-

ސިޔާސީ ޕާޓީގެ ގާނޫނު (ގާނޫނު ނަންބަރު 2013-04) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-19)

 

ގާނޫނު ނަންބަރު 2013-04 (ސިޔާސީ ޕާޓީގެ ގާނޫނު) އަށް އަންނަނިވ އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން

9 (ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވޭނީ، އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދި އެ ޕާޓީއެއްގެ އަސާސީ ގަވާއިދާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި އެމީހެއްގެ ނަމާއި، އެޑްރެހާއި، އައިޑެންޓިޓީ ކާޑުގެ ނަންބަރާއި، އުމުރާއި، އިނގިލީގެ ނިޝާނާއި، ސޮއި އަދި ސޮއިކުރި ތާރީހު އެނގެން އޮންނަގޮތަށް ހުށަހަޅާފައިވާނަމައެވެ. އަދި އެއާއެކު، އެމީހެއްގެ މުއްދަތު ހަމަނުވާ އައިޑެންޓިޓީ ކާޑުގެކޮޕީއެއް ހުށަހަޅާފައިވާންވާނެއެވެ.

(ބ) ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާފައިވާ ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެފައިވާ މީހަކާ ގުޅޭގޮތުން، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި ތަކެތި ހުށަހަޅާފައިނުވާ ފަރާތްތައް، ގާނޫނު ނަންބަރު ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަސް ތެރޭގައި މި މާއްދާގެ (ރ) އާ އެއްގޮތަށް މައުލޫމާތާއި ތަކެތި ހުށަހަޅައި އެކަންކަން ފުރިހަމަކުރަންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ މައުލޫމާތާއި ތަކެތި ހުށަހަޅާފައިނުވާނަމަ، އެފަދަ މީހެއް އެ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވާނެއެވެ. އަދި ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، މި ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ދޫކުރުމުގައި ރިއާޔަތްކުރަންވާނީ، މި މާއްދާގެ (ރ) އާއި މި އަކުރާ އެއްގޮތަށް އަމަލުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުތަކަށެވެ.

 

2 ވަނަ މާއްދާ

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގާނޫނު

ސިޔާސީ ޕާޓީގެ ގާނޫނު (ގާނޫނު ނަންބަރު 2013-04)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2011-10)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު