-

ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 28-1976)

 

ސަރުކާރުގައި ރަޖިސްޓަރީ ކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކޭނީ، ސަރުކާރަށް ނުވަތަ ސަރުކާރާބެހޭ ފަރާތަކަށް ދަރަނީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދައްކަންޖެހޭ ފައިސާއެއް އޮތްތޯ ކަމާބެހޭ ފަރާތްފަރާތުން ބެލުމަށްފަހުގައެވެ. އަދި އަމިއްލަ ފަރާތަކަށްވެސް ށަރީއަތަށް ސާބިތުވެފައިވާ ދަރަންޏެއް އޮތްތޯ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމަށް ފަހުގައެވެ. މިގޮތުން އެފަދަ ތަކެތި ވިއްކާފައި ލިބޭ ފައިސާއަކުން، ފުރަތަމަ ދައްކަން ޖެހޭނީ، މަތީގައިވާގޮތުން ދައްކަން ޖެހިފައިވާ ފަރާތްފަރާތަށް، އެފަރާތަކަށް ދައްކަން ޖެހިފައިވާ އަދަދެއްގެ ނިސްބަތުންނެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު