-

ރާއްޖޭގެ ބަނދަރުތަކުގައި ހުންނަ ފުރާދުއްވާ އެއްޗެހީގައި ބޭރަށް ފެންނާނެހެން އަލި ބެހެއްޓުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1978-65)

 

1 ވަނަ މާއްދާ

ރާއްޖޭގެ ބަނދަރުތަކުގައި ހުންނަ ފުރާދުއްވާ އެއްޗެހީގައި ހަވީރު 6 ން ހެނދުނު 6 ށް މިމާއްދާގެ ހ. އާއި ށ. އާއި ނ. ގައިވާ ގޮތުގެމަތީން ބޭރަށް ފެންނާނެހެން އަލި ބަހައްޓަން ވާނެއެވެ. 

(ހ) ދިގުމިން 50 މީޓަރު ހަމަވާ ނުވަތަ އެއަށްވުރެ ދިގު ފުރާދުއްވާ އެއްޗެއްނަމަ އެއެއްޗެއްގެ ކޮޅުފަސް ކޮޅާއި ދިރުނބާކޮޅުގައި ދެމޭލު ދުރަށް ފެންނާނެހެން ހުންނަ ވަށައިގެން ފެންނަ ހުދު އައްޔެއް.

(ށ) ދިގުމިން 50 މީޓަރު ހަމަނުވާ ފުރާދުއްވާ އެއްޗެއްނަމަ އެއްމޭލު ދުރަށް ފެންނާނެހެން ހުންނަ ވަށައިގެން ފެންނަ ހުދު އައްޔެއް. 

(ނ)  މުދަލުގެ ގޮތުގައި ތެޔޮހުރި އެއްޗެއްނަމަ މިމާއްދާގެ ހ. އާއި ށ. ގައިވާ އަލީގެ އިތުރަށް އެއެއްޗެއްގެ ކުނބުގައި ހުންނަ ވަށައިގެން ފެންނަ ރަތް އައްޔެއް.

 

2 ވަނަ މާއްދާ

މި ގާނޫނާއި ހިލާފްވާ އެއްޗެއްގެ ކެޕްޓަން ނުވަތަ މާލިމީ އަދި ކެޕްޓަނަކު ނުވަތަ މާލިމީއަކު ނުހުންނަ އެއްޗެއްގެ ނަމަ އެއެއްޗެއް ބެލެހެއްޓުމާ ހަވާލު ވެފައިވާ ފަރާތެއް 100 ރުފިޔާއަށްވުރެ ގިނަނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

  

ނޯޓް

މި ގާނޫނުގައި:

(ހ) ބަނދަރުގެ މާނަޔަކީ، ރަށްރަށުގެ ފަޅުތެރެއާއި، ހާހަލާއި، ފަރުފަރުގެ އެތެރެއާއި ރާއްޖޭގެ އޮޑިދޯނިފަހަރު އަޅާއުޅޭ ފަރުފަރުގެ ބޭރާއި ރަށްރަށުގެ ބޭރުފަދަ ތަންތަން ފިޔަވައި ފުރާދުއްވާ އެއްޗެއް ނަގިލިލައިފި ކޮންމެ ތަނެކެވެ. 

(ށ) ނަގިލީގެ މާނަޔަކީ، ފުރާދުއްވާ ތަކެތި ހިފެހެއްޓިފައި އޮތުމަށްޓަކައި ފަޅު ނުވަތަ ކަނޑުގެ އަޑީގައި ޖައްސަން ބޭނުންކުރާ ކޮންމެ އެއްޗެކެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު