-

ސިޓިޒެންށިޕް ގާނޫނު 

(ގާނޫނު ނަންބަރު 1969-04)

 

1 ވަނަ މާއްދާ

މިގާނޫނަށް ކިޔާނީ " ދިވެހިރާއްޖޭގެ ސިޓިޒެންށިޕް ގާނޫނު" އެވެ.

 

2 ވަނަ މާއްދާ

ދިވެހިރައްޔިތަކަށް ވާންއެދޭ ބޭރުމީހާ ތިރީގައި މިވާ ށަރުތުތައް ފުރިހަމަ ވެފައިވާނަމަ ދިވެހި ރައްޔެތަކަށްވުން އެދި އެކަން ލިޔުމަކުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ހުށަހެޅުމުގެ ހައްގު އެމީހަކަށް ލިބިގެންވެއެވެ.

(ހ) މުސްލިމަކު ކަމުގައިވުން

(ށ) އުމުރުން 21 އަހަރުވެ، ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން

(ނ) މެދުކެޑުމެއްނެތި ރާއްޖޭގައި 12 އަހަރު ވަންދެން އުޅެމުން އައިސްފައިވާ މީހަކު ކަމުގައިވުން. މިމުއްދަތުގެ ތެރޭގައި ރާއްޖޭން ބޭރަށް ފުރައިގެން ދިޔަނަމަވެސް، މިއިން އެއްވެސް ފަހަރަކު 6 މަސް ދުވަހަށްވުރެ ދިގު މުއްދަތެއް ރާއްޖޭން ބޭރުގައި ނުވުމާއެކު، ރާއްޖޭގައި ހުރި ދުވަސްތަކުގެ ޖުމްލަ 10 އަހަރަށްވުރެ ގިނަނަމަ މިށަރުތު ފުރިހަމަވީ ކަމަށް ބެލެވޭނެއެވެ.

(ރ) ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ މައުލޫމާތު އެނގިހުރި މީހަކު ކަމުގައިވުން

(ބ) ދިވެހިބަހުން ވާހަކަ ދައްކަން އެނގުމާއެކު، ދިވެހިރާއްޖޭގެ އަސާސީ ތައްލީމުގެ މުގައެްރަރުގައިވާ ފެންވަރަށް ތަކެތި ދަންނަ މީހެއްކަމުގައިވުން

(ޅ) ސިޔާސީ ކުށެއް، ނުވަތަ ށަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ގާނޫނާ ހިލާފަށް މަސްތުވާ ތަކެތި އުފެއްދުމާއި، ފެތުރުމާއި، އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން

(ކ) ރާއްޖެއަށް ބޭނޫންތެރި މީހަކު ކަމުގައިވުން

(އ) އެމީހެއްގެ އަސްލު ސިޓިޒެންށިޕް ދޫކޮށްލާނެ ކަމަށް އިގްރާރު ވުމާއެކު، އެ ސިޓިޒެންށިޕުން ތަނާޒުލް ވުމާމެދު އިއްތިރާޒެއް ނެތްކަމުގެ ރަސްމީ ލިޔުމެއް އެމީހެއްގެ ގައުމުގެ ސަރުކާރުން ހޯދައި، ހުށަހެޅުން

 

މަތީގައި ބުނެވުނު ށަރްތުތައް ފުރިހަމަ ވެފައިވާ މީހާ ދިވެހި ރައްޔިތަކަށްވާން އެދިއްޖެނަމަ އެފަދަ މީހަކު ދިވެހި ރައްޔިތަކަށް ހެދުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ވެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

--- ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ރައްޔިތުކަން ދޫކޮށްލުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2021-46)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު