-

ޕޯޓްހެލްތާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1978-76)  

 

1 ވަނަ މާއްދާ

ރާއްޖޭން ބޭރުން އަންނަ މީހުން ރާއްޖޭގެ ރަށަކަށް އާންމު ގޮތެއްގައި ފައިބަންވާނީ އަދި ރާއްޖޭން ބޭރަށްދާ މީހުން އާންމު ގޮތެއްގައި ރާއްޖޭން ބޭރަށް ދާންވާނީ އެހިނދަކު މިނިސްޓްރީއޮފް ހެލްތުން ކަނޑައަޅާފައިވާ ބަލިބަލީގެ މުއްދަތު ހަމަނުވާ ވެކްސިނޭށަން ސެޓްފިކެޓް އޮވެގެންނެވެ.

 

2 ވަނަ މާއްދާ

ރާއްޖޭން ބޭރުންނާއި، ރާއްޖޭގެ ކަރަންޓީނު ސަރަހައްދަކުން އަންނަ، ކަނޑުދަތުރުކުރާ އުޅަނދަކަށް ގަވާއިދުން އަރަންޖެހޭ މީހަކު ފިޔަވައި އެއްވެސް މީހަކު އަރަންވާނީ، އެއުޅަނދެއްގެ ކަރަންޓީނު ފިލުމަށްފަހުގައެވެ.

 

3 ވަނަ މާއްދާ

ރާއްޖޭން ބޭރުންނާއި ރާއްޖޭގެ ކަރަންޓީނު ސަރަހައްދަކުން އަންނަ ކަނޑުދަތުރުކުރާ އުޅަނދުތަކުގައި، ޕޯޓްހެލްތްގެ ފަރާތުން ކަރަންޓީނު ފިލުވަންދެން، ދުވާލުނަމަ، ކަރަންޓީނު ދިދަ  (ރީނދޫ ދިދަ) ރޭގަނޑު ނަމަ، ހުދު އައްޔެއްގެ މަތީގައި ރަތް އައްޔެއް ހުންނަންވާނެއެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު