-

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2013-12) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2020-02)

 

ގާނޫނު ނަންބަރު 2013-12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

60.  (ށ) މި މާއްދާގެ ދަށުން އުފައްދާ ކޮމިޓީ އެކުލެވިގެންވާނީ، އަންނަނިވި ދާއިރާތަކުން  އައްޔަންކުރެވޭ 10 (ދިހައެއް) މެންބަރުންގެ މައްޗަށެވެ.

  1. މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް؛
  2. އެޓަރނީ ޖެނެރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއް؛
  3. ކޮންޓްރޯލަރ ކަނޑައަޅާ މޯލްޑިވްސް އިމިގްރޭށަންގެ މުވައްޒަފެއް؛
  4. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާ އެ ސަރވިސްގެ މުވައްޒަފެއް؛
  5. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ އެ ސަރވިސްގެ
    އޮފިސަރެއް؛
  6. ލޭބަރ ރިލޭށަންސް އޮތޯރިޓީން ކަނޑައަޅާ އެ އޮތޯރިޓީގެ މުވައްޒަފެއް؛
  7. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް؛
  8. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް؛
  9. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯށަލް ސަރވިސަސްއިން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް؛
  10. މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާއަކުން އެ ޖަމްއިއްޔާގެ މެންބަރެއް.

 

2 ވަނަ މާއްދާ

ގާނޫނު ނަންބަރު 2013-12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، މި ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކޮމިޓީ އެކުލަވާލަންވާނެއެވެ. އަދި އެ ކޮމިޓީ އެކުލަވާލެވެންދެން، ގާނޫނު ނަންބަރު 12/2013 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އޮތް ކޮމިޓީ ދެމިއޮންނާނެއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2013-12)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2013-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު