-

ގާނޫނު ނަންބަރ 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) އަށް 14 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2017-05)

 

ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓްގެ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޗެޕްޓަރުތަކުގެ ތެރެއިން ޗެޕްޓަރ 27 އަންނަނިވި ގޮތަށް އިސްލާހުކުރުން. 

 

ޗެޕްޓަރ ނަންބަރ

މުދަލުގެ ގިންތިތައް

ޑިއުޓީގެ މިންވަރު

ޗެޕްޓަރ 27

ބިމުންނަގާ ހަކައިތައިގެ ބާވަތްތަކާއި، ބިމުންނަގާ ތެލާއި، އަދި އެފަދަ އެއްޗެހި ސާފުކޮށްގެން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް؛ ތާރުގެ ބާވްތަކާއި، ބިމުންނަގާ ތަކެތިން އުފައްދާ އުށް   

 

 
 

(ހ)  މި ޗެޕްޓަރުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި މި ޗެޕްޓަރުގައި ހިމެނޭ އެހެނިހެން ތަކެތި

 

0%
        (ށ) ތެލުގެ ބާވަތްތަކުން 5%

 

 2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގާނޫނު

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 1979-31)

ކިޔުންތެރިންގެ ހިޔާލު