-

ރިޔާސީ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2008-12) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2018-05)

 

ގާނޫނު ނަންބަރު 2008-12 (ރިޔާސީއިންތިހާބުގެ ގާނޫނު) އަށް އަންނަނިވ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

9 (ށ) – ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީ ގެ އަދަދަކީ 100،000.00 (އެއްލައްކަ) ރުފިޔާއެވެ.

 

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ރިޔާސީ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 2008-12)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ރިޔާސީ އިންތިހާބުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2008-12)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު