-

ދިވެހިރާއްޖޭގައި ހުރި އާސާރީ އަދި ތާރީހީ ތަންތަނާއި ތަކެއްޗާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1979-27) 

(މި ގާނޫނު ވަނީ "ގާނޫނު ނަންބަރު 2019-12" ގެ 55 ވަނަ މާއްދާއިން އުވާލެވިފައި)

 

ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައިވާ އާސާރީ އަދި ތާރީހީ ތަންތަނާއި ތަކެތި ހަލާކުކޮށް، ރޫޅައި، އެފަދަ ތަންތަނާއި ތަކެއްޗަށް ގެއްލުން ދިނުމަކީ މަނާ ކަމެކެވެ.

 

ނޯޓް:

(ހ) މި ގާނޫނުގައި ބުނާ އާސާރީ އަދި ތާރީހީ ތަކެއްޗަކީ، ރާއްޖޭގެ ބަޔަކު، ނުވަތަ ރާއްޖޭގައި އުޅުނު ބިދޭސީންގެ ބަޔަކުވިޔަސް، ވޭތުވެދިޔަ ޒަމާނުގައި، އެއެއްޗެއްގެ ބޭނުންކޮށްފައިވި، އަދި އެއްޗަކުން ކޮންމެވެސް ދުވަސްވަރެއްގެ ރާއްޖޭގެ ދިރިއުޅުމާއި، އުޅުނު މީހުންގެ ހަޔާތާމެދު އައްޔެއް އަޅައިދޭ ކޮންމެ އެއްޗެކެވެ.

(ށ) މިގާނޫނުގައި ބުނާ އާސާރީ އަދި ތާރީހީ ތަންތަނަކީ، ރާއްޖޭގެ ބަޔަކު ނުވަތަ ރާއްޖޭގައި އުޅުނު ބިދޭސީންގެ ބަޔަކުވިޔަސް ވޭތުވެދިޔަ ޒަމާނުގައި ދިރިއުޅުމަށް ނުވަތަ އަޅުކަމެއް ކުރުމަށް ނުވަތަ ށަހްސިއްޔަތެއްގެ ހަނދާން ދެމެހެއްޓުމަށް ނުވަތަ މިބާވަތުގެ އެހެން ކަމަކަށްޓަކައި ހަދާފައިވާ، އެފަދަ ތަނެއްގެ ސަބަބުން ރާއްޖޭގެ މާޒީގެ ދިރިއުޅުމަށް އައްޔެއް އަޅައިދޭ ކޮންމެ ތަނެކެވެ.

(ނ) މައުލޫމާތު ހޯދުމުގެ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ލިބިގެން މިފަދަ އާސާރީ ނުވަތަ ތާރީހީ ތަނެއް ނުވަތަ އެއްޗެއް އޭގެ އަސްލު ނުގެއްލޭ ގޮތަށް ރޫޅައި، ބަލައި ހެދުން މިގާނޫނު މަނައެއް ނުކުރެއެވެ.

 

އުވާލި ގާނޫނު

ގާނޫނު ނަންބަރު 2019-12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު