-

އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާ ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1978-60)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 20/2019 ގެ 12 ވަނަ މާއްދާއިން އިން އުވާލެވިފައި)

1  ވަނަ މާއްދާ

މާލެއާއި ރާއްޖެތެރޭގެ ރަށްރަށުގައި އިމްޕޯޓްމުދާ ވިއްކަން ވާނީ އެމުދާ ވިއްކާތަނެއް މިނިސްޓްރީ އޮފް ޓްރޭޑް, އިންޑަސްޓްރީޒް އެންޑް ލޭބަރުގައި ރަޖިސްޓަރީ ކުރުވައި ހުއްދަ ހޯދައިގެންނެވެ. ހަމައެފަދައިން ސައިހޮޓަލާއި ކެންޓީންވެސް ހިންގަންވާނީ އެތަނެއް މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރުގައި ރަޖިސްޓަރީ ކުރުވައި ހުއްދަހޯދުމަށް ފަހުގައެވެ. އެކިއެކި މުނާސަބަތުގައި 7 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުޅުވާ ކެންޓީން މީގެތެރެއަކު ނުހިމެނެއެވެ.

 

2  ވަނަ މާއްދާ

ކާބޯތަކެތި ވިއްކާ ހޮޓާހޮޓަލުން ނާއި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރާ ތަންތަނުން، ރާއްޖޭގެ ރަށްރަށުގައި މީހުންއުޅޭ ނިސްބަތަށް ބަލައި ތިރީގައި މިވާ ގޮތުގެ މަތިން ސަރުކާރަށް ކުލިނެގޭނެއެވެ.

(ހ) 10،000 މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ކޮންމެ ތަނަކުން މަހަކު 200 ރުފިޔާ.

(ށ) 10،000 އަށްވުރެ މަދުމީހުން ދިރިއުޅޭ ރަށްރަށުގައި  ހުރި ކޮންމެތަނަކުން މަހަކު 50 ރުފިޔާ.

(ނ) މީހުން ދިރިއުޅޭ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައިހުރި މިފަދަ ކޮންމެ ތަނަކުން މަހަކު 200 ރުފިޔާ.

(ރ) ދަތުރުކުރާ އުޅަނދުތަކުގައި މިފަދަ އެއްޗެތި ވިއްކުމަށް ހުއްދަދެވިފައިވާ ކޮންމެ އުޅަދަކުން މަހަކު 200 ރުފިޔާ.

(ބ) މިމާއްދާގެ (ހ)، (ށ)، (ނ)، (ރ) ގައިވާ ކުލި ދައްކަންވާނީ، މިނިސްޓްރީ އޮފް ޓްރޭޑް، އިންޑަސްޓްރީޒް އެންޑް ލޭބަރުން ކަނޑައަޅާ ތަނަކަށެވެ.

(ޅ) މިގާނޫނުގައިވާ ގޮތުގެމަތިން، ރަށްރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ބަލާނީ، އެހާތަނަށް ސަރުކާރުން އެންމެފަހުން އިއްލާންކޮށްފައިވާ ބޯހިމެނި ހިސާބަކުންނެވެ.

(ކ) މިމާއްދާގައި ކާބޯތަކެތި ވިއްކާ ހޮޓާހޮޓާކަމުގައި ބަޔާން ކޮށްފައިއެވަނީ ކެންޓީނާއި ރެސްޓޯރަންޓާއި ކެފޭފަދަ ހުރިހާ ތަންތަނެއް ހިމެނޭގޮތުންނެވެ.

 

3  ވަނަ މާއްދާ

މިގާނޫނުގެ 2 ވަނަ ނަންބަރުގައިވާ ކުލި، ދައްކަން ކަނޑައަޅާ މުއްދަތުގައި ނުދައްކައިފިނަމަ، އެތަނެއްގައި ވިޔަފާރި ކުރާފަރާތެއް  15 ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ޖޫރިމަނާއާއިއެކު ކުލިދައްކަން ކަނޑައަޅާ މުއްދަތުގައި ކުލި ނުދައްކައިފިނަމަ އެތަނެއްގެ ހުއްދަ އަތުލެވޭނެއެވެ.

 

4  ވަނަ މާއްދާ

ކުލިދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވާ ފަހުން ހުއްދަ ބާތިލުކުރުމަށް އެދިއްޖެނަމަ ހުއްދަ ބާތިލްކުރެވޭނީ، އެމަހަކަށް ދައްކަންޖެހޭ ކުލީގެ 5/1 ޖޫރިމަނާއެއްގެ ގޮތުގައި ދެއްކުމަށްފަހުގައެވެ. ކުލިނުދައްކައި އަދި ހުއްދަ ބާތިލުކުރުމަށް ނޭދިއޮއްވާ މަސް ހުސްވެގެން ހުއްދަ ބާތިލްކުރާއިރުވެސް އެމަހަކަށް ދައްކަންޖެހޭ ކުލީގެ 5/1 އިން މުދަލުގެ ވެރިފަރާތް ޖޫރިމަނާ ކުރެވޭނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

 

އުވި ގާނޫނު

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-18) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 20/2019)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު