-

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރުު 1999-02) އަށް 9 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2018-13)

 

ގާނޫނު ނަންބަރު 1999-02 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުމުގެ ގާނޫނު

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

15. ރަށްރަށާއި ނުވަތަ ބިންބިމާއި ނުވަތަ ފަޅުފަޅަށް ދާއިމީ ބަދަލެއް އަންނަ ކަންކަން ކުރުން

(ހ) ޓޫރިސްޓް ރިސޯޓް ހެދުމަށް ޖޫކޮށްފައިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި އެނަތެއްގެ ތިމާވެށްޓަށް ދާއިމީ ބަދަލެއް އަންނާނެފަދަ މަސައްކަތެއް ކުރަންވާނީ، ތިމާވެށްޓާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރާ ސަރުކާރުގެ ވުޒާރާގެ ހުއްދަ ހޯދުމަށްފަހު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް އެ ލިޔުން ހުށަހަޅައި، އެ މިނިސްޓްރީން ހުއްދަ ހޯދުމަށްފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެތަނެއްގެ ތިމާވެށްޓަށް ދާއިމީ ބަދަލެއް އަންނާނެފަދަ ކަމެއް ކުރުމުގެ ހުއްދަ ދޫކުރަންވާނީ، ތިމާވެށްޓާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރާ ސަރުކާރުގެ ވުޒާރާއިން އެކުލަވާލާފައިވާ ތިމާވެށްޓަށް އަސަރުފޯރާ މިންވަރަށް ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

2 ވަނަ މާއްދާ -  މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1999-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1999-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު