-

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 1994-06) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-24)

ގާނޫނު ނަންބަރު 1994-06 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ ތިރީގައި ނަކަލުކޮށްފައިވާ (ށ) އުނިކުރުން

(ށ) ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަންކުރާ 1 (އެކެއް) މެންބަރު؛

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ނ) ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 1 (އެކެއް) މަންބަރު؛ އަދި

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(ރ) ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 3 (ތިނެއް) މަންބަރުން.

 

4 ވަނަ މާއްދާ

މި ގާނޫނުން އުނިކުރި ބުނެވިދިޔަ ގާނޫނުގެ މާއްދާއާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

5 ވަނަ މާއްދާ

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 1994-06)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1994-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު