-

 

އެންޓި-ޑިފެކްށަން ގާނޫނު

(ގާނޫނު ނަންބަރު 2018-02)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 7/2018 އިން އުވާލެވިފައި)

އެއްވަނަ ބާބު

ފެށުން

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއީ ދިވެހިރައްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެފަދަ މެންބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ގެއްލި ޙާލަތްތަކުގައި ބައި-އިލެކްށަން ބޭއްވުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔަނީ، "އެންޓި-ޑިފެކް ށަން ގާނޫނު" އެވެ.

ގާނޫނުގެ މަގުސަދުތައް

2 ވަނަ މާއްދާ - އެންޓި-ޑިފެކްށަން ގާނޫނުގެ މަގުސަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި މި ބާރުތައް ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބައިންކަމަށްޘާއިރު، މިނިވަންކަމައެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމަށް އިންތިހާބުކުރާ މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީކުރުވުން.

(ށ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިންތިހާބުކުރާ ދައުރުގެ ތެރޭގައި އެ އިންތިހާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުންގެ މަޖިލީހަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްކަމަށް ހެދުން.

(ނ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލި ޙާލަތްތަކުގައި ގޮނޑި ހުސްވި ދާއިރާއެއްގެ ބައި-އިލެކްށަން ބޭއްވުމުގެ ބާރު ކޮމިށަނަށް ލިބިދިނުމާއެކު، ބައި-އިލެކްށަން ބޭއްވުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ބަޔާންކުރުން.

 (ރ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ މެންބަރުންނަށް ބައި-އިލެކްށަންގައި ބައިވެރިވުމުގެ ޙައްގު ލިބިދިނުން.

 

ދެވަނަ ބާބު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވާނެ ޙާލަތްތައް

 

3 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ޙާލަތްތައް

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރަކަށް އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ. އަދި މީލާދީން 13 ޖުލައި 2017 ވަނަ ދުވަހުން ފެށިގެން މި މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެކަން ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ އެންމެހައި މެންބަރުންގެ މައްޗަށްވެސް މި މައްސަގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނެއެވެ.

(ހ) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުން.

(ށ) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުން.

(ނ) ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރަކަށްވުން.

(ރ) ވަކި ޕާޓީއަކަށް ނިސްބަތްނުވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ޘާދަކޮށްގެން މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވި މެންބަރަކު، އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށްފަހު، އެ މެންބަރަކަށް އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުން.

  1. ޕާޓީގެ މެންބަރުކަމުން ވަކިކުރުން.
  2. ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުން.
  3. އެހެން ޕާޓީއެއްގެ މެންބަރަކަށްވުން.

 

ތިންވަނަ ބާބު

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްނުވާނެ ޙާލަތްތައް

 

4 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ނުގެއްލޭނެ ޙާލަތްތައް

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރަކަށް އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް އެކަނި މެދުވެރިވުމަކުން، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިނުވާނެއެވެ. ނަމަވެސް، އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެގެން، މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ކޮމިށަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ. (ހ) ވަކި ޕާޓީއަކަށް ނިސްބަތްނުވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވާދަކޮށްގެން މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވި މެންބަރަކު، އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން. (ށ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ވިޕްލައިނާ ހާލާފުވުން.

(ނ) ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން އެ މެންބަރަކާމެދު ސުލޫކީ ފިޔަވަޅު އެޅުން

ހަތަރުވަނަ ބާބު

އެހެނިހެން ކަންކަން

5 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

އުކާލެވޭ މާއްދާތައް

 

6 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 17 ވަނަ މާއްދާގެ (ބ) އުވުނީއެވެ.

 

7 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކޮމިށަން" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 167 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިލެކްށަންސް ކޮމިށަނަށެވެ.

(ށ) "ސިޔާސީ ޕާޓީ" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ސިޔާސީ ޕާޓީ ނުވަތަ ޕާޓީތަކަށެވެ.

 

އުވި ގާނޫނު

ގާނޫނު ނަންބަރު 2018-02 (އެންޓި-ޑިފެކްށަން ގާނޫނު) އުވާލުމުގެ ގާނޫނު (ގާނޫނު ނަންބަރު 2018-07)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު