-

ފައިސާ ބަހައްޓައިގެން ށަރީއަތަށް މީހުން ހާޒިރު ކުރުމާއި މެސެޖްގެ ޒަރީއާއިން ހެކިބަސް ހޯދުމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1978-82)

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2021-32 ގެ 427 ވަނަ މާއްދާއިން އުވާލެވިފައި)

1 ވަނަ މާއްދާ

(ހ)  ދައުލަތް ފިޔަވައި އެހެން ފަރާތަކުން ދައްވާކުރާ މައްސަލަތަކުގައި، ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހަކު ގެންދެވޭނީ ނުވަތަ ރާއްޖޭން ބޭރުގައިހުރި ދިވެއްސަކު ގެނެވޭނީ، އެވަގުތަކު އެކަމަށް ހަރަދުވާނެ ފައިސާ ދައްވާ ކުރާ ފަރާތުން ބެހެއްޓުމަށްފަހުގައެވެ. މިފައިސާ ބަހައްޓާނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާ ދައްވާތަކުގައި އެތާނގައެވެ. މިނިސްޓްރީ އޮފް ޖަސްޓިހުގެ ކޯޓުތަކަށް ހުށަހަޅާ ދައްވާތަކުގައި އެތާނގައެވެ. މިނިސްޓްރީ އޮފް ޖަސްޓިހުގެ ކޯޓްތަކަށް ހުށަހަޅާ ދައްވާތަކުގައި، މިނިސްޓްރީ އޮފް ޖަސްޓިހުގެ ކަމާބެހޭ ކޯޓުގައެވެ. 

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުން ބަހައްޓަންޖެހޭ ފައިސާގެ އަދަދު ކަނޑައަޅާނީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައަޅާ ދައްވާތަކުގައި އެފަރާތުންނެވެ. އެނޫން ދައްވާތަކުގައި މިނިސްޓްރީ އޮފް ޖަސްޓިހުންނެވެ. 

(ނ) މިމާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ފައިސާ ބަހަށްޓައިގެން މީހުން ހާޒިރު ކުރުވާ ގަޒިއްޔާ ތަކުގައި ދައްވާ ސާބިތު ވެއްޖެނަމަ، ބެހެއްޓި ފައިސާ ލިބޭނީ ދައްވާކުރި ފަރާތަށެވެ. ދައްވާ ސާބިތު ނުވިނަމަ، ނުވަތަ ފައިސާ ބަހައްޓައިގެން މީހަކު ގެނައުމަށްފަހު، ދައްވާ ދޫކޮށްލި ނަމަވެސް، ބެހެއްޓި ފައިސާ ލިބޭނީ ދައްވާ ލިބުނު ފަރާތަށެވެ. ހެއްކެއްގެ ގޮތުން މީހަކު ގެނައުމަށްޓަކައި ބަހައްޓާ ފައިސާ ލިބޭނީ ގެނެވުނު މީހާއަށެވެ. 

(ރ) ފައިސާ ބަހައްޓައިގެން ގެނެވޭ މީހަކީ ބަންދެއްގައި ހުރި މީހެއްނަމަ، އެމީހަކު ގެނައުމަށް ހަރަދުކުރި ފަރާތުން އެކަމަށް ހިނގި ހަރަދު ބެހެއްޓުނު ފައިސާއިން ނެގޭނެއެވެ.     

(ބ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފައިސާ ބަހައްޓައިގެން މީހުން ށަރީއަތަށް ހާޒިރު ކުރުމުގައި، ބެހެއްޓި ފައިސާއަށްވުރެ ހިނގި ހަރަދު އިތުރު ވެއްޖެނަމަ، އިތުރުވީ އަދަދެއް ފައިސާ ބެހެއްޓި ފަރާތުން ދައްކަން ޖެހޭނެއެވެ. ބެހެއްޓި ފައިސާއަށްވުރެ ހިނގި ހަރަދު މަދުވެއްޖެނަމަ، އިތުރުވީ ފައިސާއެއް މިމާއްދާގެ (ނ) ގައިވާ އުސޫލުގެމަތިން ލިބެންވީ ފަރާތަށް ލިބިދެވޭނެއެވެ.

 

2 ވަނަ މާއްދާ

(ހ) މެސެޖުން ހެކިބަސް ގެނެވޭނީ، އެގޮތުން ހެކިބަސް ހޯދަން އެދޭ ފަރާތުން އެކަމަށް ހިނގާނެ ހަރަދުގެ ފައިސާ ބެހެއްޓުމަށް ފަހުގައެވެ. މިފައިސާ ބަހައްޓާނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާ ދައްވާ ތަކުގައި އެތާނގައެވެ. އެނޫން ދައްވާތަކުގައި މިނިސްޓްރީ އޮފް ޖަސްޓިހުގެ ކަމާބެހޭ ކޯޓުގައެވެ. 

(ށ) މިމާއްދާގެ (ހ) ގައި ބަޔާން ކޮއްފައިވާ ގޮތުގެމަތިން، ފައިސާބަހައްޓައިގެން މެސެޖުން ހެކިބަސް ހޯދުމަށް ފަހު، ބެހެއްޓީ ފައިސާއަށްވުރެ ހިނގި ހަރަދު މަދުވެއްޖެނަމަ، އިތުރުވި ފައިސާއެއް، އެފައިސާ ބެހެއްޓި ފަރާތަކަށް އަނބުރާ ދެވޭނެއެވެ. ބެހެއްޓި ފައިސާއަށް ވުރެ ހިނގި ހަރަދު އިތުރުވެއްޖެނަމަ، އެ އިތުރުވީ އަދަދެއް، ފައިސާ ބެހެއްޓި ފަރާތުން ދައްކަން ޖެހޭނެއެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

އުވި ގާނޫނު

މަދަނީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-32)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު