-

މާލޭގެ ދޯނި އެހިލާ ތަންތަނަށް އެހިލާ އުޅަނދުތަކާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1978-84) 

 

މާލޭގެ ދޯނި އެހިލާ ތަންތަނަށް އެހިލާ ކޮންމެ އުޅަނދެއް އެހިލަންވާނީ، މިނިސްޓްރީ އޮފް ކޮންސްޓްރަކްށަން އެންޑް ޕަބްލިކް ވާރކްސް އިން، އެކަމުގެ ހުއްދައެއް ލިބުމަށް ފަހުގައެވެ.

  މިގޮތުން އެހިލެވޭ ކޮންމެ އުޅަނދެއް އެހިލާ ދުވަހުގެ އިތުރަށް އެހިލާފައި ހުންނަ ކޮންމެ ދުވަހަކަށް އެ އުޅަނދުގެ ދިގުމިނުގެ ކޮންމެ މީޓަރަކަށް 1 (އެކެއް) ރުފިޔާ މަގުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްށަން އެންޑް ޕަބްލިކް ވާރކްސް އަށް ކުލި ނެގޭނެއެވެ.

މިގާނޫނުގައި:

(ހ) "އެހިލުން" ކަމަށް ބުނެފައި އެވާ ބުނުމުގައި ބީއްސުން ވެސް ހިމެނެއެވެ.

(ށ) "އެހިލާދުވަސް" ކަމަށް ބުނެފައި އެވަނީ، އެހިލާ ދުވަހާއި ޖެހިގެން އަންނަ ދުވަހެއްގެ، ހެނދުނު 6.00 އާ ދެމެދަށެވެ.

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު (ނޯޓް: ތަފާތު ދެ ގާނޫނު ނަންބަރަކުން ތަކުރާރުވެފައި)

2 ވަނަ އިސްލާހު (ނޯޓް: ތަފާތު ދެ ގާނޫނު ނަންބަރަކުން ތަކުރާރުވެފައި)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު