-

ލޯނާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1976-21)

(މި ގާނޫނު ވަނީ ގާނޫނު ނަބަރު 2010-25 ގެ 50 ވަނަ މާއްދާއިން އުވިފައި)

 

ދިވެހިރާއްޖޭގައި ތަރައްގީ ކުރުމުގެ ގޮތުން އެކިއެކި ތަންތަން ހެދުމަށާއި، އެކިއެކި މަސައްކަތް ފެށްޓުމަށާއި، ކުރުމަށާއި، ހިންގުމަށާއި،އަދި މިނޫންވެސް މިފަދަ ކަންކަމަށް ތަކެތިން، ނުވަތަ ފައިސާއިން ބޭރުގެ އެކިއެކި ސަރުކާރުން، ބޭންކުން، ފަންޑުން ނުވަތަ އެހެންވެސް ލޯން ދޫކުރާ ފަރާތްތަކުން ލޯން ނެގުމުގެ އިހްތިޔާރު ލިބިގެންވަނީ، ރައީސުލްޖުމްހޫރިއްޔާއަށެވެ. މިފަދަ ލޯނެއް ނެގުމަށް ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރާ މީހަކީ، ރައީސުލްޖުމްހޫރިއްޔާގެ އަމުރު ލިޔުމަކުން ލިބިގެންވާ މީހެއް ކަމަށް ވާނެއެވެ. އަދި މިފަދަ ލިޔުމަކީ ކޮންމެ ކަމަކަށް، ކޮންމެ ފަހަރަަކަށް ވަކިން ކަނޑައެޅިފައި އޮންނަ ލިޔުމެއްކަމަށްވެސް ވާނެއެވެ. މިނޫން ގޮތެއްގައި އެއްވެސް ހާލެއްގައި ދިވެހި ދައުލަތުގައި އޭގެ މަސްއޫލިއްޔަތު އެޅޭ ގޮތެއްގައި އެއްވެސް ސަރުކާރަކުން، ބޭންކަކުން، ފަންޑަކުން، ނުވަތަ އެހެންވެސް ލޯން ދޫކުރާ އެއްވެސް ފަރާތަކުން ތަކެތިން ނުވަތަ ފައިސާއިން ލޯން ނެގުމަކީ މަނާ ކަމެކެވެ.

 

އުވި ގާނޫނު

މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރު 2006-03) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-25)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު