-

ދިވެހިރާއްޖޭގެ ޕާސްޕޯޓާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1978-79)

 

1  ވަނަ މާއްދާ

ދިވެހި ކޮންމެ ރައްޔިތަކު ރާއްޖޭން ބޭރުގައި އުޅޭއިރު، އަމަލު ކުރެވޭ ޕާސްޕޯޓެއް ނުވަތަ އެފަދަ އެހެން ރަސްމީ ލިޔުމެއް އެމީހެއްގެ އަތުގައި އޮންނަންވާނެއެވެ. ޕާސްޕޯޓް ނުވަތައެގޮތުން ދޫކުރާ ލިޔުމަކީ، ދައުލަތުގެ ރަސްމީ ލިޔުމެއްކަމަށް ވުމާއެކު، އެލިބޭ ކޮންމެ މީހަކުވެސް އެލިޔުން ރައްކާތެރިކަމާއެކު ބަލަހައްޓަން ވާނެއެވެ.

 

2 ވަނަ މާއްދާ

ޕާސްޕޯޓާ ބެހޭ އެންމެހައި ކަންތައް ހިންގާނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަނުން ނެވެ. އަދި މިކަމާބެހިގެން ނެރެންޖެހޭ އިދާރީ ގަވާއިދުތައް ނެރުމުގެ އިހްތިޔާރު، އެ ޑިޕާޓްމަންޓަށް ލިބިގެންވެއެވެ.

 

 

މިގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. ޕާސްޕޯޓުކާޑާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-85)
  2. ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2017-83)
  3. ޕާސްޕޯޓާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2012-17) 

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު