-

ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު

(ގާނޫނު ނަންބަރު 1978-47) 

1 ވަނަ މާއްދާ

ދިވެހިރާއްޖޭގައި ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި  ށާއިއުކޮށް ނެރެންވާނީ މިނިސްޓްރީ އޮފް އިންފޮމޭށަން، އާޓްސް އެންޑް ކަލްޗަރ ގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ. މިފަދަ ތަކެތީގެ މަސްއޫލުވެރިއަކީ އުމުރުން 25 އަހަރު ވެފައިވާ މީހެއްކަމުގައި ވާންވާނެއެވެ.

މީގެ ތެރޭގައި ސަރުކާރުގައި ރަޖިސްޓަރީ ކޮށްފައިވާ ޕްރައިވެޓް ސްކޫލްތަކާއި، ސަރުކާރުގެ ސްކޫލްތަކުގެ ދަރިވަރުން، އެދަރިވަރުންގެ ކިޔެވުމާ ބެހޭގޮތުން ށާއިއުކޮށް ނެރެ ސްކޫލްގެ ދާއިރާގެ ތެރޭގައި ގެންގުޅޭ މިފަދަ ތަކެއްޗަށް ނުހިމެނެއެވެ.

 

2 ވަނަ މާއްދާ

ނޫހެއް ނުވަތަ މަޖައްލާއެއްގައި، ށާއިއުކުރި މަޒުމޫނެއް ނުވަތަ ބަޔާނަކާ ގުޅޭގޮތުން އެވާހަކައެއް ށާއިއު ކުރުމުން އެއްވެސް ކަހަލަ ނޭދެވޭ ނަތީޖާއެއް ނުކުމެއްޖެނަމަ އެކަމުގެ ބޮޑު ކުޑަމިނުގެ ނިސްބަތުން އެމަޒުމޫނު ނުވަތަ ބަޔާން ލިޔުނު މީހަކު ކުށްވެރިވާނެއެވެ.

  

3 ވަނަ މާއްދާ

ނޫހެއް ނުވަތަ މަޖައްލާއެއްގައި، އެނޫސް ނުވަތަ މަޖައްލާގެ ފަރާތުން ށާއިއުކުރި މަޒުމޫނެއް ނުވަތަ ބަޔާނަކާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ޖެހިއްޖެނަަމަ އެކަމުގެ މަސްއޫލިއްޔަތު ބޮލުގައި އަޅަންޖެހޭނީ އެނޫސް ނުވަތަ މަޖައްލާއެއްގެ އެޑިޓަރެެވެ.

 

4 ވަނަ މާއްދާ

ނޫހެއް ނުވަތަ މަޖައްލާއެއްގައި ށާއިއުކުރި ހަބަރެއް އެއީ ދޮގު ކަމުގައިވެއްޖެނަމަ އެކަމުގެ ޒިންމާ އެހަބަރު ފޮނުވި ރިޕޯޓަރަކު އުފުލަން ޖެހޭނެއެވެ.

  

5 ވަނަ މާއްދާ

ރަޖިސްޓަރީ ކޮށްފައިވާ ނޫސް ނުވަތަ މަޖައްލާ ނުވަތަ މިފަދަ އެއްޗެހި ނެރުން ހުއްޓާލާނަމަ އެކަން 3 ދުވަހުގެ ތެރޭގައި މާލޭގައިނަމަ މިނިސްޓްރީ އޮފް އިންފޮމޭށަން، އާޓްސް އެންޑް ކަލްޗަރަށް، ރާއްޖެތެރޭގައިނަމަ އެއަތޮޅެއްގެ އަތޮޅު އޮފީހަށް އަންގަން ވާނެއެވެ.

 

6 ވަނަ މާއްދާ

ރަޖިސްޓަރީ ކޮށްފައިވާ ނޫހެއް ނުވަތަ މަޖައްލާއެއްގެ މަސްއޫލުވެރިއަކު ގާނޫނީ ގޮތުން ނުވަތަ ށަރްއީގޮތުން ބަންދެއްގައިވެސް 15 ދުވަސް ވެއްޖެނަމަ އެއެއްޗެއް އުވާލެވޭނެއެެވެ.

މިފަދަ ގޮތެއް ދިމާވެއްޖެނަމަ ކަމާބެހޭ ފަރާތަކުން އެކަން މިިނިސްޓްރީ އޮފް އިންފޮމޭށަން، އާޓްސް އެންޑް ކަލްޗަރަށް 3 ދުވަހުގެ ތެރޭ އަންގަން ވާނެއެވެ. މި އެންގުން ރާއްޖެތެރޭގައިނަމަ އަންގާނީ އެއަތޮޅެއްގެ އަތޮޅު އޮފީހަށެވެ.

  

7 ވަނަ މާއްދާ

ނޫހެއް ނުވަތަ މަޖައްލާފަދަ އެއްޗެހީގެ ފަރާތުން ސަޕްލިމެންޓް ނެރެންވާނީ އެނޫސް ނުވަތަ މަޖައްލާ ނުކުންނައިރު އެއާއެކުގައެވެ. ނުވަތަ އެއެއްޗެއްގެ ތެރޭ ހިމެނޭ ގޮތުގައެވެ. މިނޫން ގޮތެއްގައި ސަޕްލިމެންޓް ނެރުމަކީ މަނާ ކަމެކެވެ.

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

ނޫސްމަޖައްލާއާއި އަދި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު (3/2018)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު