-

ސިވިލް ސަރވިސްގެ ގާނޫނު (ގާނޫނު ނަންބަރު 2007-05) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

 (ގާނޫނު ނަންބަރު 2016-14)

 

ގާނޫނު ނަންބަރު 2007-05 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 55 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

55. ޕަރމަނަންޓް ސެކްޓަރީގެ ޒިންމާތައް.

(ހ) ޕަރމަނަންޓް ސެކްޓަރީގެ ޒިންމާއަކީ، އޭނާގެ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓްރުގެ ދަށުން، މިނިސްޓަރުގެ ލަފައާއި އިރުށާދާ އެއްގޮތްވާ ދޮތުގެމަތިން އެ މިނިސްޓްރީއެއ ހިންގައި ބެލެހެއްޓުމާއި، އެ މިނިސްޓްރީއެއްގެ މަސައްވަތާ ގުޅޭގޮތުން މިނިސްޓަރަށް ، މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ލަފާދީ އެހީތެރިވެދިނުމުވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނާނުގެ 56 މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

56. ޕަރމަނަންޓް ސެކްރެޓަރީ އައްޔަންކުރުން.

(ހ) ޕާރމަނެންޓް ސެކްރެޓަރީގެ މަގާމަށް މީހުން އައްޔަންކުރާނީ، އެ މިނިސްޓަރީއެއް ހިންގުމާ ހަވާލުވެ ހުރި މިނިސްޓަރެއްގެ ލަފައާއެކު ސިވިލް ސަރވިސް ކޮމިށަނުންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގަެި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ސިވިލް ސަރވިސް ގެ ގާނޫނު (ގާނޫނު ނަންބަރު 2007-05)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ސިވިލް ސަރވިސް ގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2007-05)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު