-

ހޮޓާހޮޓަލާއި ކާބޯތަކެތި ވިއްކާ ތަންތަނާއި ވިއްކުމަށްޓަކައި ކާބޯތަކެތި ރައްކާކުރާ ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 27-1978)

 

ހޮޓާހޮޓަލާއި، އެނޫންވެސް ކާބޯތަކެތި ވިއްކާ ތަންތަނާއި އަދި އެތަންތާނގައި ވިއްކުމަށްޓަކައި އެފަދަ ތަކެތި ތައްޔާރުކުރާ ތަންތަން ހުންނާންވާނީ، މެއްސަށް ނުވަދެވޭގޮތަށް   ތައްޔާރު ކުރެވިފައެވެ. އަދި މިފަދަ ތަންތަނަށް ބޭރުން ގެނެސްގެން ވިއްކާ ތަކެއްޗަކީވެސް މެހި ނުވަންނަ ގޮތަށް ހެދިފައިވާ ތަންތާނގައި ހަދާފައިވާ ތަކެއްޗަށް ވާންވާނެއެވެ. ހަމަ މިފަދައިން ރޯމޭވާއާއި ތަރުކާރީ ވިއްކާ ތަންތަންވެސް ހުންނަންވާނީ، މެއްސަށް ނުވަދެވޭ ގޮތަށް ތައްޔާރު ކުރެވިފައެވެ. ނުކަނޑާ ހުންނަ ބަސްތާއާއި ދަޅުކާނާއާއި އަދި މިނޫންވެސް، މެއްސަށް ނުއިށީނދެވޭގޮތަށް ހުންނަ ތަކެއްޗާއި އާދައިގެ ގޮތެއްގައި، މެހި އިށީނދެ ނުއުޅޭކަހަލަ އެއްޗެއްސަށް މީގެ ތެރެއަކު ނުހިމެނެއެވެ.

 

އަދި މަތީގައި ބަޔާން ކުރެވިފައިވާ ފަދަ ތަންތަން ހުންނަންވާނީ، ސާފުކޮށްތާހިރުކޮންނެވެ. ހަމައެފަދައިން އެފަދަ ތަންތާނގައި  ތަކެތި ތައްޔާރު ކުރުމަށާއި، އެކިއެކި މަސައްކަތަށް ތިބޭ މީހުންވެސް ތިބެންވާނީ ސާފުކޮށް ތާހިރުކޮންނެވެ.

 

މިގާނޫނުގައި ބަޔާން ކުރެވިފަައިވާ ގޮތާ ހިލާފު ވެއްޖެ މީހަކު 50 ރުފިޔާ އިން ފެށިގެން 500 ރުފިޔާ އާ ދޭތެރޭގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެތަން ބަންދުކުރަން ފެނިއްޖެނަމަ، ބަންދު ކުރުމުގެ އިހްތިޔާރު ކަމާބެހޭ ފަރާތަށް ލިބިގެން ވެއެވެ.

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު