ލިބިދެވޭކަން ކަށަވަރުކުރުން؛

(ނ) ފެނާއި ނަރުދަމާގެ ހިދުމަތް ލިބިދިނުމުގައި ކުރިމަތިވާ އެންމެހައި ދަތިތަކާއި ހުރަސްތައް ނައްތާލުމަށް އެ ވަގުތެއްގައި ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުން؛

(ރ) ސާފު ރައްކާތެރި ބޯފެން ލިބުމާއި، ރަނގަޅު ފެންވަރެއްގެ ނަރުދަމާގެ ހިދުމަތް ލިބިގަތުމަށް ރައްޔިތުންނަށް އެއްވެސް ފަރާތަކުން ކުރިމަތިކުރުވާ ދަތިތަކުން ރައްކާތެރިވެތިބެ އެ ހައްގު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައިވާކަން ކަށަވަރުކުރުން؛

(ބ) ސިއްހީގޮތުން ރައްކާތެރި ފެނުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ފެނުގެ މިންގަނޑުތައް ކަނޑައެޅުން؛

(ޅ) ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ފެނާއި ނަރުދަމާގެ ހިދުމަތް ފަހިކޮށްދިނުމުގައި އެފަރާތްތަކަށް އިސްކަންދީގެން އެ ހިދުމަތް ފޯރުކޮށްދިނުމަށް ބާރުއެޅުން؛

(ކ) ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކުން ހިދުމަތް ދެމުންދަނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛ އަދި

(އ) ފެނާއި ނަރުދަމާގެ ހިދުމަތް ތަރައްގީކޮށް ޒަމާނާ އެކަށޭނަ ހިދުމަތްތަކެއްކަން ކަނޑައެޅުމަށާއި، ދެމުންދާ ހިދުމަތްތަކަށް ޓެކްނޮލޮޖީގެ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުން.

 

 
ތިންވަނަ ބާބު

މުއައްސަސާތަކުގެ ދައުރު
 

6 ވަނަ މާއްދާ - ސިޔާސަތު ކަނޑައެޅުމުގެ ޒިންމާ         

(ހ) ފެނާއި ނަރުދަމާގެ ހިދުމަތް ދޭންވާނީ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެމަތިން މިނިސްޓަރެވެ. މިގޮތުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް އާންމުކޮށް ފެންނާނެ ގޮތަށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއަުކުރަންވާނެއެވެ. އަދި އެ ސިޔާސަތުތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެ ބަދަލުތައް ގަވާއިދުން ގެޒެޓުކުރަންވާނެއެވެ.

(ށ) ފެނާއި ނަރުދަމާއާ ގުޅުންހުރި މަސައްކަތެއް ރާވާ ނުވަތަ ހިންގާ ކޮންމެ ފަރާތަކުންވިޔަސް މި މާއްދާގެ (ހ) ގެ ދަށުން އެކަށައަޅާ ސިޔާސަތުތަކަށް ފުރިހަމައަށް އަަމަލުކުރަންވާނެއެވެ.

 

7 ވަނަ މާއްދާ - ގާނޫނު ތަންފީޒުކުރުން   

މި ގާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، މި ގާނޫނު ތަންފީޒުކުރާނީ، އޮތޯރިޓީންނެވެ.

 

8 ވަނަ މާއްދާ - މިނިސްޓްރީގެ މަސްއޫލިއްޔަތުތައް

މި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަންނަނިވި ކަންކަން މިނިސްޓްރީން ކުރަންވާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅައި ހިންގުން؛

(ށ) މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ތަންފީޒުކުރެވޭކަން ކަށަވަރުކުރުން؛

(ނ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، މި ގާނޫނަށް އަަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) އަހަރުގެ ތެރޭގައި ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުން؛

(ރ) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި އަދި ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައާއި ސަރަހައްދުތަކުގައި، އެ ރަށަކަށް ނުވަތަ އެ ސަރަހައްދަކަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް ދެމެހެއްޓެނިވި ގޮތުގައި ހިންގަމުންދާކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކަށަވަރުކުރުން؛

(ބ) ފެނާއި ނަރުދަމާގެ ހިދުމަތަށް ސަބްސިޑީ ދޭންޖެހޭ ހާލަތުގައި ސަބްސިޑީ ދޭނެގޮތުގެ ގަވާއިދު މާލީ ކަންކަމާގުޅޭ ވުޒާރާއާއި، އިޖްތިމާއީ ރައްކާތެރިކަމާގުޅޭ ވުޒާރާއާއި، ލޯކަލް ކައުންސިލުތަކުގެ ބެލެނިވެރި އިދާރާއާއި، މިނޫނަސް ކަމާގުޅޭ މުއައްސަސާތަކުގެ ލަފާގެމަތިން ހެދުން؛

(ޅ) ފެނާއި ނަރުދަމާގެ ހިދުމަތުން ނެގޭނެ އެންމެ މަތީ އަގާ ގުޅޭގޮތުން އެކުލަވާލަންޖެހޭ ގަވާއިދު މާލީ ކަންކަމާގުޅޭ ވުޒާރާއާއި، ލޯކަލް ކައުންސިލުތަކުގެ ލަފާގެމަތިން ހެދުން؛

(ކ) ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކުރުން؛

(އ) ފެނާއި ނަރުދަމާއާބެހޭ ކަންކަމުގައި ދައުލަތުގެ މުއައްސަސާތަކަށް ލަފަޔާއި އިރުށާދުދިނުން؛

(ވ) ދިވެހިރާއްޖޭގެ ރަށްރަށުގައި ހުރި ފެނުގެ ވަސީލަތްތަކާއި ފެނާއި ނަރުދަމާގެ ނިޒާމާގުޅޭ އެންމެހައި ތަފާސްހިސާބު އެއްކޮށް ބަލަހައްޓައި އާންމުކުރުން؛

(މ) ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރެވޭ ސާމާނު ޓެސްޓުކޮށް ސެޓިފައިކުރާނެ ގަވާއިދުތަކާއި މިންގަނޑުތައް ކަނޑައެޅުން؛

(ފ) އާންމު ބޭނުންތަކަށް ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފެން ތަޙްލީލުކުރާ ލެބޯޓަރީތައް ގާއިމުކޮށް، އެތަންތަނުގެ ހިދުމަތްލިބޭނެ އިންތިޒާމު ހަމަޖެއްސުން؛

(ދ) ފެނާއި ނަރުދަމާގެ ހިދުމަތުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި، އެކަށީގެންވާ އަގެއްގައި ދެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުން؛

(ތ) ފެނާއި ނަރުދަމާގެ ސިޔާސަތުތައް ކަނޑައެޅުމުގައި، ކަމާބެހޭ މިނިސްޓްރީތަކާއި، ލޯކަލް ކައުންސިލުތަކާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ކަމާބެހޭ ފަރާތްތަކާއި، އާންމު ރައްޔިތުންގެ މަށްވަރާ ހޯދުން؛

(ލ) ފެނާއި ނަރުދަމާއާ ގުޅޭގޮތުން ގައުމީ ފެންވަރުގައި ހާސިލުކުރުމަށް ކަނޑައަޅަންޖެހޭ ލަނޑުދަނޑިތައް ކަނޑައެޅުމާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން؛

(ގ) ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލުތަކަށް މާލީ އެހީތެރިކަމާއި ލަފަޔާއި އިރުށާދު ދިނުމާއި، ކައުންސިލުތަކުގެ ގާބިލުކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން؛

(ޏ) ފެނާއި ނަރުދަމާގެ ހިދުމަތްތައް ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ބަލަހައްޓާ އިދާރާގެ މަސައްކަތްތައް ކުރިއަށްދާގޮތް ވިލަރެސްކުރުމާއި، އެ އިދާރާގެ ޕްލޭންތަކާއި ސްޓްރެޓަޖީތައް މޮނިޓަރކުރުން؛

(ސ) ފެނާއި ނަރުދަމާގެ ހިދުމަތްތައް ކައުންސިލުތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާގޮތް މޮނިޓަރ ކުރުމާއި، ކަމާގުޅޭގޮތުން ކުރިއަށްގެންދާ މަށްރޫއަުތައް ހިންގަމުންގެންދާ ގޮތް ބެލުން؛

(ޑ) ފެނާއި ނަރުދަމާގެ ހިދުމަތް ތަރައްގީކުރުމާއި ހިދުމަތް ފޯރުކޮށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ކުރިއެރުވުމަށް ބޭނުންވާ މާހައުލެއް ގާއިމުކުރުން؛

(ޒ) މި ގާނޫނަށް އަަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ފެނާއި ނަރުދަމާގެ ސިޔާސަތުތަކާ ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކުގެ މަށްވަރާގެމަތިން މާސްޓަރ ޕްލޭނެއް މިނިސްޓަރު އެކުލަވާލައި، ކޮންމެ 10 (ދިހައެއް) އަހަރަކުން އެއްފަހަރު އެ މާސްޓަރ ޕްލޭން މުރާޖައާކުރުން؛

(ޓ) މާސްޓަރ ޕްލޭންއަށް ބަދަލެއް ގެންނަންޖެހިއްޖެ ހިނދެއްގައި، އެ ބަދަލެއް ކަމާގުޅުންހުރި މުއައްސަސާތަކުގެ މަށްވަރާގެމަތިން ގެނައުން؛

(ޔ) ފެނާއި ނަރުދަމާގެ ނިޒާމުތައް ފަރުމާކުރުމާއި، ގާއިމުކުރުމާއި، އެ ނިޒާމުތަކުން ހިދުމަތްދިނުމާބެހޭ ގަވާއިދުތައް އެކުލަވާލުމާއި މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަށްވަރާގެމަތިން ކަނޑައެޅުން؛ އަދި

(ޕ) ފެނާއި ނަރުދަމާއާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

 

9 ވަނަ މާއްދާ - ކައުންސިލުތަކުގެ ޒިންމާތަކާއި ބާރުތައް

މި ގާނޫނުގެ ދަށުން ކައުންސިލުތަކަށް އަންނަނިވި ޒިންމާތަކާއި ބާރުތައް ލިބިގެންވެއެވެ.

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކައުންސިލުތަކުގެ ޒިންމާތައްކަމަށް ކަނޑައަޅާފައިވާ އެންމެހައި ކަންކަން ރަށު ފެންވަރުގައި ތަންފީޒުކުރުން؛

(ށ) ފެނާއި ނަރުދަމާގެ ހިދުމަތް ރަށު ފެންވަރުގައި ޕްލޭންކުރުމާއި، މަށްރޫއަުތައް އެކުލަވާލުމާއި، މަށްރޫއަުތައް ތަންފީޒުކުރުން؛

(ނ) ފެނާއި ނަރުދަމާގެ ހިދުމަތް ރަށު ފެންވަރުގައި ހަމަހަމަކަމާއެކު ފޯރުކޮށްދޭނެ އިންތިޒާމުތައް ހަމަޖެއްސުން؛

(ރ) ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ހޯދަންޖެހޭ މާލީ އަދި ފަންނީ ވަސީލަތްތައް ހޯދުން؛

(ބ) ސަރުކާރުގެ ސިޔާސަތުތަކާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު ނުވާނެ ގޮތެއްގެމަތިން ރައްޔިތުންގެ ލަފަޔާއެކު     އެ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތުން ނަގާނެ އަގު ކަނޑައެޅުން؛

(ޅ) ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ތިންވަނަ ފަރާތަކާ ހަވާލުކުރާނަމަ، ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެފަދަ ފަރާތަކާ މަސައްކަތް ހަވާލުކުރުމާއި، އެ ފަރާތުން އެ ހިދުމަތް ދެމުންދާގޮތް ބަލައި ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް ރަށު ފެންވަރުގައި އެޅުން؛

(ކ) ހިދުމަތް ފޯރުކޮށްދޭ ފަރާތާއި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ރަށު ފެންވަރުގައި ރައްކާތެރި ކުރުން؛

(އ) ފެނާއި ނަރުދަމާއާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރަށު ފެންވަރުގައި ރާވައި ހިންގުން؛

(ވ) ރަށުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމުގެ ސަބަބުން ރަށުގެ ގުދުރަތީ ފެންފަށަލައަށާއި ރަށުގެ ފަރާއި ފަޅުގެ މާހައުލަށް ނޭދެވޭ ބަދަލެއް އަންނަމުން ނުދާކަން ކަށަވަރުކުރުން؛

(މ) ފެނާއި ނަރުދަމާއާ ގުޅޭގޮތުން ގައުމީ ސިޔާސަތުތައް އެކުލަވާލުމަށާއި، އެކިއެކި ތަފާސްހިސާބު އެއްކުރުމުގެ ބޭނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މިނިސްޓްރީން ހޯދާ މައަުލޫމާތު އެ ފަރާތްތަކަށް ފޯރުކޮށްދިނުން؛

(ފ) ކައުންސިލުގެ އިހްތިސާސްގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ މިންވަރަށް ފެން އެ ރަށަކުން ލިބެންހުރިކަން ކަށަވަރުކުރުން؛ އަދި

(ދ) ކައުންސިލުތަކަށް ހަވާލުވެފައިވާ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް، އެކަމަށް ލައިސަންސް ލިބިފައިވާ ފަރާތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން އެފަރާތަކާ ހަވާލުކޮށް، ކުރިއަށްގެންދިޔުން.

 

10 ވަނަ މާއްދާ - ހިދުމަތް ދިނުމަށް ވެވޭ އެއްބަސްވުން

މި ގާނޫނުގެ 9 ވަނަ މާއްދާގެ (ދ) ގެ ދަށުން ހިދުމަތް ދިނުމަށް ވެވޭ އެއްބަސްވުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނަންވާނެއެވެ.

(ހ) ހިދުމަތް ދިނުމުގެ އެއްބަސްވުމުގެ ދަށުން ހިދުމަތްދޭ ފަރާތަށް ލިބިދޭ އިހްތިޔާރުތައް؛

(ށ) ހިދުމަތް ދިނުމުގެ ށަރުތުތައް؛

(ނ) ފެނާއި ނަރުދަމާގެ ނިޒާމު ހިންގައި ބެލެހެއްޓުމާއި، ތަރައްގީކުރުމާއި، މަރާމާތުކުރުމާއި، ހިދުމަތުގެ ފެންވަރު ދެމެހެއްޓުމާއި، އިތުރަށް ތަރައްގީކުރުމުގައި އަަމަލުކުރާނެ ގޮތްތައް؛

(ރ) ހިދުމަތުގެ އެއްބަސްވުމާ ގުޅޭގޮތުން މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރުމަށް ހުށަހަޅަންޖެހޭނީ ދިވެހިރާއްޖޭގެ ކަމާގުޅޭ ކޯޓަކަށްކަން؛ އަދި

(ބ) ހިދުމަތުގެ އެއްބަސްވުމާ ގުޅޭގޮތުން މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރާނީ ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން.

 

11 ވަނަ މާއްދާ - އޮތޯރިޓީގެ މަސްއޫލިއްޔަތުތައް

އޮތޯރިޓީގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އަަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ހިމެނޭ ގަވާއިދުތައް ހެދުމުގައި މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން؛

(ށ) ދިވެހިރާއްޖޭގައި ފެން އުފައްދާ ފަރާތްތަކަށާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، އެ ތަންތަނާބެހޭ މައަުލޫމާތު ދަފްތަރުކޮށް، ކަމާބެހޭ މައަުލޫމާތު އާންމުކުރުން؛

(ނ) އާންމު ބޭނުންތަކަށާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ އެކިއެކި މަސައްކަތް ހިންގާ ފަރާތްތަކުން ބަހައްޓާ މީރުފެން އުފައްދާ ޕްލާންޓްތައް ރަޖިސްޓަރީކޮށް އެ ތަންތަނާބެހޭ މައަުލޫމާތު ދަފުތަރުކޮށް، ބެލެހެއްޓުން؛

(ރ) ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރެވިފައިވާ ރަށްރަށުގައި ދިރިއުޅޭ ކޮންމެ ފަރުދަކަށް، ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމާއި، އެ ހިދުމަތް ފޯރުކޮށްދިނުމުގައި އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ އަުމުރަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް، ނުވަތަ އުފަން ރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކުރުމެއް ނުގެންގުޅޭކަން ކަށަވަރުކުރުން؛

(ބ) ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރެވިފައިވަނީ، އެފަދަ ނިޒާމުތައް ފަރުމާކުރުމަށް މި ގާނޫނުގެ ދަށުން މިނިސްޓްރީން އެކުލަވާލާ ގަވާއިދުގައި ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލައި، އެ ފަރުމާތައް ފާސްކޮށް ހުއްދަދިނުން؛

(ޅ) ފެން ވައިރުކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ ފަރާތްތަކުގެ ފެންވަރު ވަޒަންކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ އިންޖިނިއަރުންނަށާއި، ފެންވައިރުކުރާ ފަރާތްތަކަށް އެކަމުގެ ލައިސަންސް ދޫކުރުމާއި، އެފަރާތްތަކުގެ ދަފުތަރެއް އެކުލަވާލައި، އާންމުކުރުން؛

(ކ) އޮތޯރިޓީން ތަންފީޒުކުރާ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކަށް އާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުން؛

(އ) ފެނާއި ނަރުދަމާގެ ހިދުމަތަށް އަގު ނަގަމުންދަނީ ކަމާ ގުޅޭގޮތުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛

(ވ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން؛

(މ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފެނުގެ ހިދުމަތާއި ނަރުދަމާގެ ހިދުމަތް، ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދެމުންގެންދާކަން ކަށަވަރުކުރުން؛

(ފ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކުރަނީ އެ ރަށަކާ އެންމެ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއްކަން ކަށަވަރު ކުރުން؛

(ދ) ފެނާއި ނަރުދަމާގެ ހިދުމަތްދިނުމަށް ބޭނުންކުރާ އިކުއިޕްމަންޓްތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަށްވަރާގެމަތިން ކަނޑައެޅުން؛

(ތ) ވިޔަފާރިއާއި އާންމު ބޭނުންތަކަށް އުފައްދާ ފެނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަށްވަރާގެމަތިން ކަނޑައެޅުން؛

(ލ) އާންމު ބޭނުންތަކަށް ފޯރުކޮށްދޭ ފެނުގެ ފެންވަރު، ލޯކަލް ކައުންސިލުތަކާއި ހިދުމަތްދޭ ފަރާތާ ގުޅިގެން ކަށަވަރުކުރުން؛

(ގ) ފެނާއި ނަރުދަމާގެ ހިދުމަތާގުޅޭ އެންމެހައި މައަުލޫމާތާއި ތަފާސްހިސާބު އެއްކުރުމާއި، މިނިސްޓްރީއަށް ބޭނުންވެއްޖެ ހިނދެއްގައި މިނިސްޓްރީއަށް އެފަދަ މައަުލޫމާތު ފޯރުކޮށްދިނުން؛

(ޏ) ހިދުމަތްދޭ ފަރާތުން ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ހިދުމަތް ދެމުންދާކަން ކަށަވަރުކުރުން، މިގޮތުން، ފެނާއި ނަރުދަމާގެ ހިދުމަތުގެ ސަލާމަތްތެރިކަން ކަށަވަރުކުރެވޭނެ ގޮތުގެމަތިން، ފެނުގެ ޕްރެށަރާއި، ފެނުގެ ފެންވަރާއި، ނަޖިސްފެން ޓްރީޓްކުރާ މިންގަނޑުތަކާއި، ފެން ދަތުރުކުރާ ބާރުމިނާއި، ހިދުމަތަށް ބިލުކުރާ އުސޫލާއި، ފެން މީޓަރާގުޅޭ ކަންކަމާއި، ހިދުމަތް ދިނުމުގައި އަަމަލުކުރުމަށް ކަނޑައަޅާފައިވާ ކަންކަން ބަލަހައްޓަމުން ގެންދިޔުން؛

(ސ) ނަރުދަމާއާއި މީރުފެން އުފައްދާ ފެން ޕްލާންޓްތަކުން ބޭރުކުރާ ފެނުގައި ހުންނަންޖެހޭ މިންގަނޑު ކަމާގުޅޭ މުއައްސަސާތަކުގެ މަށްވަރާގެމަތިން ކަނޑައެޅުން؛

(ޑ) ފެނާއި ނަރުދަމާއާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތަކަށް ބޭނުންވާ މައަުލޫމާތު އެއްކޮށް، އާންމު ފަރާތްތަކުން މިފަދަ ދިރާސާތައް ކުރުމަށް ބާރުއަޅައި މި މައަުލޫމާތު ހާމަކުރުން؛ އަދި

(ޒ) ފެން ފޯރުކޮށްދިނުމާއި ފެން ބޭނުންކުރާ އާލާތްތަކާއި މެޝިނަރީ އަދި އިކުއިޕްމަންޓް ފަދަ ތަކެތީގައި ފެން އިސްރާފްވުން ކުޑަކުރުމަށް ބޭނުންވާ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަށްވަރާގެމަތިން ކަނޑައެޅުން.

 

12 ވަނަ މާއްދާ - އޮތޯރިޓީގެ ބާރުތައް        

މި ގާނޫނުގައި ބަޔާންކުރާ ކަންކަން ތަންފީޒުކުރުމުގެ ގޮތުން އަންނަނިވި ބާރުތައް މި ގާނޫނުގެ ދަށުން އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާކުރާ ފަރާތްތަކަށް ލައިސަންސް ދޫކުރުމާއި، އާކުރުމާއި، ބަދަލުގެނައުމާއި، ލައިސަންސް ހިފެހެއްޓުމާއި ބާތިލުކުރުން؛

(ށ) ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތްތައް މޮނިޓަރކުރުމާއި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުން؛

(ނ) ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން އުފެދޭ މައްސަލަތައް ތަޙްގީގުކުރުމާއި، އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛

(ރ) ފެނާއި ނަރުދަމާގެ ހިދުމަތަކާ ގުޅޭގޮތުން މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފު އަަމަލެއް ކޮށްފިކަމަށް ބެލޭ ހާލަތުގައި އެކަންކަން ބަލައި ފާސްކުރުމާއި، ތަޙްގީގުކުރުމާއި އެ ބޭނުމަށްޓަކައި ތަންތަނަށް ވަނުމާއި ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުން؛

(ބ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުންތައް އެންގުން؛

(ޅ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި އެފަރާތްތަކާމެދު ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅުތައް އެޅުން؛

(ކ) ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅިގެން، ހިދުމަތުގެ ފީ ނެގެމުންދާ ގޮތާއި، ހިދުމަތުގެ ފެންވަރާއި، ހިދުމަތުގެ ހަމަހަމަކަމާއި، ހިދުމަތުގެ އިތުބާރާގުޅޭ ކަންކަމާއި މި ނޫނަސް ހިދުމަތާ ގުޅޭގޮތުން ށަކުވާ ހުށަހެޅުމާއި، ށަކުވާ ބަލައިގަތުމާއި، ހުށަހެޅޭ ށަކުވާތަކާއި މައްސަލަތައް ބަލައި ތަޙްގީގު ހިންގުން؛

(އ) ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހިދުމަތް ދިނުމަށް ލައިސަންސްގައި ކަނޑައަޅާފައިވާ ށަރުތުތަކާ އެއްގޮތަށް އަަމަލު ކުރަމުންދޭތޯ ބެލުން؛

(ވ) ފެން ފޯރުކޮށްދިނުމާއި ފެން ބޭނުންކުރާ އާލާތްތަކާއި މެޝިނަރީ އަދި އިކުއިޕްމަންޓް ފަދަ ތަކެތީގައި ފެން އިސްރާފްވުން ކުޑަކުރުމަށް ބޭނުންވާ މިންގަނޑުތައް ބެލުމާއި، ފާސްކުރުމާއި، ދަރަޖަކުރުން؛

(މ) ފެނާއި ނަރުދަމާގެ ހިދުމަތަކާ ގުޅޭގޮތުން ހުށަހެޅޭ ށަކުވާއަކާ ގުޅިގެން، އެ މައްސަލަ ތަޙްގީގުކުރުމަށްޓަކައި ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތުން ހޯދުން؛

(ފ) އޮތޯރިޓީން ދޭ ހިދުމަތްތަކަށް ފީ ނެގުން؛ އަދި

(ދ) ފެން އުފެއްދުމުގައި ރަށުގެ ގުދުރަތީ ފެންފަށަލައިން، ނުވަތަ ކުޅި އަކުން ނުވަތަ ޗަސް ބިމަކުން ފެން ބޭނުންކުރާކަން ސާބިތުވެއްޖެނަމަ، އެކަން ހުއްޓުވުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

 

13 ވަނަ މާއްދާ - ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި މުއާހަދާތައް

(ހ) ފެނާއި ނަރުދަމާއާގުޅޭ ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި މުއާހަދާތަކުގައި ދިވެހި ސަރުކާރުން ބައިވެރިވެއްޖެ ހިނދެއްގައި، ކަމާބެހޭ ދާއިރާތަކުގެ ލަފަޔާއި އިރުށާދުގެ މަތިން މިނިސްޓްރީން އަންނަނިވި ކަންކަން ކުރަންވާނެއެވެ.

  1. އެފަދަ އެއްބަސްވުންތަކާއި މުއާހަދާތަކުން ދައުލަތުގެ މައްޗަށް ކުރުން ލާޒިމުކުރާ އެންމެހައި ކަންކަން ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުން؛
  2. ރާއްޖޭގައި އެފަދަ އެއްބަސްވުންތަކާއި މުއާހަދާތައް ތަންފީޒުކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން؛ އަދި
  3. މުއާހަދާތަކާ ގުޅޭގޮތުން ބައިނަލްއަގްވާމީ ފަރާތްތަކާއި މުއާމަލާތުކުރުމާއި، އެކިއެކި ބައްދަލުވުންތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.

(ށ) ދިވެހި ސަރުކާރުން ބައިވެރިވާ ފެނާއި ނަރުދަމާއާގުޅޭ ބައިނަލްއަގްވާމީ އެންމެހައި އެއްބަސްވުންތަކާއި މުއާހަދާތަކުގެ ދަފުތަރެއް މިނިސްޓްރީން ބަލަހައްޓައި، އާންމުކުރަންވާނެއެވެ.

 

14 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ސްޓްރެޓީޖިކް ޕްލޭން

(ހ) ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވައި، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، 5 (ފަހެއް) އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭނެއް، ކަމާގުޅޭ މުއައްސަސާތަކުގެ މަށްވަރާއާއި، ފެނާއި ނަރުދަމާގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީން އެކުލަވާލަންވާނެއެވެ.  އަދި  ކޮންމެ   5 (ފަހެއް) އަހަރަކުން އެއްފަހަރު އެ ސްޓްރެޓީޖިކް ޕްލޭން މުރާޖައާކުރަމުން ގެންދަންވާނެއެވެ.

(ށ) ކޮންމެ މީލާދީ އަހަރެއް ނިމުމުގެ ކުރިން، ނިމިދިޔަ އަހަރުގައި ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރެވުނު ގޮތުގެ ރިޕޯޓެއް މިނިސްޓްރީން އެކުލަވާލައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން މިނިސްޓްރީން ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމަށް މަގުފަހިކުރުމަށްޓަކައި ބޭނުންވާ މައަުލޫމާތު، ދައުލަތުގެ މުއައްސަސާތަކުން މިނިސްޓްރީއަށް ފޯރުކޮށްދޭންވާނެއެވެ.

(ރ) މި ގާނޫނަށް އަަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްލޭނަށް ބަދަލެއް ގެންނަންޖެހިއްޖެ ހިނދެއްގައި އެ ބަދަލެއް ގެންނަންވާނީ ކަމާގުޅުންހުރި މުއައްސަސާތަކާ މަށްވަރާކުރުމަށްފަހުއެވެ.

 

15 ވަނަ މާއްދާ - ހިދުމަތްދޭ ފަރާތުން ކަނޑައަޅާ ޕްލޭން

(ހ) ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ކޮންމެ ފަރާތަކުންވެސް، ފެނާއި ނަރުދަމާގެ ގައުމީ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން، ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ކަނޑައަޅާ ޕްލޭނެއް ކޮންމެ މީލާދީ އަހަރެއް ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި އެ އަހަރުގެ ތެރޭގައި ޕްލޭން ތަންފީޒުކުރެވުނު ގޮތުގެ ރިޕޯޓު ކުރިއަށް އޮތް މީލާދީ އަހަރުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށާއި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕްލޭންގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1. ފެނުގެ ފެންވަރު؛
  2. ނޭނގިގެއްލޭ ފެނުގެ މިންވަރު؛
  3. ހިދުމަތް މެދުކެނޑުނު މިންވަރު؛
  4. ހަރަދުވި މިންވަރު؛
  5. ލިބުނު އާމްދަނީ؛ އަދި
  6. ސީ.އެސް.އާރްގެ ހަރަކާތްތަކުގެ ތަފްސީލު.

 

16 ވަނަ މާއްދާ - ދައުލަތުގެ އެހެން މުއައްސަސާތަކުގެ ޒިންމާ 

މި ގާނޫނުގެ ދަށުން ފެނުގެ ވަސީލަތްތަކާއި، ފެނާއި ނަރުދަމާގެ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި މިނިސްޓްރީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭންވާނެއެވެ.

 

 
ހަތަރުވަނަ ބާބު

 ފެނުގެ ވަސީލަތްތައް
 

17 ވަނަ މާއްދާ - ގުދުރަތީ ފެނުގެ ވަސީލަތްތަކުގެ މިލްކުވެރިކަން

ދިވެހިރާއްޖޭގެ ސަރަހައްދުގައި ގުދުރަތީ ގޮތުން ހިމެނޭ ފެނުގެ އެންމެހައި ވަސީލަތްތަކަކީ ދިވެހި ދައުލަތުގެ މިލްކެކެވެ.

 

 
18 ވަނަ މާއްދާ - ލިބެންހުރި ފެން ހިމާޔަތްކުރުން

(ހ) ދަނޑުވެރިކަމާއި ސިނާއީ މަސައްކަތްތަކާއި، ފަތުރުވެރިކަމަށް ދޫކުރެވޭ ފަޅު ރަށްރަށާއި، އެފަދަ މަސައްކަތްތަކަށް ހިންގުމަށް ފަޅު ހިއްކައިގެން އުފައްދާފައިވާ ރަށްރަށާއި އެފަދަ ރަށްރަށަށް އިތުރުކުރެވޭ ބިމުގެ ސަރަހައްދު ހިމެނޭ ގޮތުން، އެ ރަށްރަށުގެ ބިމުގެ ފެންފަށަލައަކީ، ނުވަތަ ފަޅު ހިއްކައިގެން އެފަދަ ރަށްރަށަށް އިތުރުކުރެވޭ ސަރަހައްދުތަކުގެ ބިމުގެ ފެންފަށަލައަކީ ހިމާޔަތްކުރެވިފައިވާ އެއްޗެއްސެވެ.

(ށ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ފެނުގެ ވަސީލަތްތައް ބަލަހައްޓައި ދަމަހައްޓަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

(ނ) މިމާއްދާގެ (ށ) އެހެން އޮތްނަމަވެސް، ވިޔަފާރީގެ އުސޫލުން ނުވަތަ އަގު ލިބޭގޮތަށް ފެނުގެ ހިދުމަތް ދިނުން ނުހިމެނޭގޮތުން، އަމިއްލަ ބޭނުމަށް، ވަޅުކޮނެގެން ބިމުން ފެންނަގައި ބޭނުންކުރުމަކަށް ނުވަތަ ވާރޭފެން ނަގައި ބޭނުންކުރުމަކަށް ނުވަތަ މޫދު ލޮނުފެން ނަގައި ބޭނުންކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ރ) ލޮނުފެން މީރުފެނަށް ހެދުމަށް ބިންގަނޑު ތޮރުފައިގެން ފެން ނަގަންވާނީ، އެ ރަށެއްގެ ގުދުރަތީ ފެންފަށަލައަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތުގެމަތިންނެވެ.

(ބ) ޑީސެލިނޭށަން އިންޓޭކް ހުންނަންވާނީ، ރަށުގެ ފެންފަށަލަ ފޫއަޅާ ވަރަށް ފުނަށް ތޮރުފައިގެން ފެންފަށަލައަށް ނޭދެވޭ އަސަރެއް ނުކުރާވަރުގެ ފުންމިނުގައެވެ.

(ޅ) ހިމާޔަތްކުރެވިފައިވާ ފެނުގެ ވަސީލަތެއް ކަމަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ވަސީލަތެއްގެ އިތުރުން، ފެނުގެ އެހެން ވަސީލަތެއް ހިމާޔަތްކުރެވޭނީ، އެ ވަސީލަތެއް ހިމާޔަތްކޮށްފިކަމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއަުކުރުމުންނެވެ.

 

19 ވަނަ މާއްދާ - ގުދުރަތީ ފެނުގެ ވަސީލަތްތައް ސިނާއީ މަސައްކަތްތަކަށް ބޭނުން ނުކުރުން

(ހ) ދަނޑުވެރިކަމާއި ސިނާއީ އެހެނިހެން މަސައްކަތްތަކާއި، ފަތުރުވެރިކަމަށް ދޫކުރެވޭ ފަޅު ރަށްރަށާއި، އެފަދަ މަސައްކަތަށް ފަޅު ހިއްކައިގެން އުފައްދާ ރަށްރަށާއި އެފަދަ ރަށްރަށަށް އިތުރުކުރެވޭ ބިމުގެ ސަރަހައްދު ހިމެނޭގޮތުން، އެ ރަށްރަށުގެ ބިމުގެ ފެންފަށަލައަކީ، ނުވަތަ ފަޅު ހިއްކައިގެން އެފަދަ ރަށްރަށަށް އިތުރުކުރެވޭ ސަރަހައްދުތަކުގެ ބިމުގެ ފެންފަށަލައަކީ އަދި ކުޅިތަކުގައި ހުންނަ ފެނާއި، ގުދުރަތީގޮތުން އުފެދިފައި ހުންނަ ފެންގަނޑުގަނޑަކީ ސިނާއީ ބޭނުންތަކަށް ބޭނުންކުރެވޭނެ ފެނުގެ ވަސީލަތްތަކެއް ނޫނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް މި ގާނޫނަށް އަަމަލުކުރަން ފެށުމާހަމައަށް، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްރަށުގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފެން ޕްލާންޓް ބެހެއްޓުމަށް ނުވަތަ އެނޫންވެސް ގޮތަކުން ފެން އުފައްދާނެގޮތް ހަމަޖެއްސުމަށް، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

(ނ) މީހުން ދިރިއުޅޭ ރަށްރަށުގައި ދަނޑުވެރިކަންކުރާ ފަރާތްތަކުގެ ތެރެއިން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަަމަލުކުރަންޖެހޭނީ 10,000 (ދިހަހާސް) އަކަމީޓަރު ނުވަތަ އެއަށްވުރެ ބޮޑު ސަރަހައްދެއްގައި ދަނޑުވެރިކަންކުރާ ފަރާތްތަކެވެ.

(ރ) ދަނޑުވެރިކަމަށާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ފެން ޑީސެލިނޭށަންގެ ޒަރީއާއިން ނުވަތަ ވާރޭފެން އެއްކޮށްގެން ނުވަތަ އެނޫންވެސް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފައްދާނެ ނިޒާމު ހަމަޖެއްސުމަކީ އެ މަސައްކަތެއް ހަވާލުވެފައިވާ ފަރާތެއްގެ ޒިންމާއެކެވެ.

 

20 ވަނަ މާއްދާ - ފެންފަށަލަ ތައައްޔަރުވުން

(ހ) ދިވެހިރާއްޖޭގެ ރަށްރަށުގެ ފެންފަށަލަ ތައައްޔަރުވެދާނެ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން، ގަސްދުގައި ނުވަތަ އެކަމަށް ފަރުވާލެއް ނުބަހައްޓައި ކޮށްގެންނުވާނެއެވެ.

(ށ) ދަނޑުވެރިކަމުގައި ކޮންމެހެން ބޭނުންކުރަންޖެހޭ ގަސްކާނާ ބޭނުންކުރުމާއި ސެޕްޓިކް ސިސްޓަމް ގޭގައި ބެހެއްޓުމަކީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތެއްކަމުގައި ނުބެލެވޭނެއެވެ.

(ނ) ބިމަށް އެޅި ބިމުގެ ފެން ތައައްޔަރުވެދާނެ ފަދަ އެއްވެސް އެއްޗެއް، ދިވެހިރާއްޖޭގައި އެއްގަމު މަގުން އެއްތަނުން އަނެއްތަނަށް ގެންދަންވާނީ، މި ގާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެތަކެތި ގެންދިޔުމުގައި ބިމަށް ނޭޅޭނެފަދަ ގޮތަކަށް ރަނގަޅަށް ބަންދުކުރެވިގެންނެވެ.

(ރ) ބިމަށް އެ އެއްޗެއް އަޅައިފިނަމަ ބިމުގެ ފެން ތައައްޔަރުވެދާނެ ތެލާއި ކެމިކަލްފަދަ އެއްވެސް އެއްޗެއް، އެއްތަނުން އަނެއްތަނަށް ގެންދަނީ ވަކިވަކި ކޮންޓޭނަރުގައި ނުވަތަ އެނޫންވެސް އެއްޗެއްގައި ބަންދުކުރެވިގެންނަމަ، އެތަކެތި ހުންނަންވާނީ ގެންދިޔުމުގައި ނުވެއްޓޭނެ ގޮތަށް ރަނގަޅަށް ހަރުކުރެވިފައެވެ.

(ބ) ބިމަށް އެ އެއްޗެއް އަޅައިފިނަމަ ބިމުގެ ފެން ތައައްޔަރުވެދާނެ ތެލާއި ކެމިކަލްފަދަ އެއްވެސް އެއްޗެއް، އެއްތަނުން އަނެއްތަނަށް ގެންދިޔުމުގައި ފެން ތައައްޔަރުވެދާނެ ބާވަތުގެ އެއްޗެއް މަގު މައްޗަށް ނުވަތަ ބިމަށް އެޅިއްޖެނަމަ، އެތަކެތި ސާފުކުރުމުގެ ޒިންމާއާއި، އެތަކެތި ބިމަށް އެޅުމުގެ ސަބަބުން ބިމާއި ފެން ތައައްޔަރުވެއްޖެނަމަ އެކަން ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ އެތަކެތި އުފުލި ފަރާތުންނެވެ.

(ޅ) ބިމަށް އެ އެއްޗެއް އަޅައިފިނަމަ ބިމުގެ ފެން ތައައްޔަރުވެދާނެ ތެލާއި ކެމިކަލްފަދަ އެއްވެސް އެއްޗެއް، މި މާއްދާއާ ހިލާފަށް އެއްގަމު މަގުން އެއްތަނުން އަނެއްތަނަށް ގެންދިޔުމަކީ މަނާކަމެކެވެ.

(ކ) އެއްވެސް މީހަކު ގަސްދުގައި ނުވަތަ އިހުމާލުންވިޔަސް ތެލާއި ކެމިކަލްފަދަ ތަކެތި ބިމާއި ބިމުގެ ފެންފަށަލައަށް އެޅުމަކީ މަނާކަމެކެވެ.

(އ) މި މާއްދާގެ (ނ) ގައި ބަޔާންކުރާފަދަ އެއްޗެއް ރައްކާކޮށްފައި ބެހެއްޓުމުގައި އެތަކެތި ބިމަށް އެޅުމުގެ ސަބަބުން ބިމުގެ ފެން ތައައްޔަރުވެއްޖެނަމަ، އެކަމުގެ ޒިންމާ، އޭގެ ވެރިފަރާތުން ނަގަންވާނެއެވެ.

(ވ) އިންޖީނު ދޮވެ ސާފުކުރުމުގައި ތެޔޮ ނުވަތަ ކެމިކަލް އެކުލެވޭ ފެން އުފެދޭނަމަ އެފަދަ ފެން ބިމަށް ނުވަތަ މޫދަށް އަޅައިގެންނުވާނެއެވެ.

 

21 ވަނަ މާއްދާ - ބިމުން ފެން ނަގައިގެން ބޭރުކުރުން  

(ހ) އިމާރާތްކުރުމަށާއި އެނޫންވެސް ސިނާއީ މަށްރޫއަުތަކަށް ބިމުން ފެން ނަގައި ބޭރުކުރަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެކަމަށް ހުއްދަ ނަގައިގެންނެވެ.

(ށ) ރަށެއްގެ ބިމުން ފެން ނަގައި ބޭރުކުރުމުގައި އެ ރަށެއްގެ ޖާގައިގެ ގޮތުންނާއި، ބިމުން ނަގާ ފެނުގެ ފެންވަރުގެ ގޮތުން ބިމަށް ހިންދުމަށް އެކަށީގެންނުވާނަމަ، އެ ފެން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާ އުސޫލަކުން މޫދަށް ބޭރުކުރެވިދާނެއެވެ.

(ނ)   މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޮތޯރިޓީގެ ހުއްދަ ނެތި ބިމުން ފެން ނަގައި ބޭރުކުރުމާއި އެއިން ކަމަކަށް އެހީތެރިވުމަކީ މަނާކަމެކެވެ.

 

22 ވަނަ މާއްދާ - މީރުފެން އުފައްދާ ނިޒާމު 

(ހ) މީރުފެން އުފައްދާ ނިޒާމަކުން ބިމުގެ މީރު ފެންފަށަލައާއި ކުޅިފަދަ ތަންތަނުން ފެން ނަގައި ބޭނުންކުރުމަކީ މަނާކަމެކެވެ.

(ށ) މީރުފެން އުފައްދާ ނިޒާމަކުން ފެން އުފެއްދުމަށްފަހު، އެ ފެން އާންމު ބޭނުންތަކަށް ދޫކުރުމުގައި އެހެން ބާވަތެއްގެ ފެނެއް އެއާ އެއްކުރަންވާނީ އޮތޯރިޓީގެ ހުއްދައާއެކު، އެ އޮތޯރިޓީން ކަނޑައަޅާ އުސޫލެއްގެ މަތިންނެވެ. މިނޫންގޮތަކަށް މީރުފެން އުފައްދާ ނިޒާމުން އުފައްދާ ފެނަށް އެއްވެސް ބާވަތެއްގެ ފެނެއް އެއްކޮށްގެން ދޫކުރުމަކީ މަނާކަމެކެވެ.

 

23 ވަނަ މާއްދާ - ކާރިސާތަކުގައި ފެނުގެ ވަސީލަތްތަކުން ފެން ބޭނުންކުރުން          

(ހ) ކާރިސާތަކުގައި، ހިމާޔަތްކޮށްފައިވާ ފެނުގެ ވަސީލަތަކުން ފެން ބޭނުންކުރުމުގެ ހުއްދަދިނުމުގެ އިހްތިޔާރު، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ށ) ހިމާޔަތްކޮށްފައިވާ ފެނުގެ ވަސީލަތަކުން ކާރިސާތަކުގައި ފެން ބޭނުންކުރުމުގައި އަަމަލުކުރަންވީ މައިގަނޑު އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

24 ވަނަ މާއްދާ - ކާރިސާތަކަށް ތައްޔާރުވުން

(ހ) ދިމާވެދާނެ ކާރިސާއަކަށް ނުވަތަ ހާދިސާއަކަށް ތައްޔާރުވުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށާއި، ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި، 5 (ފަހެއް) ދުވަހަށް ބޭނުންވާނެކަމަށް ބެލޭ މިންވަރަށް ސާފުބޯފެން އެ ރަށްރަށުގައި ރައްކާކޮށް، އެފަދަ ހާދިސާއެއްގައި ބޭނުންކުރެވޭނެ އިންތިޒާމު، ހިދުމަތްދޭ ފަރާތުން ނުވަތަ އެ ރަށް ހިންގާ ފަރާތަކުން ހަމަޖައްސަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މީހުން ދިރިއުޅޭ ރަށްރަށާއި، ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި ދިމާވެދާނެ ކާރިސާއަކަށް ނުވަތަ ހާދިސާއަކަށް ތައްޔާރުވުމަށްޓަކައި ރައްކާކުރަންޖެހޭ ސާފު ބޯފެނުގެ މިންވަރު ކަނޑައެޅުމުގައި، އެ ރަށެއްގައި ދިރިއުޅޭ މީހުންގެ ނިސްބަތަށާއި، ރަށުގައި ފެން ރައްކާކުރެވޭނެ ޖާގައަށާއި އަދި އެ ރަށެއްގައި ލިބެންހުރި ފެނުގެ ވަސީލަތްތަކަށް ރިއާޔަތްކުރަންވާނެއެވެ.

 
ފަސްވަނަ ބާބު

ތިމާވެށި ރައްކާތެރިކުރުން

 

25 ވަނަ މާއްދާ - ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު  

(ހ) ދިވެހިރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ނިޒާމު ގާއިމުކުރުމުގެ ހުއްދަ ދޭންވާނީ، ގަވާއިދު ނަންބަރު 27/2012  (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) ގައިވާ ގޮތުގެމަތިން ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި، އެ ރިޕޯޓު އެންވަޔަރަންމަންޓަލް ޕްރޮޓެކްށަން އޭޖެންސީއިން ފާސްކުރުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ފާސްކުރާއިރު، މަށްރޫއަު ކުރިއަށް ގެންދިޔުމުގައި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކަނޑައަޅާ ށަރުޠަކަށް އަަމަލުކުރުމަށް، ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސްގައި ށަރުތުކުރަންވާނެއެވެ.

 

26 ވަނަ މާއްދާ - ތިމާވެއްޓަށް ގެއްލުން ކުޑަ ޓެކްނޮލޮޖީތަކަށް އިސްކަންދިނުން

ތަފާތު ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ފެނާއި ނަރުދަމާގެ ހިދުމަތްދިނުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ޓެކްނޮލޮޖީތަކަށް އިސްކަންދޭންވާނެއެވެ. އަދި ހިދުމަތުގެ ބޭނުންކުރާ ފަރާތްތަކުން އެ ހިދުމަތް ބޭނުންކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތްތަކަށް އިސްކަންދޭންވާނެއެވެ.

 

27 ވަނަ މާއްދާ - އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން

(ހ) ފެން އުފެއްދުމަށް ބޭނުންކުރާ ހަކަތައަކީ، އިއާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަކަމުގައި ހަދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގްސަދު ހާސިލުކުރުމަށްޓަކައި، މި ގާނޫނަށް އަަމަލުކުރަން ފަށާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރުގެ ދުވަހުގެ ތެރޭގައި، މި ގާނޫނަށް އަަމަލުކުރަން ފެށިއިރު ހިންގަމުންދާ ފެން ޕްލާންޓްތަކަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހިންގާ ފެން ޕްލާންޓްތަކެއް ކަމުގައި، ހިދުމަތްދޭ ފަރާތުން ހަދަންވާނެއެވެ.

(ނ) މި ގާނޫނަށް އަަމަލުކުރަން ފަށާ ފަހުން، ފެން ޕްލާންޓްތައް އޮޕަރޭޓްކުރުމުގެ ލައިސަންސް ދޭންވާނީ، އެ ޕްލާންޓެއް ހިންގުމަށް ބޭނުންވާ ހަކަތަ އުފައްދަނީ އިއާދަކުރަނިވި ވަސީލަތަކުންކަން ކަށަވަރުކުރުމަށް ފަހުގައެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ކާރިސާގެ ހާލަތުގައި، ނުވަތަ އިއާދާކުރަނިވި ހަކަތަ އުފައްދާ ނިޒާމަށް ޖެހިފައިވާ މައްސަލައެއްގެ ސަބަބުން، ފެން އުފެއްދުން މެދުކެނޑިގެން ހިނގައިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ޑީސަލް ޖެނެރޭޓަރުން އުފައްދާ ކަރަންޓު ބޭނުންކުރުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ.

 

28 ވަނަ މާއްދާ - އިންޓަރގްރޭޓެޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް ކުރިއެރުވުން

ސަޕްލައި ފެނުގެ ހިދުމަތްދިނުމުގައި، ލޮނުފެން ބޭނުންކޮށްގެން މީރު ފެން އުފައްދައި ފޯރުކޮށްދޭއިރު، ފޯރުކޮށްދޭ ފެނުގައި ޓްރީޓްކޮށްފައިވާ ވާރޭފެން ހިމަނަންވާނެއެވެ. މިގޮތުން ފޯރުކޮށްދޭ ފެނުގައި ވާރޭފެން ވީ އެންމެ މަތީ ނިސްބަތަކަށް ހިމެނުމަށް މަސައްކަތް ކުރަންވާނެއެވެ.

 
ހަވަނަ ބާބު

ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތްތައް
 

29 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާ

(ހ) ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތްކުރާ ފަރާތްތަކުން، އެ ފަރާތަކަށް ހިދުމަތް ދިނުމަށް ހަވާލުކުރެވޭ ސަރަހައްދުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް، މެދުކެނޑުމެއްނެތި ހިދުމަތް ދިނުމަށް،    މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަންވާނެއެވެ.

(ށ) ފެނާއި ނަރުދަމާގެ ހިދުމަތް ރެގިއުލޭޓްކުރުމަށްޓަކައި އޮތޯރިޓީން ބޭނުންވާ އެންމެހައި ރިޕޯޓުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކުން ހުށަހަޅަންވާނެއެވެ.

(ނ) ދިވެހިރާއްޖޭގައި އުފައްދާ އަދި ފުޅީގައި ބަންދުކުރާ ފެން، ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތެންވާނެއެވެ.

(ރ) ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކުން ސަރުކާރުގެ މާލީ އެހީތެރިކަމަށް ބަރޯސާވާލެއް ކުޑަކުރުމަށް މަސައްކަތްކުރަންވާނެއެވެ.

(ބ) ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރުމަތިކުރުމަށްޓަކައި، ކުރިއަރަމުންދާ ޓެކްނޮލޮޖީއާ އެއްގޮތަށް ފެނާއި ނަރުދަމާގެ ހިދުމަތް ތަރައްގީކުރަންވާނެއެވެ.

(ޅ) މި ގާނޫނުގެ ދަށުން މިނިސްޓްރީންނާއި އޮތޯރިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ކުރާ އެންމެހައި ކަންކަމަށް، ފެނާއި ނަރުދަމާގެ ހިދުމަތްދޭ އެންމެހައި ފަރާތްތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭންވާނެއެވެ.

(ކ) ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށް ދޫކުރާ ތަންތަނުގައި ފުރަތަމަ ފަހަރު ފެނާއި ނަރުދަމާގެ ހޮޅި ގުޅައިދޭންވާނީ އަގު ނެގުމަކާ ނުލައެވެ.

(އ) ފެނާއި ނަރުދަމާގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެގޮތުން، މައްސަލައެއް ކުރިމަތިވިޔަ ނުދިނުމަށް ބޭނުންވާ ސާމާނާއި ތަކެތި ފަސޭހައިން ލިބޭނެ ގޮތަކަށް ބަހައްޓައި، މައްސަލައެއް ދިމާވެއްޖެނަމަ، ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކޮށްދޭންވާނެއެވެ.

(ވ) ފެނާއި ނަރުދަމާގެ ހިދުމަތަށް ނަގާ ފީ އާންމުކޮށް ފެންނާނެހެން ބަހައްޓަންވާނެއެވެ.

(މ) ފެނުގެ ފެންވަރު ހިފެހެއްޓުމަށް ކަނޑައެޅޭ އުސޫލަކުން ފެން ޓެސްޓުކުރަމުން ގެންދަންވާނެއެވެ.

 

30 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކަށް ލިބިގެންވާ ބައެއް އިހްތިޔާރުތައް    

(ހ) ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި، އިމާރާތްތަކާއި، މެޝިނަރީއާއި އެނޫންވެސް ކަމާގުޅުންހުރި ތަކެތި ގަތުމާއި، ކުއްޔަށް ހޯދުމާއި، އުފެއްދުމާއި، މިލްކު ކުރުމާއި، އަމިއްލަ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އިހްތިޔާރު ހިދުމަތްދޭ ފަރާތަށް ލިބިގެންވެއެވެ.

(ށ) ހިދުމަތް ދިނުމާގުޅޭ މަސައްކަތްތަކުގައި ސަރުކާރާއި ދައުލަތުގެ އިމާރާތްތަކަށާއި އަމިއްލަ މީހުންގެ ގޯތި ގެދޮރަށާއި ވިޔަފާރިކުރާ ތަންތަނަށް ވަދެވިދާނެއެވެ. މިގޮތުން ވަންނަ ވަނުމުގައި ހިދުމަތްދޭ ފަރާތުގެ މުވައްޒަފެއްކަން އެނގެން އޮންނަންވާނެއެވެ.

(ނ) ހިދުމަތް ދިނުމުގެ ބޭނުމުގައި އަމިއްލަ ފަރާތްތަކާއި، ސަރުކާރާއި ދައުލަތުގެ އިމާރާތްތަކުގައި މީޓަރު ހަރުކުރެވިދާނެއެވެ.

(ރ) ހިދުމަތްދޭ ފަރާތުން ހިދުމަތް ލިބިގަންނަ ފަރާތުގެ މައްޗަށް، ވަކި ބާވަތެއްގެ އެއްޗެއް ނަރުދަމާގެ ނިޒާމުގެ ތެރެއަށް އެޅުން މަނާކުރެވިދާނެއެވެ.

 

31 ވަނަ މާއްދާ - ފެނުގެ ހިދުމަތް ދިނުން   

(ހ) ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކުރާ ފެނުގެ ހިދުމަތުގެ ނިޒާމުތައް ގާއިމުކޮށްފައި ހުންނަންވާނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ލަފާގެ މަތިން، އޮތޯރިޓީން އެކި ބޭނުންތަކަށް ބޭނުންކުރާ ފެނުގައި ހުންނަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ދިވެހިރާއްޖޭގެ ރަށެއްގައި ފެނުގެ ހިދުމަތް ދިނުމަށް އެއްވެސް ފަރާތަކަށް އޮތޯރިޓީން ލައިސަންސެއް ދޫކޮށްފައިވަނިކޮށް، އެ ރަށުގައި އެހެން ފަރާތަކުން އެފަރާތެއްގެ އަމިއްލަ ބޭނުމަށް މީރުފެން އުފައްދާ ނިޒާމެއް، ނުވަތަ ވިޔަފާރީގެ ބޭނުމަށް މީރުފެން އުފައްދާ ނިޒާމެއް ބެހެއްޓޭނީ އޮތޯރިޓީގެ އިއަުތިރާޒެއް ނެތްނަމައެވެ.

(ނ) ދިވެހިރާއްޖޭގެ ރަށްރަށުގައި ފެނުގެ ހިދުމަތްދިނުމުގައި އާންމުކޮށް ދޫކުރާ ފެން ހުންނަންޖެހޭ މިންގަނޑު ކަނޑައަޅައި، އޮތޯރިޓީން އާންމުކުރަންވާނެއެވެ. އަދި ފެނުގެ ހިދުމަތް ދިނުމަށް ގާއިމުކުރާ ފެނުގެ ހިދުމަތުގެ ނިޒާމުތަކާއި، އެފަދަ ނިޒާމުތައް ގާއިމުކުރުމުގައި އަަމަލުކުރާނެ އުސޫލުތައް، އޮތޯރިޓީން ކަނޑައަޅައި، އާންމުކުރަންވާނެއެވެ.

(ރ) ދިވެހިރާއްޖޭގައި ގާއިމުކުރެވޭ ފެނުގެ ނިޒާމުތަކުން، ޖަރާސީމު ނައްތާލެވޭނެ ގޮތާއި، ޖަރާސީމަށް ތަޙްލީލުކުރެވޭނެ އިންތިޒާމު އެކަށީގެންވާ މިންވަރަކަށް ހަމަޖެހިފައި ހުންނަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން އޮތޯރިޓީން އާންމުކުރާ މިންގަނޑުތަކާއި އުސޫލުތަކަށް ބަދަލެއް ގެންނަންޖެހިއްޖެ ހިނދެއްގައި ގެނެވޭ ބަދަލަކާއެކު އެ މިންގަނޑުތަކާއި އުސޫލުތައް އަލުން އިއަުލާންކުރަންވާނެއެވެ.

(ޅ) ދިވެހިރާއްޖޭގައި އުސްކޮށް ހަދާ އިމާރާތްތަކުގައި އެ އިމާރާތަކާ އެކަށީގެންވާ ގޮތެއްގައި ފެނުގެ ޕްރެށަރު ހިފެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެ އިމާރާތުގެ ވެރިފަރާތުގެ ޒިންމާއެކެވެ. އަދި އެފަދަ އިންތިޒާމު ހުންނަންވާނީ އެކަމަށްޓަކައި އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ކ) މި މާއްދާގެ ދަށުން ހިދުމަތްދޭ ފަރާތުން އަަމަލުކުރުމަށް އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ ހިދުމަތްދޭ ފަރާތުން ހިލާފުވެއްޖެނަމަ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތާމެދު ފިޔަވަޅު އެޅިދާނެއެވެ.

 

32 ވަނަ މާއްދާ - ނަރުދަމާގެ ހިދުމަތް ދިނުން

(ހ) މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކުރާ ނަރުދަމާގެ ނިޒާމުގެ ބާވަތާއި، ރަށްތައް ގިންތިކުރާނެ ގޮތަކާއި، ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމުތައް ބަހައްޓާނެ ރަށްރަށް ކަނޑައަޅާނީ، ސަރުކާރުގެ ކަމާބެހޭ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީންނެވެ.

(ށ) މި ގާނޫނަށް އަަމަލުކުރަން ފަށާއިރު މި މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީން ކަނޑައަޅާ ގިންތިއަށް ފެތޭ ރަށްތަކުގެ ތެރެއިން، ނަޖިސްފެން ސާފުކުރާ ނިޒާމަކާ ނުލައި، ނަރުދަމާގެ ނިޒާމުގެ ހިދުމަތް ދެމުންގެންދާ ރަށްރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމާ އެކަށީގެންވާ މިންވަރެއްގެ ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމެއް މިނިސްޓްރީން ކަނޑައަޅާ އާންމުކުރާ މުއްދަތެއްގެ ތެރޭގައި ގާއިމުކުރަންވާނެއެވެ.

(ނ) މި ގާނޫނަށް އަަމަލުކުރަން ފެށުމުގެ ކުރިން ނަޖިހާއި ނަޖިސްފެން ސާފުކުރުމުގެ ނިޒާމެއް ވަކި މުއްދަތެއްގެ ތެރޭގައި ގާއިމުކުރުމަށް މިނިސްޓްރީން ވަކި ފަރާތަކަށް ށަރުތުކޮށްފައިވާނަމަ، އެފަރާތެއްގެ މައްޗަށްވެސް، މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގާނެއެވެ.

(ރ) މި މާއްދާގެ ދަށުން ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު ގާއިމުކުރަން ލާޒިމުވާ ރަށްރަށުގައި މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެމަތިން، ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމަކާ ނުލައި ނަރުދަމާގެ ހިދުމަތްދިނުމަކީ މަނާކަމެކެވެ.

(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނުވަތަ އުދައެރުމުގެ ސަބަބުން ދިމާވާ ފެންބޮޑުވުމުގެ ކާރިސާތަކުގައި، ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު ބޭނުންކުރުމަކާ ނުލައި، އެ ފެން މޫދަށް ބޭރުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. އެހެންނަމަވެސް، އެކަން ކުރަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ޅ) ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމާއެކު ނަރުދަމާގެ ނިޒާމު ގާއިމުކޮށް ހިދުމަތްދޭ ރަށްރަށުގައި، އިމާރާތްކުރުންފަދަ ސިނާއީ މަސައްކަތްތައް ކުރުމުގައި، ބިމުން ނެގޭ ފެން، އެފަދަ ނަރުދަމާގެ ނިޒާމެއްގެ ތެރެއަށް ދޫކުރުމަކީ މަނާކަމެކެވެ.

(ކ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކުރާ ނަރުދަމާގެ ނިޒާމުތައް ހުންނަންވާނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(އ) ދިވެހިރާއްޖޭގެ ރަށްރަށުގައި ނަރުދަމާގެ ހިދުމަތް ދިނުމަށް ގާއިމުކުރާ ނިޒާމުތައް ހުންނަންޖެހޭނެ މިންގަނޑުތަކާއި، އެފަދަ ނިޒާމުތައް ފަރުމާކުރަންވީ ގޮތުގެ މިންގަނޑުތަކާއި، އެ ނިޒާމުތައް ގާއިމުކުރުމުގައި އަަމަލުކުރާނެ އުސޫލުތައް އޮތޯރިޓީން އާންމުކުރަންވާނެއެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން އޮތޯރިޓީން އާންމުކުރާ މިންގަނޑުތަކާއި އުސޫލުތަކަށް ބަދަލެއް ގެންނަންޖެހިއްޖެ ހިނދެއްގައި ގެނެވޭ ބަދަލަކާއެކު އެ މިންގަނޑުތަކާއި އުސޫލުތައް އަލުން އިއަުލާންކުރަންވާނެއެވެ.

(މ) މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ އެއްވެސް ނަރުދަމާގެ ނިޒާމަކުން ބޭރުވާ ފެން ބިމަށް ހިންދޭނީ މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާ ފެނުގެ މިންގަނޑުތަކާ އެއްގޮތްވާ މިންވަރަކަށް އެ ފެން ސާފުކުރުމަށްފަހު، އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ.

(ފ) ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމުގެ މަސައްކަތަށް މައްސަލައެއް މެދުވެރިވެދާފަދަ ފެނުގެ ބާވަތެއް ނަރުދަމާގެ ނިޒާމުގެ ތެރެއަށް ދޫކުރަންވާނީ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެމަތިންނެވެ.

(ދ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް މި މާއްދާގެ (މ) އާއި (ފ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކުރުމަކީ މަނާކަމެކެވެ.

(ތ) މި މާއްދާގެ ދަށުން ހިދުމަތްދޭ ފަރާތުން އަަމަލުކުރުމަށް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިދުމަތްދޭ ފަރާތުން ހިލާފުވެއްޖެނަމަ، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތާމެދު ފިޔަވަޅު އެޅިދާނެއެވެ.

 

33 ވަނަ މާއްދާ - ނިކަމެތިންނަށް ހިދުމަތްދިނުން

(ހ) މި ގާނޫނުގެ ދަށުން ހިދުމަތްދޭ ފަރާތްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒުކުރުމުގައި، ހިދުމަތްދޭ ސަރަހައްދުގައި ދިރިއުޅޭ ނިކަމެތިންނަށް އަންނަނިވި ފިޔަވަޅުތައް އެޅުމުގައި ލުއި ގޮތްތަކެއް އިންތިޒާމުކުރަންވާނެއެވެ.

 

  1. ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމުގައި؛ އަދި
  2. ފެނާއި ނަރުދަމާގެ ހިދުމަތް ކަނޑާލުމުގައި.

(ށ) މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނިކަމެތިންގެ ދަފްތަރު އެކުލަވާލާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

 

34 ވަނަ މާއްދާ - އެއްބަސްވުމެއްގެ ދަށުން ހިދުމަތް ދިނުން 

(ހ) މި ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމަށް އެއްވެސް ފަރާތަކާ ހަވާލުކުރަންވާނީ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން ވެވޭ އެއްބަސްވުންތައް އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ވެވޭ އެއްބަސްވުމުގައި، މި ގާނޫނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި، ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކުން ކުރުމަށް ނުވަތަ ނުކުރުމަށް ލާޒިމްކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް އެކަންކަން ހިމަނަންވާނެއެވެ.

 

 
ހަތްވަނަ ބާބު

ރަޖިސްޓަރީކުރުމާއި ލައިސަންސްދިނުން
 

35 ވަނަ މާއްދާ - ރަޖިސްޓަރީކުރުން   

ފެނާއި ނަރުދަމާގެ ނިޒާމުތަކާއި، ދިވެހިރާއްޖޭގައި ގާއިމުކޮށް ހިންގާ މީރުފެން އުފައްދާ ޕްލާންޓްތައް ހިންގަންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީގައި ރަޖިސްޓަރީކޮށްގެންނެވެ.

 

36 ވަނަ މާއްދާ - އޮޕަރޭޓިންގ ލައިސަންސް ދިނުން

ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް ދޭންވާނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ލައިސަންސް ދިނުމާބެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އޮތޯރިޓީން އެކަމަށް ދޫކުރާ އޮޕަރޭޓިންގ ލައިސަންސް ހޯދުމަށްފަހުއެވެ. އޮތޯރިޓީން ދޫކުރާ ލައިސަންސްގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ލައިސަންސް ދޫކުރެވޭ މުއްދަތު؛

(ށ) ލައިސަންސް ދޫކުރެވޭ ބޭނުން؛

(ނ) ލައިސަންސްގެ ދަށުން ހިދުމަތްދެވޭނެ ސަރަހައްދު؛

(ރ) ލައިސަންސް ދޫކުރެވޭ ފަރާތް ނުވަތަ ތަން؛

(ބ) ލައިސަންސް ދޫކުރެވޭ ށަރުތުތައް؛ އަދި

(ޅ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު ކަންކަން.

 

37 ވަނަ މާއްދާ - އެކްސްކްލޫސިވް އޮޕަރޭޓިންގ ލައިސަންސް ދިނުން      

(ހ) އާންމު ބޭނުންތަކުގެ އެއްވެސް ހިދުމަތެއް ދިނުމަށްޓަކައި، އެކްސްކްލޫސިވް އޮޕަރޭޓިންގ ލައިސަންސެއް އެއްވެސް ފަރާތަކަށް ދިނުމަށް އޮތޯރިޓީއަށް ކަނޑައެޅޭނީ، އެކަމަކީ ގައުމީ މަސްލަހަތަށް ބޭނުންތެރިކަމެއް ކަމަށްވާނަމަ، ވަޒީރުންގެ މަޖިލީހުގެ މަށްވަރާގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ ހުއްދައެއް ލިޔުމުން ލިބިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިޔުމުން ލިބުމުން، އެއިރެއްގެ ހާލަތަށް ރިއާޔަތްކޮށް، އެކްސްކްލޫސިވް އޮޕަރޭޓިންގ ލައިސަންސްގެ ށަރުތުތަކަށް އުނިއިތުރު ގެނައުމުގެ ނުވަތަ އުވާލުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، އެކްސްކްލޫސިވް އޮޕަރޭޓިންގ ލައިސަންސް ދިނުމާބެހޭ އާންމު އުސޫލުތައް ކަނޑައަޅައި ބަޔާންކުރަންވާނެއެވެ.

 

38 ވަނަ މާއްދާ - ލައިސަންސްގެ ށަރުތުތައް

މި ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލައިސަންސް ދޫކުރުމުގައި، އަންނަނިވި ށަރުތުތައް ހިމެނެންވާނެއެވެ.

(ހ) އޮތޯރިޓީން ކަނޑައަޅާ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން ފެނާއި ނަރުދަމާގެ ނިޒާމު މެއިންޓެއިން ކުރުމާއި، ގޭގެއަށާއި، ވިޔަފާރިތަކަށާއި، މުއައްސަސާތަކަށާއި، އެނޫންވެސް ހިދުމަތް ބޭނުންވާ ފަރާތްތަކަށް ފެނާއި ނަރުދަމާ ގުޅައިދިނުމާއި، ފެނުގެ ނިޒާމު ބެލެހެއްޓުން؛

(ށ) މި ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ބިޒްނަސް ޕްލޭންއަށް ފުރިހަމައަށް އަަމަލުކުރުން؛

(ނ) އޮތޯރިޓީއަށް މި ގާނޫނުގެ ދަށުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގެ ގޮތުން އޮތޯރިޓީން އަންގާ އެންގުންތަކަށް ފުރިހަމައަށް ތަބާވުން؛

(ރ) އޮތޯރިޓީން އަންގާ ގޮތެއްގެމަތިން، ފެނާއި ނަރުދަމާގެ ހިދުމަތުގެ ރެކޯޑުތައް ބެލެހެއްޓުމާއި، ކޮންމެ މީލާދީ އަހަރެއް ނިމުމުން އެ ރެކޯޑުތަކުގެ މައްޗަށް ތައްޔާރުކުރާ ޕަރފޯމަންސް ރިޕޯޓެއް އޮތޯރިޓީއަށް ހުށަހެޅުން؛ އަދި

(ބ) އޮތޯރިޓީން ލައިސަންސް ދޫކުރުމާ ގުޅޭގޮތުން ކަނޑައަޅާ އިތުރު ށަރުތުތައް ފުރިހަމަ ކުރުން.

 

39 ވަނަ މާއްދާ - ލައިސަންސް ދިނުމުގެ އުސޫލު  

ފެނާއި ނަރުދަމާގެ ހިދުމަތްދިނުމަށް ލައިސަންސް ދިނުމުގައި އަަމަލުކުރަންވާނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި، ދެފުށް ފެންނަ ގޮތަށެވެ.

 

40 ވަނަ މާއްދާ - ލައިސަންސްގެ މުއްދަތު

މި ގާނޫނުގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ލައިސަންސް ދޫކުރެވޭ މުއްދަތަކީ ގިނަވެގެން 30 (ތިރީސް) އަހަރު ދުވަހެވެ. އަދި  އެ މުއްދަތުގެ ތެރޭގައި ލައިސަންސް ލިބޭ ފަރާތުން، ލައިސަންސްގެ ށަރުތުތަކާ އެއްގޮތަށް އަަމަލުކޮށްފައިވާކަން އޮތޯރިޓީއަށް ފެނިއްޖެނަމަ، ލައިސަންސްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

 

41 ވަނަ މާއްދާ - ލައިސަންސް ހޯދުމަށް އެދި ހުށަހެޅުން

(ހ) ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އެދޭ ފަރާތްތަކުން އަަމަލުކުރަންޖެހޭ އުސޫލުތައް އޮތޯރިޓީން އާންމުކުރަންވާނެއެވެ. އަދި، ލައިސަންސް ހޯދުމަށް އެދި ހުށަހަޅާއިރު، ތިރީގައި މިވާ މައަުލޫމާތުތައް އެ ހުށަހެޅުމުގައި ހިމަނަންވާނެއެވެ.

  1. ހުށަހަޅާ ފަރާތުގެ މާލީ އަދި ފަންނީ ގާބިލުކަން؛
  2. ބިޒްނަސް ޕްލޭން؛
  3. ފައިނޭންށަލް ޕްލޭން؛ އަދި
  4. ކުންފުންޏެއްނަމަ ކުންފުނީގެ ބޯޑު ރިޒޮލިޔުށަން އަދި ކައުންސިލެއްނަމަ ކައުންސިލުގެ ގަރާރު.

(ށ) ހިދުމަތަށް އެދި ހުށަހެޅި ފަރާތުން ހިދުމަތްދޭން ފެށުމަށްފަހު، އެފަރާތުން ހުށަހަޅާފައިވާ ބިޒްނަސް ޕްލޭން ތަންފީޒުކުރަމުންދާ ގޮތް އޮތޯރިޓީން ބަލަމުން ގެންދަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބިޒްނަސް ޕްލޭންގައި ހިމެނުމަށް، އޮތޯރިޓީން ކަނޑައަޅާ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

  1.  ފެނުގެ ހިދުމަތް ދިނުމަށް އެދި ހުށަހަޅާނަމަ، އުފައްދާ ފެނުގެ ފެންވަރު؛
  2. ފެނުގެ ހިދުމަތް ދިނުމަށް އެދި ހުށަހަޅާނަމަ، ފެނުގެ ޕްރެށަރ؛
  3. ފެނާއި ނަރުދަމާގެ ނިޒާމު ހިންގައި ބަލަހައްޓާނެ ގޮތް؛
  4. ގޯތި ގެދޮރާއި އާބާދީ އިތުރުވަމުންދާ ގޮތަށް ބަލައި ހިދުމަތް ފުޅާކުރުމަށް ރާވާފައިވާ ގޮތް؛
  5. ބޭނުންކުރާނެ މެޝިނަރީއާއި އާލާތްތައް؛
  6. ނަޖިސްފެން ޓްރީޓްކުރާނެ ގޮތް؛
  7. ހިދުމަތަށް ބިލުކުރުން ގެންދާނެ ގޮތް؛
  8. ހިދުމަތުގެ ފީއަށް ބަދަލުގެންނަން ހުށަހެޅުމުގައި ހިސާބުތައް ބަލާނެ ގޮތް؛ އަދި
  9. ފެނުގެ ހިދުމަތަށް މީޓަރު ބެހެއްޓުމާބެހޭ މައަުލޫމާތު.

 

42 ވަނަ މާއްދާ - ހިދުމަތުން އަގުނެގުން     

(ހ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމުގެ ހިދުމަތްތަކުގެ އެންމެ މަތީ އަގު ކަނޑައަޅާނީ މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީންނެވެ.

(ށ) ފެނާއި ނަރުދަމާގެ ނިޒާމެއް މެދުވެރިކޮށް ދެވޭ ހިދުމަތަކަށް އެއްވެސް ފައިސާއެއް ނަގަންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.

(ނ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އަގުގެ ބޭރުން، ފެނާއި ނަރުދަމާގެ ހިދުމަތަކަށް އެއްވެސް އަގެއް ނެގުމަކީ މަނާކަމެކެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތަށް ފީ ނެގޭނެ އެންމެ މަތީ އަގުތައް އާންމުކޮށް އިއަުލާންކުރަންވާނެއެވެ. އަދި މި އަގަށް އަންނަ ބަދަލުތައް ގަވާއިދުން އާންމުކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތުގެ އަގު މީހުން ދިރިއުޅޭ ރަށްރަށުގައި ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުގެ މަށްވަރާގެ މަތިންނެވެ.

(ޅ) ފެނާއި ނަރުދަމާގެ ހިދުމަތުގެ އަގަށް ބަދަލެއް ގެނައުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން އެކަން ހިދުމަތް ހޯދަމުންދާ ފަރާތްތަކަށް ލިޔުމަކުން އަންގަންވާނެއެވެ.

 

43 ވަނަ މާއްދާ - ޕަރފޯމަންސް ރިޕޯޓު ހުށަހެޅުން  

ކޮންމެ މީލާދީ އަހަރެއް ނިމުމުން އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެމަތިން ހިދުމަތްދޭ ފަރާތުން ޕަރފޯމަންސް ރިޕޯޓެއް ހަދައި، ޖެހިގެން އަންނަ މީލާދީ އަހަރުގެ މާރިޗު މަސް ނިމުމުގެ ކުރިން ކައުންސިލު އިދާރާއަށާއި މިނިސްޓްރީއަށާއި، އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. ޕަރފޯމަންސް ރިޕޯޓުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(ހ) ލައިސަންސްގެ ށަރުތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ހާސިލުވެފައިވާ މިންވަރު؛

(ށ) އަހަރުދުވަހުގެ ތެރޭގައި ހިދުމަތް ރަނގަޅުކުރުމަށް ކުރި މަސައްކަތްތައް؛ އަދި

(ނ) އޮތޯރިޓީން ރިޕޯޓުގައި ހިމެނުމަށް ކަނޑައަޅާ އެހެނިހެން މައަުލޫމާތު.

 

44 ވަނަ މާއްދާ - ށަކުވާ ހުށަހެޅުން    

(ހ) ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތަކުން މި ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް ދެމުންދާ ހިދުމަތަކާގުޅޭ ށަކުވާ އޮތޯރިޓީއަށް ހުށަހެޅުމުގެ ހައްގު އެ ހިދުމަތެއް ބޭނުންކުރާ ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން އޮތޯރިޓީއަށް ހުށަހެޅޭ ށަކުވާއާ ގުޅިގެން ހިދުމަތްދޭ ފަރާތަށް އެކަންކަން ރަނގަޅު ކުރުމަށް ފުރުސަތު ދޭންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް ކަންކަން ރަނގަޅުކުރުމަށް ދެވޭ ފުރުސަތުގައި އެކަމެއް ރަނގަޅު ނުކޮށްފިނަމަ، އެފަދަ ފަރާތްތަކާމެދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ފިޔަވަޅުއެޅުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

 
އަށްވަނަ ބާބު

ތަޙްގީގުކުރުމާއި ފިޔަވަޅުއެޅުން
 

 

45 ވަނަ މާއްދާ - ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތްތަކުން ލިޔެކިޔުންތައް ހޯދުން    

އެއްވެސް ފަރާތަކުން ހިންގާ ފެނާއި ނަރުދަމާގެ މަސައްކަތަކުން ބިމާއި ބިމުގެ ފެންފަށަލައާއި ފެނުގެ ވަސީލަތްތަކަށް އަސަރުފޯރާކަމަށް، ހުށަހެޅޭ ށަކުވާއަކާ ގުޅިގެން ނުވަތަ އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލަ ތަޙްގީގުކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެފަދައިން ހިންގާ ތަޙްގީގަކާ ގުޅިގެން އޮތޯރިޓީން އެދިއްޖެނަމަ، އެ ތަޙްގީގަކަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއި، މައަުލޫމާތު އެ މަސައްކަތް ހިންގާ ފަރާތަކުން ފޯރުކޮށްދޭންވާނެއެވެ.

 

46 ވަނަ މާއްދާ - ލިޔެކިޔުން އޮޅުވާލުން

(ހ) މި ގާނޫނުގެ ދަށުން އެއްވެސް ފަރާތަކަށް ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް އޮޅުވާލައިގެން ހުށަހެޅުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަަމަލަކީ ޖިނާއީ ކުށެއް އެކުލެވޭ އަަމަލެއްނަމަ، އެކަން ތަޙްގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންވާނެއެވެ.

 

47 ވަނަ މާއްދާ - ތަޙްގީގަށް މީހުން ހާޒިރުކުރުމާއި ތަޙްގީގުކުރުމުގެ ބާރު

މި ގާނޫނު ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އޮތޯރިޓީން ބަލަމުންދާ މައްސަލައެއްގައި ހާޒިރުކޮށް ސުވާލުކުރަން ޖެހިއްޖެ ކޮންމެ ފަރާތެއް ހާޒިރުކޮށް ސުވާލުކުރުމާއި އެފަރާތެއްގެ ބަޔާން ނެގުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

48 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ބާރު 

މި ގާނޫނު ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއް ތަންފީޒުކުރުމުގެ ބޭނުމަށްޓަކައި، އޮތޯރިޓީން ހުއްދަ ލިބިގެން ނުވަތަ ރަޖިސްޓަރީކޮށްގެން ދެވޭ ހިދުމަތެއް ނުވަތަ ކުރެވޭ ވިޔަފާރިއެއް ހިންގާ ތަންތަން ބަލައި ފާސްކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި، އެފަދަ ތަންތަނަށް ވަދެ، ބަލައި ފާސްކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. އަދި އެތަންތަނަށް ވަދެ ތިރީގައިވާ ކަންކަން ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) ފޮޓޯނެގުމާއި، ވީޑިއޯކޮށް ރެކޯޑުކުރުން؛

(ށ) ލިޔެކިޔުން ބަލައި، ބޭނުންވާ ލިޔެކިޔުން ނަކަލުކޮށް އޮތޯރިޓީއަށް ގެނައުން؛

(ނ) ފެން ނުވަތަ ތަކެތި ތަޙްލީލުކޮށް ފެނުގެ ނުވަތަ އެތަކެތީގެ ސާމްޕަލްނެގުން.

 

49 ވަނަ މާއްދާ - ބަލައި ފާސްކުރުމުގެ ކޯޓު އަމުރު ހޯދުން    

(ހ) މި ގާނޫނުގެ 48 ވަނަ މާއްދާގައި އެހެން އޮތްނަމަވެސް، ބަލައި ފާސްކުރުމަށް ތަނަކަށް ވަނުމަށް، އެތަނެއްގެ ވެރިފަރާތުން ނުވަތަ އެތަން ހިންގާފަރާތުން ހުއްދަ ނުދީފިނަމަ ނުވަތަ ރުހުން ނުދީފިނަމަ، އޮތޯރިޓީން މި ގާނޫނުގެ ދަށުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް އެތަނަކަށް ވަންނަންވާނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ އަމުރެއް ނެރެދިނުމަށް ކަމާބެހޭ ކޯޓަކަށް ހުށަހެޅިއްޖެނަމަ، އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައި ކޯޓުން އެފަދަ އަމުރެއް ނެރެދެވިދާނެއެވެ.

  1. ބަލައި ފާސްކުރަން ބޭނުންވާ ތަނަކަށް ވަނުމަކީ، އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބަލާއިރު، ބޭނުންތެރި ކަމެއްކަމަށާއި އެތަނަށް ވަދެވޭގޮތްވުން ބޭނުންތެރިކަމަށް ގަބޫލުކުރެވުން؛
  2. އެތަނަށް ވަދެ ޓެސްޓުތައްކޮށް، ތަޙްލީލުކޮށް، ބަލަންޖެހޭ ބެލުންތައް ބަލައި، ފޮޓޯނަގައި، ވީޑިއޯކުރުން ނުވަތަ ހޯދަންޖެހޭ ހޯދުންތައް ހޯދަންޖެހޭކަމަށް ގަބޫލުކުރެވުން؛
  3. އެތަނުން ފެންނަ އެއްޗެހީގެ ތެރެއިން ބައެއް އެއްޗެހީގެ ސާމްޕަލް ނެގުން ބޭނުންތެރިކަމަށް ގަބޫލުކުރެވުން.
  4. މި މާއްދާގެ ދަށުން ދޫކުރާ ކޯޓު އަމުރެއްގައި، އެ އަމުރު ދެމިއޮންނާނެ މުއްދަތު ބަޔާންކުރަންވާނެއެވެ.

 

50 ވަނަ މާއްދާ - އިދާރީ ފިޔަވަޅުއެޅުން

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމުގައި، އެއްވެސް ފަރާތަކުން މި ގާނޫނާއި ނުވަތަ ގަވާއިދަކާ ހިލާފުވެއްޖެނަމަ، އެ ކުރި އަަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އިދާރީ ފިޔަވަޅުއެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. މި ގާނޫނުގެ ބޭނުމަށްޓަކައި އިދާރީ ފިޔަވަޅުކަމަށް ބަލާނީ ތިރީގައިވާ ކަންކަމެވެ.

  1. ޖޫރިމަނާކުރުން؛
  2. އެފަރާތަކަށް ދޫކޮށްފައިވާ އޮޕަރޭޓިންގ ލައިސަންސް ނުވަތަ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުން؛
  3. އެފަރާތަކަށް ދޫކޮށްފައިވާ އޮޕަރޭޓިންގ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުން؛
  4. ޖޫރިމަނާކުރުމާއެކު، އެފަރާތަކަށް ދޫކޮށްފައިވާ އޮޕަރޭޓިންގ ލައިސަންސް ނުވަތަ ހުއްދަ ވަކި މުއްދަތަކަށް ހިފެހެއްޓުން؛
  5. ޖޫރިމަނާކުރުމާއެކު، އެފަރާތަކަށް ދޫކޮށްފައިވާ އޮޕަރޭޓިންގ ލައިސަންސް ނުވަތަ ހުއްދަ ބާތިލުކުރުން.

 

51 ވަނަ މާއްދާ - ޖިނާއީ ދައަުވާކުރުން    

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމުގައި، އެއްވެސް ފަރާތަކުން މި ގާނޫނާއި ނުވަތަ ގަވާއިދަކާ ހިލާފަށްކުރާ އަަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ، އެކަން ތަޙްގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންވާނެއެވެ.

 

52 ވަނަ މާއްދާ - މައްސަލަ ނިމުނުގޮތުގެ މައަުލޫމާތު ހިއްސާކުރުން          

މި ގާނޫނުގެ ދަށުން މަދަނީ ދައަުވާކުރުމަށް ނުވަތަ ޖިނާއީ ދައަުވާކުރުމަށް ކަމާބެހޭ ފަރާތްތަކަށް އޮތޯރިޓީން ފޮނުވާ މައްސަލަތައް ނިމުނުގޮތް އެފަރާތްތަކުން އޮތޯރިޓީއަށް އަންގަންވާނެއެވެ.

 

53 ވަނަ މާއްދާ - ހިދުމަތް މެދު ކަނޑާނުލައި ހިދުމަތްދެވޭނެ ވަގުތީ އިންތިޒާމު ހަމަޖެއްސުން      

މި ގާނޫނުގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އޮޕަރޭޓިންގ ލައިސަންސް ނުވަތަ އެކްސްކްލޫސިވް އޮޕަރޭޓިންގ ލައިސަންސް ލިބިފައިވާ ފަރާތަކުން އެފަރާތަކަށް ލައިސަންސް ލިބިފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް ސަބަބަކާހުރެ ހިދުމަތް ދިނުމަށް ނުކުޅެދިއްޖެނަމަ ނުވަތަ އުޒުރުވެރިވެއްޖެނަމަ، ހިދުމަތް ފޯރުކޮށްދިނުމަށް އެހެން ފަރާތެއް ހަމަޖެހެންދެން، ހިދުމަތް ދެމުންގެންދިޔަ އަގަށް ބަދަލެއް ނުގެނެސް ހިދުމަތް ފޯރުކޮށްދިނުމަށް އެންގުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

54 ވަނަ މާއްދާ - ފިޔަވަޅުއެޅުން  

މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ދެވޭނީ މި މާއްދާގައި ކަނޑައަޅާފައިވާ އިދާރީ އަދަބުތަކެވެ.

(ހ) އޮތޯރިޓީއަށް ނުވަތަ މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީއާއި އޮތޯރިޓީން ކަނޑައަޅާ ފަރާތަކަށް މައަުލޫމާތެއް ފޯރުކޮށްދިނުމުގައި، ގަސްދުގައި އޮޅުވާލައި ދޮގު މައަުލޫމާތެއް ފޯރުކޮށްދީފައިވާ ފަރާތެއް 50,000 (ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަަދަދަކުން ޖޫރިމަނާކުރުން؛

(ށ) މި ގާނޫނުގެ ދަށުން ހުއްދަ ނުހޯދައި ފެނާއި ނަރުދަމާ ގާއިމުކުރާ ފަރާތެއްގެ އަދަބަކީ 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަަދަދަކުން ޖޫރިމަނާކުރުން؛

(ނ) މި ގާނޫނުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ނުހޯދައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ އަދަބަކީ 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަަދަދަކުން ޖޫރިމަނާކުރުން؛

(ރ) އޮތޯރިޓީގެ ހުއްދަ ނެތި ލައިސަންސަށް ބަދަލެއް ގެނައުން ނުވަތަ ދޫކޮށްފައިވާ ލައިސަންސްގެ އިމުގެ ބޭރުން މަސައްކަތް ކުރާ ފަރާތެއްގެ އަދަބަކީ 500,000 (ފަސްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަަދަދަކުން ޖޫރިމަނާކުރުން؛

(ބ) ހިދުމަތްދޭ ފަރާތަށް އިސްލާހުކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅު ނުކޮށްފިނަމަ، އެ ފަރާތެއްގެ އަދަބަކީ 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަަދަދަކުން ޖޫރިމަނާކުރުން؛

(ޅ) ފެނާއި ނަރުދަމާ ނަހަމަ ގޮތެއްގައި ބޭނުންކޮށްފި ފަރާތެއްގެ އަދަބަކީ 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން އަަދަދަކުން ޖޫރިމަނާކުރުން؛

(ކ) ފެނާއި ނަރުދަމާގެ ހިދުމަތްދޭ ފަރާތުގެ ވަސީލަތްތަކަށާއި ހިދުމަތަށް ގަސްދުގައި ނުވަތަ އެނޫންގޮތަކަށްވިޔަސް ގެއްލުން ދިނުމާއި، ހިދުމަތް ދިނުމަށް ދަތިކުރުމުގެ ގޮތުން އެއްވެސް އަަމަލެއްކޮށްފި ފަރާތެއްގެ އަދަބަކީ 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑުނޫން އަަދަދަކުން ޖޫރިމަނާކުރުން؛

(އ) ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ހުއްދަދީފައިވާ ފަރާތުން ނުވަތަ އެފަރާތުގެ މުވައްޒަފަކު، ފެނާއި ނަރުދަމާއާ ގުޅޭ މަސައްކަތެއް ކުރުމަށް ވަންނަންޖެހޭ ތަނަކަށް ވަނުމާއި، ކުރަންޖެހޭ މަސައްކަތެއް ކުރުމާއި، އެފަރާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ އެއްޗެއް ގެނައުމާއި، ގެންދިޔުން ފަދަ ކަމެއް ކުރުމަށް ގަބޫލުކުރެވޭ ފަދަ ސަބަބެއް ނެތި ހުރަސްއަޅާ ފަރާތެއްގެ އަދަބަކީ  5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަަދަދަކުން ޖޫރިމަނާކުރުން؛

(ވ) މައަުލޫމާތު ހޯދުމަށް މިނިސްޓްރީން އެދުމުން، އެކަށީގެންވާ ސަބަބެއް ނެތި އެ މައަުލޫމާތެއް، މިނިސްޓްރީން މައަުލޫމާތު ހޯދުމަށް އެދޭ މުއްދަތުގައި ފޯރުކޮށްދީފައިނުވާނަމަ، އެފަދަ ފަރާތެއްގެ އަދަބަކީ 5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަަދަދަކުން ޖޫރިމަނާކުރުން؛

(މ) ފެން ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމަށް ހިދުމަތްދޭ ފަރާތްތަކަށް ދީފައިވާ ބިމާއި އިމާރާތްތަކުގެ ސަރަހައްދަށް ހިދުމަތްދޭ ފަރާތުގެ ހުއްދަނެތި ވަނުމާއި، އެފަދަ ތަނެއްގެ ބޭނުން ހިފާފަރާތެއްގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖޫރިމަނާކުރުން؛

(ފ) ފެން ބޭނުންކުރާ މިންވަރު އޮޅުވާލުމުގެ ބޭނުމުގައި ނުވަތަ އެނޫންވެސް މަގްސަދެއްގައި، ފެން ބޭނުންކުރާ މިންވަރު މިނުމަށް ހަރުކޮށްފައިވާ މީޓަރަށް ގަސްދުގައި ނުވަތަ އިހުމާލުން ވިޔަސް ބަދަލުގެނެސްފިނަމަ ނުވަތަ ބަދަލު ގެނައުމަށް މަގުފަހިކޮށްދީފި ފަރާތެއްގެ އަދަބަކީ 50,000 (ފަންސާސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖޫރިމަނާކުރުން؛ އަދި މި ކުށް ތަކުރާރުކޮށްފިނަމަ، މީޓަރަށް ބަދަލު ގެނެސްފައިވާކަން ސާބިތުވާ މުއްދަތަށް ބަލައި އެ މުއްދަތުގެ ތެރޭގައި ފާއިތުވި ކޮންމެ ދުވަހަކަށް 5,000 (ފަސްހާސް) ރުފިޔާއިން     އެ ފަރާތެއް ޖޫރިމަނާކުރުން؛

(ދ) ފެނުގެ ހިދުމަތްދޭ ފަރާތުން މީހުން ދިރިއުޅުމުގެ ބޭނުމަށް ދޫކުރާ ފެނާއި އިޖްތިމާއީ ކަންކަމަށް ދޫކުރާ ފެން ވިޔަފާރީގެ އުސޫލުން ބޭނުންކޮށްފިނަމަ، އެ ފަރާތެއްގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 25,000 (ފަންސަވީސްހާސް) ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖޫރިމަނާކުރުން؛

(ތ) ފެނުގެ ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމަށް ހިދުމަތްދޭ ފަރާތުން ހަރުކޮށްފައިވާ ވޭލްވެއް ނުވަތަ އުނގުރިއެއް ނުވަތަ މޭންހޯލެއް ހުޅުވުމާއި ލެއްޕުމާއި ނުވަތަ އެއިން އެއްޗަކަށް ބަދަލުގެނެސްފި ފަރާތެއްގެ އަދަބަކީ 1,000 (އެއްހާސް) ރުފިޔާއާއި 25,000 (ފަންސަވީސްހާސް) ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖޫރިމަނާކުރުން؛

(ލ) ހިދުމަތްދޭ ފަރާތުން ދޫކުރާ ފެނުގައި ހުންނަ ފެންވަރަށް އެއްވެސް ބަދަލެއް އަތުވެދާނެ އެއްވެސް ބާވަތެއްގެ އެއްޗެއް ފެނުގެ ނިޒާމުގެ ތެރެއަށް އެޅުމާއި، ނުވަތަ އެފަދަ އެއްޗެއް ނިޒާމުގެ ތެރެއަށް ވާސިލުވުމަށް މަގުފަހިވެދާނެ ކަމެއް ގަސްދުގައި ނުވަތަ އިހުމާލުން ވިޔަސް ކޮށްފި ފަރާތެއްގެ އަދަބަކީ 50,000 (ފަންސާސްހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖޫރިމަނާކުރުން؛

(ގ) ތަންފީޒީ އޮފިސަރަކު މި ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުމާއި، ހިދުމަތް ދިނުމަށް ދަތިކުރުމާއި، ހިދުމަތުގައި އުޅެނިކޮށް ހިދުމަތްދޭ މުވައްޒަފަކަށް ގަސްދުގައި ނުވަތަ އިހުމާލުން ވިޔަސް ޖިސްމާނީ ގެއްލުމެއް ދިނުމާއި، ގޯނާކުރުމާއި، މިނޫނަސް މަސައްކަތަށް އުނދަގޫކުރުމުގެ ގޮތުން އެއްވެސް ކަމެއްކޮށްފި ފަރާތެއްގެ އަދަބަކީ 5,000 (ފަސްހާސް) ރުފިޔާއާއި  25,000 (ފަންސަވީސްހާސް) ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖޫރިމަނާކުރުމާއި، އެ ކުރި އަަމަލުގައި ޖިނާއީ ކުށެއް އެކުލެވިގެންވާނަމަ އެކަން ތަޙްގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުން؛ އަދި

(ޏ) ފެން އުފެއްދުމަށް ރަށުގެ މީރު ފެންފަށަލައިން ނުވަތަ ގުދުރަތީ ކުޅިއަކުން ނުވަތަ ފެންގަނޑަކުން ފެން ބޭނުންކޮށްފިނަމަ، އެކަން ކުރި ފަރާތެއް 500,000 (ފަސްލައްކަ) ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖޫރިމަނާކުރުން.

 

 
ނުވަވަނަ ބާބު

އެހެނިހެން ކަންކަން
  

55 ވަނަ މާއްދާ - ފިޔަވަޅުއެޅޭ ފަރާތްތަކުގެ ހައްގު   

މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފުވެއްޖެކަމަށް އޮތޯރިޓީއަށް ފެނިގެން އޮތޯރިޓީން ފިޔަވަޅުއަޅާ ފަރާތްތަކުގެ ތެރެއިން، އޮތޯރިޓީން އެޅި ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލަ، 30 (ތިރީސް) ދުވަހުގެ ތެރޭގައި ކަމާބެހޭ ކޯޓަކަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

 

56 ވަނަ މާއްދާ - ސިއްރު ހިފެހެއްޓުން      

(ހ) މި ގާނޫނުގެ ދަށުން އެއްވެސް ފަރާތަކުން ނުވަތަ ކުންފުންޏަކުން ނުވަތަ ދައުލަތުގެ އިދާރާއަކުން ހޯދާ މައަުލޫމާތުގެ ތެރެއިން، މި މާއްދާގެ (ށ) ގައި ބަޔާންކުރާ މައަުލޫމާތު ފިޔަވައި އެހެން މައަުލޫމާތެއް ފޯރުކޮށްދެވޭނީ ހަމައެކަނި އެ މައަުލޫމާތެއް ލިބިގަތުން ގާނޫނީ ގޮތުން ހުއްދަކުރާ ފަރާތަކަށެވެ.

(ށ) އަންނަނިވި މައަުލޫމާތު ނުވަތަ އެ މައަުލޫމާތުގެ ބައެއް ނަމަވެސް މިނިސްޓަރު ނުވަތަ އޮތޯރިޓީން ނުވަތަ އޮތޯރިޓީގެ މުވައްޒަފަކު ހާމަކުރުމަކީ، މި މާއްދާގެ (ހ) އާ މިނިސްޓަރު ނުވަތަ އޮތޯރިޓީ ނުވަތަ އޮތޯރިޓީ އިދާރާގެ އެ މުވައްޒަފަކު ހިލާފުވި ކަމަކަށް ނުބެލެވޭނެއެވެ.

  1.  އޮތޯރިޓީން އާންމުކޮށް ލިބެން ހުންނަ މައަުލޫމާތު؛
  2. އެ މައަުލޫމާތެއް ހާމަކުރުމުގެ ހުއްދަ އެ މައަުލޫމާތުގެ ވެރިފަރާތުން ލިޔުމުން ދީފައިވާ މައަުލޫމާތު؛
  3. ކޯޓު އަމުރެއްގެ ދަށުން ހާމަކުރަންޖެހޭ މައަުލޫމާތެއް؛
  4. މަސައްކަތުގެ ދާއިރާގެ ތެރެއިން، އޮތޯރިޓީގެ އެއް މުވައްޒަފަކު އަނެއް މުވައްޒަފަކަށް ހާމަކުރާ މައަުލޫމާތު؛ އަދި
  5. އެހެން ގާނޫނެއްގެ ދަށުން ދައުލަތުގެ މުއައްސަސާއަކުން ބަލަމުންދާ މައްސަލައަކަށް ބޭނުންވެގެން ރަސްމީ ލިޔުމެއް މެދުވެރިކޮށް ހޯދުމަށް އެދޭ މައަުލޫމާތު.

 

57 ވަނަ މާއްދާ - ގާނޫނީ ހިމާޔަތް     

(ހ) މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދު ތަންފީޒުކުރުމުގައި މުވައްޒަފަކު އޭނާގެ ވާޖިބު އަދާކުރުމުގައި ލިބޭ ގެއްލުމަކަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅޭގޮތުން ކުރެވޭ ށަރީއަަތަކަށް އެ މުވައްޒަފަކު ފަރުދީގޮތުން ޒިންމާވާކަށް ނުޖެހޭނެއެވެ. އެފަދަ ހާލަތްތަކުގައި ޒިންމާ އުފުލަންޖެހޭނީ އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، މުވައްޒަފެއްގެ އިހުމާލުން ލިބުނު ގެއްލުމަކަށް ނުވަތަ އެ މުވައްޒަފަކު ކުރި ކުށެއްގެ ޒިންމާ އެ މުވައްޒަފަކު އުފުލަންޖެހޭނެއެވެ.

 

58 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދާނީ މިނިސްޓްރީންނެވެ.

(ށ) މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ގާނޫނަށް އަަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އާންމުކޮށް ށާއިއަުކުރަންވާނެއެވެ.

 

59 ވަނަ މާއްދާ - ގާނޫނަށް އަަމަލުކުރަން ފެށުން      

މި ގާނޫނަށް އަަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއަުކުރާ ދުވަހުން ފެށިގެންނެވެ.

 

60 ވަނަ މާއްދާ - މި ގާނޫނަށް އިސްކަންދިނުން   

ފެނާއި ނަރުދަމާއާ ގުޅޭގޮތުން އެހެން ގާނޫނުތަކާ މި ގާނޫނާ ފުށުއެރުމެއް އޮތްކަމަށް ބެލެވޭނަމަ، މި ގާނޫނަށް އަަމަލުކުރަން ފެށުމާއެކު އިސްކަންދޭނީ  މި ގާނޫނަށެވެ.

 

61 ވަނަ މާއްދާ - އުވާލެވޭ ގާނޫނު        

މި ގާނޫނަށް އަަމަލުކުރަން ފެށުމާއެކު، އާންމު ބޭނުންތަކުގެ ހިދުމަތާބެހޭ ގާނޫނު (ގާނޫނު ނަންބަރު 4/1996) ގައި ހިމެނޭ ފެނާއި ނަރުދަމާއާގުޅޭ އެންމެހައި ބައިތައް އުވުނީއެވެ.

 

62 ވަނަ މާއްދާ - މާނަކުރުން     

މި ގާނޫނުގައި އިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި އިބާރާތްތަކާއި ލަފުޒުތަކަށް ދީފައިވަނީ، އެ އިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށެވެ.

(ށ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.

(ނ) "މީރުފެން އުފައްދާ ޕްލާންޓް" ކަމަށް ބުނެފައި އެވަނީ، ލޮނުފެން ނުވަތަ ފެނުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ފެން އުފައްދާ ނުވަތަ ސާފުކޮށްދޭ ނިޒާމަށެވެ. މީރުފެން އުފައްދާ ނިޒާމުކަމަށް ބަލާނީ އެ ނިޒާމަށް ފެން ނަގާ ހިސާބުން ފެށިގެން ސާފު ފެން އުފެއްދުމާ ހަމައަށް އެކުލެވޭ އެންމެހައި ތަކެއްޗާއި ބައިތައް ހިމެނޭގޮތުންނެވެ.

(ރ) "ނަރުދަމާގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ގޭގޭގެ ފާހާނާތަކުން ބޭރުވާ ނަރުދަމާގެ ހޮޅިން ފެށިގެން، ނަޖިހާއި ނަޖިސްފެން އެއްކޮށް އެއްތަނަކަށް ގެންދިޔުމަށްޓަކައި ގާއިމުކުރެވިފައިވާ ނަރުދަމާގެ ވިއުގަޔާއި، އެ ވިއުގައިގައި ހިމެނޭ އެންމެހައި ބައިތަކެއް ހިމެނޭ ގޮތުންނެވެ.

(ބ) "ފެނުގެ ވަސީލަތްތައް" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ގޮތުން ދިވެހިރާއްޖޭގައި ހުރި ފެނުގެ ބާވަތްތަކަށެވެ.

(ޅ) "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން ތަންފީޒުކުރުމަށް ގާނޫނެއްގެ ދަށުން އުފައްދާ ''ޔުޓިލިޓީޒް ރެގިއުލޭޓަރީ އޮތޯރިޓީ'' އަށެވެ.

(ކ) "ސްޓްރެޓީޖިކް ޕްލޭން" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާއާ ގުޅޭގޮތުން އެކުލަވާލެވޭ ސްޓްރެޓީޖިކް ޕްލޭނަށެވެ.

(އ) "ހިދުމަތުގެ އަގު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ސިޓީތަކާއި ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތަކުން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންގެ އަތުން ނެގޭ އަގަށެވެ.

(ވ) "ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ވަކި ކަންކަން ށަރުތުކޮށް، އެ ށަރުތުތަކުގެ މަތިން ހިދުމަތް ދިނުމަށް ދެވޭ ހުއްދައަކަށެވެ.

(މ) "ފެނުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކަށާއި، ވިޔަފާރިތަކުގެ ބޭނުމަށާއި، އަދި ސިނާއީ ބޭނުންތަކަށް ފެން އުފައްދާ ފޯރުކޮށްދޭ ފެނުގެ ހިދުމަތަށެވެ.

(ފ) "ނަރުދަމާގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ތަންތަނުންނާއި އެނޫންވެސް ތަންތަނުން އުފެދޭ ނަޖިހާއި، ނަޖިސްފެނާއި، ތައައްޔަރުވެފައިވާ ދިޔާ އެއްޗެހި ހޮޅި ލައިންއެއްގެ ޒަރީއާއިން ނުވަތަ އެނޫންވެސް ގޮތަކަށް ޖަމާކޮށް، ޓްރީޓްކޮށް މެނޭޖްކުރުމުގެ ހިދުމަތަށެވެ.

(ދ) "ނަޖިހާއި ނަޖިސްފެން" ކަމަށް ބުނެފައި އެވަނީ، ފާހާނާތަކުންނާއި ބަދިގޭންނާއި އަތްދޮންނަ ތަށްޓާއި ދޮންނަމެޝިންފަދަ ތަކެތިން ބޭރުކުރާ ފެނަށެވެ.

(ތ) "ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ނަރުދަމާގެ ނިޒާމުން ބޭރުވާ ނަޖިހާއި ނަޖިސްފެން އެއްވެސް ތަނަކަށް ބޭރުކުރުމުން އެތަނުގެ ތިމާވެއްޓަށް ނުވަތަ ދިރުމަކަށް ގެއްލުން ނުވާ މިންވަރަކަށް ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމަށެވެ.

(ލ) "ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީ ނުވަތަ އޮތޯރިޓީއާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށެވެ.

(ގ) "މީރު ފެންފަށަލަ" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ގޮތުން ރަށުގެ ބިމުގެ އަޑީގައި އުފެދިފައިވާ ފެނަށެވެ؛ ބިމުގެ ފެންފަށަލައިގެ ސަރަހައްދުގެ ގޮތުގައި ބަލާނީ ބިމުގެ އަޑިން ފެން ހިލޭ ހިސާބުން ފެށިގެން، މޫދު ލޮނުގައި ލޮނުގެ މިންވަރު ނުވަތަ އިލެކްޓްރިކަލް ކޮންޑަކްޓިވިޓީ ހުންނަ މިންވަރަށް ވާސިލުވާ ހިސާބަށެވެ.

(ޏ) "ތައައްޔަރުކުރުން" ކަމަށް ބުނެފައި އެވަނީ، ހިދުމަތްދޭ ފަރާތުން ދޫކުރާ ފެނުގެ ފިޒިކަލް، ކެމިކަލް އަދި ބަޔޮލޮޖިކަލް ސިފަތަކަށް ބަދަލެއް ގެނެސް ފެން ގަޑުބަޑުކޮށް، އޭގެ ސަބަބުން އިންސާނުން ނުވަތަ ޖަނަވާރުން ނުވަތަ ގަސްގަހާގެހީގެ ދުޅަހެޔޮ ކަމަށް އެފެން ބޭނުންކުރުމުން ނުރަނގަޅު އަސަރެއް ކޮށްފާނެ ކޮންމެ ބާވަތެއްގެ ބަދަލަކަށެވެ.

(ސ) "ބޯފެން" ކަމަށް ބުނެފައި އެވަނީ، އިންސާނުން ބުއިމަށް އެކަށީގެންވާ ފެނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމަށް އޮތޯރިޓީން ކަނޑައަޅާ މިންގަނޑަށް ފެތޭ ފެނަށެވެ.

(ޑ) "ފެން އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ލޮނުފެން، ވާރޭފެން ނުވަތަ ބިމުގެ އަޑިން ފެން ނަގައިގެން ޓެކްނޮލޮޖީގެ އެހީގައި، ބުއިމަށާއި، އާންމު ބޭނުންތަކަށް ފެން އުފެއްދުމަށެވެ.

(ޒ) "ސިނާއީ ބޭނުން" ކަމަށް ބުނެފައި އެވަނީ، އިގްތިސާދީ ނަފާއެއް ހޯދުމަށް ކުރެވޭ ކޮންމެ މަސައްކަތަކަށެވެ.

(ޓ) "ހިދުމަތް ދިނުމުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ފެން ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމަށް އޮތޯރިޓީން ކަނޑައަޅާފައިވާ ސަރަހައްދުތަކަށެވެ.

(ޔ) "ކައުންސިލުގެ އިހްތިސާސް" ކަމަށް ބުނެފައި އެވަނީ،  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-07) ގެ ދަށުން އެ ރަށެއްގެ އިހްތިސާސް ކަމުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކަށެވެ.

(ޕ) "ޓްރީޓްކުރުން" ކަމަށް ބުނެފައި އެވަނީ، ފެނުގައި އެކުލެވޭ ރައްކާތެރި ނޫން މާއްދާތައް، ކަނޑައެޅޭ ވަކި ބޭނުމަކަށް ނުވަތަ ބޭނުންތަކަށް އެކަށީގެންވާ މިންވަރަށް ސާފުކުރުމަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގާނޫނު

ފެނާއި ނަރުދަމާގެ ގާނޫނު (ކޮންސޮލިޑޭޓެޑް ނަންބަރު 2020-08)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ނިޒާމުތައް ރަޖިސްޓަރީ ކުރުމާއި އެ ނިޒާމުތައް ބޭނުންކުރުމާއި ހިންގުމުގެ ލައިސަންސާއި ހުއްދަ ދޫކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023-105)
  2. މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ފެނާއި ނަރުދަމާގެ މަށްރޫއުތަކުގެ ދަށުން، ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-90)
  3. ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2021-23)
  4. ފެނުގެ ވަސީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-22)
  5. ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ނަގާނެ އެންމެ މަތީ އަގު ކަނޑައެޅުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-21)
  6. އިމާރާތް ކުރުމަށާއި ސިނާއީ އެހެނިހެން މަށްރޫއުތަކަށް ބިމުން ފެން ނަގައި، އެ ފެން ބޭރުކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2021-20)
  7. ފެނާއި ނަރުދަމާ ހިދުމަތަށް ސަބްސިޑީ ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-17)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު