-

ގައުމީބަހަށް އިސްކަންދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-09) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު 

(ގާނޫނު ނަންބަރު 2018-15)

 

ގާނޫނު ނަންބަރު 2011-09 (ދިވެހިރާއްޖޭގެ ގައުމީބަހަށް އިސްކަންދިނުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 22 ވަނަ މާއްދާގެ (ބ) އަންނަނިވި އިސްލާހުކުރުން.

22 (ބ) "ވަޒީރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ބަހާއި، ތަރިކައާއި، ސަގާފަތާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

 

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2011-09)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2011-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު