-

ސިޔާސީ ޕާޓީގެ ގާނޫނު (ގާނޫނު ނަންބަރު 2013-04) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-28)

 

ޤާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ ފަހަތަށް 10 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި މާއްދާ އިތުރުކުރުން.

10. ސިޔާސީ ޕާޓީ އެއްގެ ޕްރައިމަރީ ގައި ވާދަކޮށްފައިވާ ކެންޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިހާބުތަކުގައި ވާދަ ނުކުރުން

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްކަމުގައިވީ ނަމަވެސް، ސިޔާސީ ޕާޓީ އެއްގައި ރަޖިސްޓަރީ ކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީ ގެ ޓިކެޓް ހޯދުމަށް އެ ޕާޓީ ގެ ޕްރައިމަރީ ގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އިންތިހާބެއްގައި ސިޔާސީ ޕާޓީ ގެ ޓިކެޓް ހޯދުމަށްޓަކައި ސިޔާސީ ޕާޓީ އެއްގެ ޕްރައިމަރީ ގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްށަންސް ކޮމިށަނަށް ހުށަހަޅައިފިނަމަ، އެ ކޮމިށަނުން އެ މީހެއްގެ ކެންޑިޑެސީ ބާތިލު ކުރަންވާނެއެވެ.

 

2 ވަނަ މާއްދާ – މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ މާއްދާއާ ގުޅިގެން، އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

3 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ސިޔާސީ ޕާޓީގެ ގާނޫނު (ގާނޫނު ނަންބަރު 2016-28)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2011-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު