-

ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު (ގާނޫނު ނަންބަރު 2015-09) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2018-06) 

 

ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު (ގާނޫނު ނަންބަރު 2015-09) (ޕަބްލިކް ސަރވިސް މީޑިޔާގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (ކ) އުނިކުރުން.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 2 ވަނަ މާއްދާގެ (އ) އުނިކުރުން.

 

3 ވަނަ މާއްދާ

ބުނެވިދިޔަ ގާނޫނުގެ 3 ވަނަ މައްދާގެ އަރިމަތީ ސުރުޚީ އަންނަނިވި ގޮތަށް އިސްލާހުކުރުޚާއެކު، އެ މާއްދާގެ (ހ) ގެގޮތުގައި އެ މާއްދާގައި މިހާރު އޮތް ބައިތައް ހަމަޖައްސައި، އެ މާއްދާގެ (ށ) އާއި (ނ) ގެ ގޮތުގައި އަންނަނިވި ބައި އިތުރުކުރުން. 

3. ޕަބްލިކް ސަރވިސް މީޑިއާ ގާއިމުވުމާއި، ރައުސްމާލު ކަނޑައެޅުން

(ށ) ޕަބްލިކް ސަރވިސް މީޑިއާގައި މިހިނދު ހުއްދަ ކުރެވިފައިވާ ރައުސްމާލަކީ -/10 (ދިހައެއް) ރުފިޔާގެ 300,000,000 (ތިންސަތޭކަ މިލިއަން) ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 300,000,000 (ތިން ބިލިއަން) ރުފިޔާއެވެ.

(ނ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް އަދި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ހުއްދަ ހޯދުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކުންފުނީގެ ހުއްދަދެވިފައިވާ ރައުސްމާލަށް ބަދަލުގެނެވިދާނެއެވެ.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. ޕަބްލިކް ސަރވިސް މީޑިއާ ހިންގުމާ ޑިރެކްޓަރުންގެ ބޯޑު ހަވާލުވުން

ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ  އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ޕަބްލިކް ސަރވިސް މީޑިއާ ހިންގާނެ ޑިރެކްޓަރުންގެ ބޯޑު ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިން އެކުލަވާލަންވާނެއެވެ. އަދި މި އެކުލަވާލެވޭ ބޯޑުގެ މެންބަރުންގެ ތެރެއިން ބޯޑުގެ ޗެއަރމަނާއި، ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށް ހަވާލުވާނެ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން މީހުން އަައްޔަންކޮށް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށަންވާނެއެވެ.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 12 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން. 

12. ވަގުތީގޮތުން ކުންފުނި ހިންގުން

ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ  އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އަައްޔަންކުރާ ޑިރެކްޓަރުންގެ ބޯޑުން، ޕަބްލިކް ސަރވިސް މީޑިއާ ހިންގުމާ ހަވާލުވަންދެން، ޕަބްލިކް ސަރވިސް މީޑިއާގެ ކަންކަން ވަގުތީގޮތުން ހިންގާނީ، ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަަމަލުކުރަން ފެށިއިރު ޕަބްލިކް ސަރވިސް މީޑިއާ ހިންގަމުން ގެންދިޔަ އިސް މެނޭޖްމަންޓުންނެވެ.

 

6 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ "ހަތަރުވަނަ ބައި: އޮނިގަނޑު" އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

ހަތަރުވަނަ ބައި: އޮނިގަނޑު

 

14 ޑިރެކްޓަރުންގެ ބޯޑު

(ހ) ޕަބްލިކް ސަރވިސް މީޑިއާ ހިންގާނީ، ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޑައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުން އަައްޔަންކުރާ ޑިރެކްޓަރުންގެ ބޯޑަކުންނެވެ.

(ށ) ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

 

15. މެންބަރުކަމުގެ ށަރުތު

ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ކިބައިގައި އަންނަނިވި ށަރުޠުތައް ފުރިހަމަވާންވާނެއެވެ.

(ހ) އަުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ށ) ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ މުވައްޒަފެއްގެ ގޮތުގައި ހުރި މީހެއްކަމުގައި ނުވުން.

(ނ) ގާނޫނުގައި ބަޔާންވެފައިވާ މަކަރާއި ހީލަތުގެ ކުށެއް، ނުވަތަ ކޮރަޕްށަނުގެ ކުށެއް، ނުވަތަ މާރާމާރީގެ ކުށެއް، ނުވަތަ ވައްކަމުގެ ކުށެއް ށަރީއަަތަށް ސާބިތުވެ، އެ ކުށުގެ އަދަބު ތަންފީޒުކޮށް ނިމުނުތާ 5 (ފަހެއް) އަހަރު ހަމަނުވާ، ނުވަތަ އެ ކުށުގެ އަދަބަށް މައަާފު ލިބުނުތާ 5 (ފަހެއް) އަހަރު ހަމަނުވާ މީހަކު ކަމުގައި ނުވުން.

 

16. ޑިރެކްޓަރުންގެ ބޯޑަށް މީހުން އައްޔަން ކުރުން

ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޑައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުން ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑަށް 5 (ފަހެއް) މެންބަރުން، އަައްޔަންކުރަންވާނެއެވެ.

 

17. މެންބަރުންގެ އިޤްރާރު

ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑަށް އަައްޔަންކުރާ ކޮންމެ މެންބަރަކުވެސް، ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ، ޖަދުވަލު 1 ގެ އިޤްރާރުގައި ސޮއިކުރަންވާނެއެވެ.

 

18. މެންބަރުކަމުގެ ދައުރެއްގެ މުއްދަތު

ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑަށް ކޮންމެ މެންބަރަކުވެސް އަައްޔަންކުރާނީ، އަައްޔަންކުރާ ތާރީހުން ފެށިގެން 4 (ހަތަރެއް) އަހަރުދުވަހުގެ ދައުރަކަށެވެ.

 

19. މެންބަރުކަމުގެ ދައުރެއްގެ  އެންމެ ދިގު މުއްދަތު

ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި އެކަކަށް އެންމެ ދިގު މުއްދަތަކަށް ހުރެވޭނީ، 4 (ހަތަރެއް) އަހަރުދުވަހުގެ 2 (ދޭއް) ދައުރުގެ މުއްދަތަށެވެ.

 

20. ޑިރެކްޓަރުންގެ ބޯޑުގެ ޒިންމާތައް

ޕަބްލިކް ސަރވިސް މީޑިއާ ހިންގާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި މަތިކުރެވިފައިވަނީ އަންނަނިވި ޒިންމާތަކެވެ.

(ހ) މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕަބްލިކް ސަރވިސް މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުން.

(ށ) ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށްޓަކައި، މެނޭޖިންގ ޑިރެކްޓަރު އެކުލަވާލާ މުވައްޒަފުންގެ އޮނިގަނޑާއި، މުސާރައިގެ އޮނިގަނޑު ފާސްކުރުމާއި، މުވައްޒަފުންގެ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑަށް މެނޭޖިންގ ޑިރެކްޓަރު ގެންނަން އެދޭ ބަދަލުތައް ގެނައުމުގެ ހުއްދަ ދިނުން،

(ނ) ދިވެހި ދައުލަތާއި، ދިވެހި ގައުމުގެ ސިޔާދަތާއި ކަރާމަތާއި އަމިއްލަ މިނިވަންކަން ނެގެހެއްޓުމާއި، ދިވެހި ދައުލަތުގެ ސިޔާސަތުތަކާއި އުސޫލުތަކާއި ނިންމުންތައް ރައްޔިތުންނަށް ބަޔާންކޮށްދީ، އެކަންކަން ތަންފީޒުކުރުމުގައި ދައުލަތުގެ މީޑިއާގެ ދައުރު އަދާކުރުމަށް ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖްމަންޓަށް ދޭންޖެހޭ އިރުށާދުތައް ދިނުން.

(ރ) ޕަބްލިކް ސަރވިސް މީޑިއާގެ މަޤްސަދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ކަންކަން ހިންގުމުގެ މަގުފަހިކޮށްދީ، ފުރުސަތު ތަނަވަސްކޮށްދިނުން.

 

21. ޑިރެކްޓަރުންގެ ބޯޑުން އަަމަލުކުރަންޖެހޭ އަާންމު އުސޫލު

ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުން، މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަންކަން ހިންގުމުގައި އަންނަނިވި އުސޫލުތަކަށް ތަބާވާންވާނެއެވެ.

(ހ) ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުންފުނި ހިންގުމުގައި، ޑިރެކްޓަރުންގެ ކޯޑާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރަމުން ގެންދަންވާނީ، އިސްލާމީ އުސޫލުތަކާއި، ރިވެތި އާދަކާދަތަކާއި، ދިވެހިންގެ ފަހުރުވެރި ތާރީޚާއި ސަގާފަތާއި މިނިވަންކަމުގެ މައްޗަށް ރައްކާތެރިވުމާއެކު، ދިވެހި މުޖްތަމައަުގައި ފިތުނަފަސާދައާއި ބައިބައިވުމާއި ހަމަނުޖެހުން އުފެއްދުމަށް ޖާގަ ދިނުމަކާނުލައި، މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު، ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން،

(ށ) އަމިއްލަ މަސްލަހަތު ކުރިއަށް ނެރުމަށާއި ތިންވަނަ ފަރާތެއްގެ މަސްލަހަތު ކުރިއަށް ނެރެދިނުމަށް، މަގާމުގެ ނުފޫޒު ނުވަތަ މަގާމުގެ ހައިސިއްޔަތު ބޭނުންނުކުރުން.

 

22. ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަައްޔަންކުރުމާއި ވަކިކުރުން

ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑަށް އަައްޔަންކުރާ 5 މެންބަރުންގެ ތެރެއިން، ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަައްޔަންކުރަންވާނެވެ. ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަައްޔަންކުރާނީ އަދި ވަކިކުރާނީ ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަލައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުންނެވެ.

 

23. ޗެއަރމަންގެ މަސްއޫލިއްޔަތު

(ހ) ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.

(ށ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ތަމްސީލުކުރަންޖެހޭ ހާހާލަތްތަކުގައި އެކަން ކުރާނެގޮތް ޑިރެކްޓަރުންގެ ބޯޑުގެ މަށްވަރާއާއެކު ކަނޑައެޅުން.

(ނ) ޑިރެކްޓަރުންގެ ބޯޑުގެ މަސައްކަތްތައް ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުން.

 

24. މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަައްޔަންކުރުމާއި ވަކިކުރުން

(ހ) ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށްޓަކައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ 5 (ފަހެއް) މެންބަރުންގެ ތެރެއިން މެނޭޖިންގ ޑިރެކްޓަރަކާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކު ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުން ކަނޑައަޅަންވާނެއެވެ.  

(ށ) މެނޭޖިންގ ޑިރެކްޓަރާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މީހުން އަައްޔަންކުރާނީ އަދި ވަކިކުރާނީ، ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޑައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުންނެވެ.

 

25. މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަސްއޫލިއްޔަތު

 (ހ) ދުވަހުން ދުވަހަށް ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

(ށ) ދިވެހި ދައުލަތާއި، ދިވެހި ގައުމުގެ ސިޔާދަތާއި ކަރާމަތާއި އަމިއްލަ މިނިވަންކަން ނެގެހެއްޓުމާއި، ދިވެހި ދައުލަތުން ކަނޑައަޅާ ސިޔާސަތުތަކާއި، އުސޫލުތަކާއި، ނިންމާ ނިންމުންތައް ރައްޔިތުންނަށް ބަޔާންކޮށްދީ، އެކަންކަން ތަންފީޒުކުރުމުގައި ދިވެހިރާއްޖޭގެ ގައުމީ މީޑިއާގެ ދައުރު އަދާކުރުމުގައި އިސްނެގުން.

 

26. މެނޭޖިންގ ޑިރެކްޓަރު ނުވަތަ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ނެތް ހާހާލަތު

އެއްވެސް ސަބަބަކާހުރެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހުސްވެއްޖެ ހިނދެއްގައި، ޕަބްލިކް ސަރވިސް މީޑިއާ ހިންގުމުގެ ކަންކަން އިސްވެ ބަލަހައްޓާނީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ  މެނޭޖިންގ ޑިރެކްޓަރުގެ މަގާމުންކުރެ އެއްވެސް މަގާމެއްގައި މީހަކު ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، ވަގުތީގޮތުން ކުންފުނި ހިންގާނެ އިސްމީހަކު ކަނޑައަޅާނީ ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުންނެވެ.

 

27. ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތައް

 (ހ) ޑިރެކްޓަރުންގެ ބޯޑުގެ މަދުވެގެން 4 ޖަލްސާ ކޮންމެ އަހަރަކު ބާއްވަން ވާނެއެވެ.

(ށ) ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާ ބާއްވާނެ ތާރީހު ކަނޑައަޅައި، އެޖެންޑާ ތަރުތީބުކޮށް، މެންބަރުންނަށް ނޯޓިސްދޭނީ، ޗެއަރމަންގެ ލަފާގެމަތިން މެނޭޖިންގ ޑިރެކްޓަރެވެ.

(ނ) ޑިރެކްޓަރުންގެ ބޯޑުގެ ކޮންމެ އަާންމު ޖަލްސާއެއްގެ ނޯޓިސް، އެ ޖަލްސާއެއް ބޭއްވުމުގެ 3 (ތިނެއް) ދުވަހުގެ ކުރިން މެންބަރުންނަށް ފޮނުވަންވާނެއެވެ.

(ރ) ޑިރެކްޓަރުންގެ ބޯޑުގެ ކުއްލި ޖަލްސާއެއް ބާއްވަންޖެހޭ ހާހާލަތްތަކާއި، އެ ޖަލްސާތަކަށް ނޯޓިސްދޭނެ އުސޫލު، މި ގާނޫނުގެ ދަށުން ހަދާ ޑިރެކްޓަރުންގެ ބޯޑުގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

28 ޖަލްސާތަކުގެ ރިޔާސަތު

.(ހ) ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ޗެއަރމަނެވެ.

(ށ) ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ބައިވެރިނުވާ ޖަލްސާއެއްނަމަ، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާނީ، ޖަލްސާއަށް ހާޒިރުވެތިބޭ މެންބަރުންނެވެ.

 

29. ކޯރަމާއި ވޯޓުދިނުން

(ހ) ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއްގެ ކޯރަމްހަމަވެ، ޖަލްސާއެއް ސައްޙަވާނީ މަދުވެގެން 3 (ތިނެއް) މެންބަރުން އެ ޖަލްސާއަށް ހާޒިރުވެ ތިބިނަމައެވެ.

(ށ) ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ ނިންމުންތަކެއްވެސް ނިންމަންވާނީ ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެ އަޣްލަބިއްޔަތުން، އެކަމަށް ނަގާ ވޯޓަކުންނެވެ.  

 

30. ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އުޖޫރަ

ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ މުސާރައާއި އަިނާޔަތްތައް އަންނަނިވި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅާނީ، ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުންނެވެ.

 (ހ) މެނޭޖިންގ ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަށް ކަނޑައެޅިފައިވާ މަހު މުސާރައެއް، ކޮންމެ މަހަކުވެސް ދޭންވާނެއެވެ.

 (ށ) ޖޯޑުގެ ޗެއަރމަނަށާއި، ބޯޑުގެ އެހެން މެންބަރުންނަށް ކަނޑައަޅާފައިވާ އަިނާޔަތެއް ދޭންވާނެއެވެ.

 

31. މަގާމުން އިސްތިއަުފާ ދިނުން

ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުގެ މުއްދަތު ހަމަވުމުގެކުރިން، އެ މަގާމުން އިސްތިއުފާދިނުމަށް މެންބަރަކު ބޭނުންވެއްޖެ ހިނދެއްގައި، އިސްތިއަުފާދިންކަމުގެ ސިޓީ ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ފޮނުވުމުން، ކުންފުނީގެ މެންބަރުކަމުގެ މަގާމުން ވަކިވާނެއެވެ.

 

32. މަގާމުން ވަކިކުރުން

ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިންވެސް އަންނަނިވި ހާހާލަތަކުންކުރެ ހާހާލަތެއްގައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު މަގާމުން ވަކިކުރުމުގެ އިހްތިޔާރު ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ލިބިގެންވެއެވެ.

(ހ) މަގުބޫލު އުޒުރެއްނެތި، ޑިރެކްޓަރުންގެ ބޯޑުގެ 5 (ފަހެއް) ޖަލްސާއަށް ވިދިވިދިގެން ހާޒިރުނުވުން.

(ށ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ ޒިންމާ އަދާކުރުމުގައި މެންބަރަކު އިހުމާލުވެއްޖެކަމަށް ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ފެނުން.

(ނ) ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ އަާންމު އަހްލާގާއި ސުލޫކުގައި އެފަދަ މަގާމެއްގައި ހުންނަ މީހެއްގެ ކިބައިގައި ހުރުން އެކަށީގެންނުވާ ކަންތައްތަކެއް ހުރިކަމަށް ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ފެނުން،

(ރ) ޕަބްލިކް ސަރވިސް މީޑިއާގެ މަސްއޫލިއްޔަތުތައް އަދާކުރުން ހަރުދަނާކުރުމަށްޓަކައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް ބަދަލު ގެންނަން ޖެހިއްޖެކަމަށް ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ފެނުން،

 

33. މަގާމުން ވަކިކުރުމުގެ އިޖްރާއަތު

ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކު މި ގާނޫނުގެ 32 ވަނަ މާއްދާއާ އެއްގޮތްވާ އިޖުރާއަތު ގޮތުގެމަތިން، މަގާމުން ވަކިކުރަން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށް ފެނިއްޖެ ހިނދެއްގައި އަންނަނިވި އިޖުރާއަތުތައް ފުރިހަމަކުރަންވާނެއެވެ.

(ހ) މި ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން މެންބަރަކު މަގާމުން ވަކިކުރާނަމަ، ސަބަބު ބަޔާންކޮށް، އެ މެންބަރަކަށާއި ޑިރެކްޓަރުންގެ ބޯޑަށް ފޮނުވާ ސިޓީއަކުން މަގާމުން ވަކިކުރުން.

(ށ) މި ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ނ) ނުވަތަ (ރ) ގެ ދަށުން މެންބަރަކު މަގާމުން ވަކިކުރާނަމަ، ސަބަބު ބަޔާންކޮށް އެ މެންބަރަކަށް ފޮނުވާ ސިޓީއަކުން މަގާމުން ވަކިކުރުން.

 

34. ހުސްވާ މަގާމަށް މެންބަރުން އަައްޔަންކުރުން

 (ހ) ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އަައްޔަންކުރާ ހާހާލަތުގައި ފިޔަވައި، މި ގާނޫނުގައި ބުނާ އެއްވެސް ސަބަބެއް ނުވަތަ ހާލަތެއް މެދުވެރިވެގެން، ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ ވަކި މެންބަރެއްގެ މަގާމު ހުސްވާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން މެންބަރަކު އަައްޔަންކުރަން ވާނެއެވެ.

(ށ) ގާނޫނު ނަންބަރު 9/2015  (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާ ހިންގުމަށް އަައްޔަންކުރާ ޑިރެކްޓަރުންގެ ބޯޑުގެ މަގާމުގެ މުއްދަތު ހަމަވުމުން އައި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އަައްޔަންކޮށް، ހުއްޓުމެއްނެތި ޕަބްލިކް ސަރވިސް މީޑިއާ ހިނގަމުންދާނެ އިންތިޒާމު ހަމަޖައްސަން ވާނެއެވެ.

 

35. ޕަބްލިކް ސަރވިސް މިޑިއާގެ ވެރިންނާއި މުވައްޒަފުން

 (ހ) ޕަބްލިކް ސަރވިސް މީޑިއާގެ ވެރިންނާއި މުވައްޒަފުންގެ އޮނިގަނޑު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އެކުލަވާލުމުން، އަދި އެ އޮނިގަނޑަށް ބަދަލެއް ގެންނަން ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި އެކަމަށް އެދި ހުށަހެޅުމުން، އެ ހުށަހެޅުން ފާސްވާނީ ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެ އަޣްލަބިއްޔަތުން، އެކަމަށް ނަގާ ވޯޓަކުންނެވެ.

 (ށ) ޕަބްލިކް ސަރވިސް މީޑިއާގެ ވެރިންނާއި މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ ވަޒީފާތަކަށް މުވައްޒަފުން ހަމަޖައްސާނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.

 

36. ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު އެކުލަވާލުމުގައި އަަމަލުކުރާނެ އުސޫލު

 (ހ) ޕަބްލިކް ސަރވިސް މީޑިއާގެ އަސާސީ ގަވާއިދުގައި، ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 3 ވަނަ މާއްދާގައި ބުނެފައިވާ ޙިއްސާއަކީ ގާނޫނު ނަންބަރު 10/1996  (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 30 ވަނަ މާއްދާގައި ބުނާ ކުންފުނީގެ ރައުސްމާލުކަމަށް ބަލަންވާނެއެވެ. އަދި ކުންފުނީގެ ހިންގާ ގަވާއިދު ޑިރެކްޓަރުންގެ ބޯޑުން އެކުލަވާލަންވާނީ، އަދި ބަދަލު ގެންނަމުން ގެންދަންވާނީ، މި ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ށ) ޕަބްލިކް ސަރވިސް މީޑިއާގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު އެކުލަވާލުމުގައިވެސް، އަދި އެ ދެ ގަވާއިދަށް ކޮންމެ ބަދަލެއް ގެންނައިރުވެސް ދިވެހި ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ވުޒާރާ ނުވަތަ އިދާރާގެ މަށްވަރާ ހޯދަންވާނެއެވެ.

 

37. އެހެން ވަޒީފާތަކާ  މަސައްކަތްތައް ކުރުމުގެ  އުސޫލު

 (ހ) މި ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ވަޒީފާއެއް ފިޔަވައި އެހެން ވަޒީފާއެއް ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް އަދާކުރެވިދާނެއެވެ. ނަމަވެސް މިގޮތުން އަދާކުރާ ވަޒީފާއެއްގެ ސަބަބުން، މި ގާނޫނުގައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަމުން ދިއުމަށް އެއްވެސް ހުރަހެއް އެޅިގެން

ނުވާނެއެވެ.

(ށ) މި ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސިޔާސަތުތަކާ ފުށުނާރާނެ ގޮތުގެމަތިން، މުޖްތަމައަަށް ފައިދާހުރި އަިލްމީ މަސައްކަތްތައް އެމީހެއްގެ އަިލްމާއި ގާބިލުކަން ހުރި މިންވަރަކުން ކުރަމުން ގެންދިއުމަކީ، ޕަބްލިކް ސަރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް މެންބަރަކަށް މަނާކަމެއް ނޫނެވެ.

 

7 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 54 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން

54. (ހ) ދައުލަތުގެ ބަޖެޓުގެ ތެރެއިން ޕަބްލިކް ސަރވިސް މީޑިއާއަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ކޮންމެ އަހަރަކުވެސް ދޭ ވަކި މިންވަރެއްގެ ފައިސާ.

 

8 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 56 ވަނަ މާއްދާގެ އަރިމަތީ ސުރުހީ "ދައުލަތުން ދޭންޖެހޭ ފައިސާ" "ސްޕޮންސަރ އަދި އިސްތިހާރުން ހޯދާ އާމްދަނީ" އަށް ބަދަލުކުރުން.

 

9  ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ ނުވަވަނަ ބައިގެ ފަހަތަށް އަންނަނިވި ގޮތަށް ބައެއް އިތުރުކުރުން.

 

ދިހަވަނަ ބައި: އާންމު ބައިތައް

63. ކުންފުނީގެ ހިންގުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތް

(ހ) މި ގާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުނީގެ މައްޗަށް، މި ގާނޫނާ ހިލާފު ނުވާނެ ގޮތުގެމަތިން، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ދަށުން ރަޖިސްޓްރަރ އޮފް ކޮމްޕެނީޒްގެ އިހްތިސާސް އަދި ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޑައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގެ ދަށުން ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑުގެ އިހްތިސާސް ބުނެވިދިޔަ ގާނޫނުތަކުގައިވާ ގޮތުގެމަތިން ހިނގާނެއެވެ.

(ށ) ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޑިރެކްޓަރުންގެ ބޯޑަކީ، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ބޭނުމަށްޓަކައި، އަދި ކަމާބެހޭ އެހެން ގާނޫނުތަކުގެ ބޭނުމަށްޓަކައި ޑިރެކްޓަރުންގެ ބޯޑުކަމުގައި ބެލެވޭނެއެވެ.

(ނ) ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އަައްޔަންކޮށްފައިވާ "މެނޭޖިންގ ޑިރެކްޓަރު" އަކީ ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ ބޭނުމަށްޓަކައި، އަދި ކަމާބެހޭ އެހެން ގާނޫނުތަކުގެ ބޭނުމަށްޓަކައި އަައްޔަންކުރެވޭ މެނޭޖިންގ ޑިރެކްޓަރެއްކަމުގައި ބެލެވޭނެއެވެ.

(ރ) ގާނޫނު ނަންބަރު 9/2015 (ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ވަކިވަކި ފަރުދުންނާއި ބޯޑަށް ދީފައިވާ ޒިންމާތަކުގެ އިތުރުން، މި ގާނޫނާ ޚިލާފު ނުވާނެ ގޮތުގެމަތިން، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގައި ލާޒިމުކުރާ އެންމެހައި ކަންކަން އެ ފަރުދުންގެ މައްޗަށް ހިނގާނެއެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގައި "ގަވަރނިންގ ބޯޑު" ކަމަށް ބުނެފައިވާ ތަންތަން "ޑިރެކްޓަރުންގެ ބޯޑު" އަށް ބަދަލުކުރުން.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ، ޖަދުވަލު 1 އާއި ޖަދުވަލު 2 އުނިކޮށް، ޖަދުވަލު 3، ޖަދުވަލު 1 އަށް ބަދަލުކުރުން.

 

12 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ޙަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

13 ވަނަ މާއްދާ –  ބުނެވިދިޔަ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން މި ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

14 ވަނަ މާއްދާ – މި ގާނޫނަށް އަަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީޤްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއަުކުރާ ދުވަހުން ފެށިގެންނެވެ.

 


މައި ގާނޫނު

ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު (ގާނޫނު ނަންބަރު 2015-09)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2015-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު