-

ޑިޕްލޮމެޓިކް ކްލިއަރެންސް ލިބިފައިވާ އުޅަނދުތައް ފިޔަވައި ރާއްޖެއިން ބޭރުން އަންނަ އުޅަނދުތަކަށް ގޮސްއައިސްވުމާ ތަކެތި ގެންގޮސް ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1978-63)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2011-08 ގެ 109 ވަނަ މާއްދާގެ (ހ) ގެ (3) އިން އުވާލެވިފައި)

 

ދިވެހިރާއްޖޭގެ ބަނދަރަކަށް ރާއްޖޭން ބޭރުން އަންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް ކްލިއަރެންސް ލިބިފައިވާ އުޅަނދުތައް ނޫން ބޭރުގެ އުޅަނދުތަކާއި ބޭރު ދަތުރުކުރާ ރާއްޖޭގެ އުޅަނދުތަކަށް ގާނޫނު ނަންބަރު 4/1968ޖ. ގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގައިވާ ގޮތުން މެނުވީ އެ އުޅަނދުތަކުގެ މީހުން ފިޔަވައި އެހެން މީހަކު ދާންވާނީ މާލޭގައިނަމަ ކަސްޓަމްސުން، ރާއްޖެތެރޭގައި ނަމަ އެއަތޮޅެއްގެ އަތޮޅު އޮފީހުން ހުއްދަ ލިބިގެންނެވެ. މިފަދަ އުޅަނދުތަކަށް ތަކެތި ގެންގޮސް ގެނެސް ހަދަންވާނީވެސް މާލޭގައިނަމަ ކަސްޓަމްސުން ރާއްޖެތެރޭގައިނަމަ އެއަތޮޅެއްގެ އަތޮޅު އޮފީހުން ހުއްދަ ލިބިގެންނެވެ.

 

އުވި ގާނޫނު

ކަސްޓަމްސްގެ ގާނޫނު (ގާނޫނު ނަންބަރު 8/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު