-

ހަވާލުވާންޖެހޭ މުދާ ނުވަތަ ފައިސާއަކާ ހަވާލު ނުުވުމުން އަމަލުކުރެވޭނެ ގޮތުގެ ގާނޫނު

(ގާނޫނު ނަންބަރު 1977-07)

(މި ގާނޫނުވަނީ ގާނޫނު ނަންބަރު 1998-03 އިން އުވާލެވިފައި)

1 ވަނަ މާއްދާ

އެކިއެކި ގަޒިއްޔާތަކާ ގުޅިގެން އެކި ފަރާތްފަރާތުން ދައްކާ ފައިސާ ލިބެންވާ ފަރާތުން ހަވާލުވުމަށް 7 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެފަރާތަކުން ފައިސާއާ ހަވާލު ނުވެއްޖެނަމަ، ބޭންކުގެ ޑިޕޮޒިޓް އެކައުންޓަކަށް ޖަމާކޮށްފައި ބެހެއްޓުން. މިގޮތުން ޖަމާކުރެވިއްޖެ ފައިސާއެއް ލިބެންވާ ފަރާތުން ބާނުންވެގެން ހުށަހެޅިއަސް ނެގޭނީ 1 އަހަރުގެ މުއްދަތަކަށް ފަހުގައެވެ. މިފަދަ ފައިސާއަށް ލިބޭ އިންޓަރެސްޓް މިނިސްޓްރީ އޮފް ޖަސްޓިހުން ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ދައްކާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަށެވެ. އިންޓަރެސްޓްގެ ގޮތުގައި ލިބިފައިވާ އެއްޗެއް ފައިސާ ލިބެންވާ ފަރާތަކަށް ދުލެއް ނުކުރެވޭނެއެވެ.

 

2 ވަނަ މާއްދާ

މިގޮތުން ހަވާލުވާންޖެހޭ ތަކެއްޗަކީ ރުއްގަސްފަދަ ތަކެތި ކަމުގައިވާނަމަ އެކަށީގެންވާ މުއްދަތެއްދީ އެ މުއްދަތުގައި ހަވާލު ނުވެއްޖެނަމަ، ލިބެންވާ ފަރާތުން އެއްޗިއްސާ ހަވާލު ވެއްޖައުމަށް ދާންދެން އެފަދަ ރުއްގަސް އެރަށެއްގެ ރަށުއޮފީހުން ބެލެހެއްޓުމާއެކު އެއިން ލިބޭ ތަކެތި ރަށުގެ އޮފީހަށް ލިބޭގޮތަށް ހަމަޖެއްސުން.

 

3 ވަނަ މާއްދާ

ހަވާލުވާންޖެހޭ އެއްޗަކީ މުދާ ނުވަތަ ތަކެތި ކަމުގައި ވާނަމަ، އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގެ ތެރޭގައި ހަވާލު ނުވެއްޖެނަމަ އެތަކެތި، ނުވަތަ އެމުދަލެއް ނީލަމުގައި ވިއްކާލުމަށްފަހު ލިބޭ ފައިސާއާމެދު 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އަމަލުކުރުން.

 

ނޯޓު

އެކަށީގެންވާ މުއްދަތެއް ކަމަށް ބެލޭނީ ރުއްގަސްފަދަ ތަކެތި ކަމުގައިވާނަމަ 1 މަސްދުވަހެވެ. މުދާ ނުވަތަ ތަކެތި ކަމުގައިވެފައި ރާއްޖޭގައި ހުރި މުދަލެއް ނުވަތަ ތަކެއްޗެއް ކަމުގައިވާނަމަވެސް 1 މަސްދުވަހެވެ. ރާއްޖޭން ބޭރުގައި ހުރި މުދަލެއް ނުވަތަ ތަކެއްޗެއް ނަމަ އެމުދަލެއް ނުވަތަ ތަކެއްޗެއް ރާއްޖޭން ގެނެވޭ ތާރީހަކުން ފެށިގެން 1 މަސް ދުވަހެވެ. ގޮސް ހަވާލުވާންޖެހޭ އެއްޗެއްނަމަ 3 މަސްދުވަހެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

އުވި ގާނޫނު

ހަވާލުވާންޖެހޭ މުދާ ނުވަތަ ފައިސާއަކާ ހަވާލު ނުވުމުން އަމަލުކުރެވޭނެ ގޮތުގެ ގާނޫނު (ގާނޫނު ނަންބަރު 1977-07) އުވާލުމުގެ ގާނޫނު (ގާނޫނު ނަންބަރު 1998-03)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު