-

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1978-69) 

 

1 ވަނަ މާއްދާ

ދިވެހިރާއްޖޭގައި އުފައްދާ ކަނޑުގައި ދުއްވާ އުޅަނދުތަކާއި، ރާއްޖޭން ބޭރުން ގެންނަ، އެހެން ގައުމެއްގައި ރަޖިސްޓަރީ ކުރެވިފައިނުވާ ކަނޑުގައި ދުއްވާ އުޅަނދުތައް، ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ތެރޭގައި ދުއްވަންވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސްގައި ރަޖިސްޓަރީ ކޮށްގެންނެވެ. އަދި ދިވެހިރާއްޖޭގައި އުފައްދާ ކަނޑުގައި ދުއްވާ ދިވެހިންގެ އުޅަނދުތަކާއި، ރާއްޖޭންބޭރުން ގެންނަ އެހެން ގައުމެއްގައި ރަޖިސްޓަރީ ކުރެވިފައިނުވާ، ކަނޑުގައި ދުއްވާ ދިވެހިންގެ އުޅަނދުތައް، ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ބޭރުގައިވިޔަސް ދުއްވަންވާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސްގައި ރަޖިސްޓަރީ ކޮށްގެންނެވެ. ރަޖިސްޓަރީ ކުރެވޭނީ، އެކަމަށް ބޭނުންވާ މައްލޫމާތާއެކު، ގާނޫނު ނަންބަރު 4/70ޖ. ގައިވާ ގޮތުގެމަތިން ސްޓޭންޕް ދެއްކުމުންނެވެ.

 

2 ވަނަ މާއްދާ

ކަނޑުގައި ދުއްވާ އުޅަނދުތަކުގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން އަންގާ އުސޫލެއްގެމަތިން، އަކުރާއި ނަންބަރު ޖަހާފައި ހުންނަން ވާނެއެވެ.

 

3 ވަނަ މާއްދާ

ރަޖިސްޓަރީ ނުކުރާ އެއްޗެއް، ގެންފިނަމަ ގަންނަތާ 15 ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރުމަށް މާލޭގައިނަމަ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސަށް ރާއްޖެތެރޭގައިނަމަ އަތޮޅުގެ އޮފީހަށް ހުށަހަޅަންވާނެއެވެ. ރަޖިސްޓަރީކޮށްފައިވާ އެއްޗެއް ގެންފިނަމަ، ކުރީގެ ރަޖިސްޓަރީ އާއެކު 15 ދުވަހުގެ ތެރޭގައި ގަތްފަރާތުގެ ނަމަށް ރަޖިސްޓަރީ ބަދަލު ކުރުމަށް ހުށަހަޅަން ވާނެއެވެ. ރަޖިސްޓަރީ ކުރުމަށް ނުވަތަ ރަޖިސްޓަރީ ބަދަލު ކުރުމަށް ހުށަނާޅައި 15 ދުވަހަށްވުރެ ގިނަވެއްޖެނަމަ ރަޖިސްޓަރީކުރެވޭނީ ނުވަތަ ބަދަލު ކުރެވޭނީ -/3 ރ. ގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ.

 

4 ވަނަ މާއްދާ

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވަންވާނީ، ފަރުވާތެރި ކަމާއެކު އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް، ބަލައިގެންނެވެ.

ގާނޫނު ނަންބަރު 5/81 އިން 5، 6، 7، 8، 9 މި ފަސްމާއްދާ ވަނީ އުވިފައެވެ.

 

10 ވަނަ މާއްދާ

ކަނޑުގައި ދުއްވާ އުޅަނދުތައް، ދިވެހިރާއްޖޭގެ ސިޔާސީސަރަހައްދުގެ ތެރޭގައި ދުއްވަންވާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭށަންސުން ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

11 ވަނަ މާއްދާ

ރައީސުލްޖުމްހޫރިއްޔާ މި ގާނޫނުން އިސްތިސްނާ ކުރެވެއެވެ.

މިގާނޫނުގައި "އުޅަނދު" ގެ މާނައަކީ ފެންމަތިން ނުވަތަ ކަނޑު އަޑިން، އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށްޓަކައި ހަދާފައިވާ ހުރިހާ ބާވަތެއްގެ ތަކެއްޗެވެ. 

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-71)
  2. ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަ ވާއިދު (ގަވާއިދު ނަންބަރު 2023-50)
  3. ފަޅުވެރިންގެ ތަމްރީނާ އި ސަނަދާގުޅޭ ގަވާއިދު (ގަވާއިދު ނަންބަރު 2023-20)
  4. ށިޕިންގ އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-52)
  5. ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2016-06)
  6. ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2015-229)
  7. އޯފް ޕޯޓް ލިމިޓާއި އޯފް ށޯގައި ށިޕިންގ ހިދުމަށް ދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-33)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު