-

ގާނޫނު ނަންބަރު 2015-15 (އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު) އުވާލުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2018-08)

 

1 ވަނަ މާއްދާ – ގާނޫނު ނަންބަރު 2015-15 (އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު) އުވާލުން.

 

2 ވަނަ މާއްދާ

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު  ނަންބަރު 2008-06 (އާންމު ގަވާއިދުތަކާބެހޭ ގާނޫނު) ގެ 2 ވަނަ ޖަދުވަލުގެ 10 ވަނަ ނުކުތާއަށް "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު "އަލުން ހިމަނައި، އެ ގަވާއިދުގެ ބެލެނިވެރި ގާނޫނުގެ ކަމުގައި ގާނޫނު ނަންބަރު 2008-06 (އާންމު ގަވާއިދުތަކާބެހޭ ގާނޫނު) ހަމަޖެހިގެން ދިޔުން.

 

3 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

އުވުނު ގާނޫނު

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު (ގާނޫނު ނަންބަރު 2016-15)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު