-

އިންޓަރނޭށަނަލް ފިނޭންސް ކޯޕަރޭށަންގެ މެންބަރަކަށް ދިވެހިރާއްޖެވުމާއި ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1982-15)

 

ދިބާޖާ

މީލާދީން 1944 ވަނަ އަހަރު، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ނިއުހޭމްޕްށަޔަރގެ ބްރެޓްން ވޫޑްސްގައި ބޭއްވުނުު، ޔުނައިޓެޑް ނޭށަންސް މަނިޓަރީ އެންޑް ފިނޭންށަލްސް ކޮންފަރެންސުގައި ކުރެވުނުު އެގްރީމެނޓް ގައވާި ގޮތުގެމަތިން، "އިންޓަރނޭށަނަލް ބޭންކް ފޮރ ރީކޮންސްޓްރަކްށަން އެންޑް ޑިިވެލޮޕްމަންޓް" ނަމަކަށް ކިޔާ ބައިނަލްއަގްވާމީ ޖަމާއަތް އުފެދިފައިވުމާއެކުު،

އަދި މީލާދީން 1955 ވަނަ އަހަރު އިންޓަރނޭށަނަލް ބޭންކް ފޯރ ރީކޮންސްޓްރަކްށަން އެންޑް ޑިިވެލޮޕްމަންޓްގެ އެގްޒެކެޓިވް ޑިރެކްޓަރުން ފާސް ކޮށްފައިވާ އެގްރީމަންޓްގެ މާއްދާތަކާ ގުޅިގެން "އިންޓަރނޭށަނަލް ފިނޭންސް ކޯޕަރޭށަން" ނަމަކަށް ކިޔާ ބައިނަލްއަގްވާމީ ޖަމާއަތް އުފެދިފައި ވުމާއެކު، 

އަދި މަތީގައި ނަންގަނެވުނު އިންޓަރނޭށަނަލް ފިނޭންސް ކޯޕަރޭށަންގެ މެންބަރަކަށް ދިވެހިރާއްޖެ ވުމަކީ ބޭނުން ކަމެއްކަމަށް ފެނުމާއެކު، ދިވެހިރާއްޖޭގެ ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން، އިންޓަރނޭށަނަލް ފިނޭންސް ކޯޕަރޭށަންގެ އެގްރީމަންޓްގެ މާއްދާތައް ގަބޫލުކޮށް، ދިވެހިރާއްޖޭގެ ފަރާތުން އެ އެގްރީމަންޓުގައި ސޮއިކުރުމަށް ގަސްދުކުރެވުނު ހިނދު، ދިވެހިރާއްޖޭގެ ގާނޫނީ މަޖިލީހުން މިގާނޫނު ފާސްކުރީއެވެ.

 

1 ވަނަ މާއްދާ - މިގާނޫނަންނަށް ކިޔާނަން

މިގާނޫނަށް ކުރުކޮށް ކިޔާނީ "އިންޓަރނޭށަނަލް ފިނޭންނޭސް ކޯޕަރޭށަނާާބެހޭ ގާނޫނު 1982" އެވެ. 

 

2 ވަނަ މާއްދާ – ތަރުޖަމާ

މިގާނޫނުގައި، "އެގްރީމަންޓްް" ގެ މާނައަކީ އިންޓަރނޭށަނަލް ފިނޭންނޭސް ކޯޕަރޭށަން ހިންގުމަށްޓަކައި ހަދައި ފާސްކޮށްފައިވާ އާޓިކަލްސް އޮފް އެގްރީމަންޓެވެ.

"ކޯޕަރޭށަންް" ގެ މާނައަކީ އިންޓަރނޭށަނަލް ފިނޭންނޭސް ކޯޕަރޭށަނެވެ.

"މެންބަރު" ގެ މާނައަކީ ކޯޕަރޭށަންގެ މެންބަރުންނެވެ.

 

3 ވަނަ މާއްދާ - އެގްރީމަންޓްގައި ސޮއިކުރުމާއި އެގްރީމަންޓް ގަބޫލު ކުރުމުގެ ހުއްދަ ދިނުން

ކޯޕަރޭށަންގެ މެންބަރަކަށް ދިވެހިރާއްޖެ ވުމަށްޓަކައި ސޮއިކުރަންޖެހޭ އެގްރީމަންޓްގައި ސޮއިކުރުމާއި، ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ފޮނުވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ ލިޔުމަކުން، އެލިޔުމުގައި ނަންގަނެވިގެންވާ މީހަކަށް ދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ވެއެވެ.

 

4 ވަނަ މާއްދާ – ފައިސާއާބެހޭ ގަވާއިދު

ށިޕރިޒޮލިއުށަނާއި، އެގްރީމަންޓްގެ ގަވާއިދުތަކުގެ ދަށުން، ދިވެހި ސަރުކާރުން ކޯޕަރޭށަނަށް ދައްކަންޖެހޭ ފައިސާ، ރައީސުލްޖުމްހޫރިއްޔާގެ ލިޔުމަކުން ހުއްދަ ދިނުމުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ހަރަދު ކުރެވޭނެއެވެ.

 

5 ވަނަ މާއްދާފައިސާ ބަހައްޓާ އަދި ލިޔެކިޔުން ހިންގާތަން

ކޯޕަރޭށަންގެ އެގްރީމަންޓްގެ 4 ވަނަ މާއްދާގެ 9 ވަނަ ނަންބަރާއި 10 ވަނަ ނަންބަރުގައިވާ ކޯޕަރޭށަންގެ ފަރާތުން ދިވެހިރާއްޖޭގައި ފައިސާ ބަހައްޓާ ތަނަކީ، އަދި ކޯޕަރޭށަނާ ގުޅޭ ލިޔުން ކިޔުން ހިންގާ ފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއެވެ.

 

6 ވަނަ މާއްދާ – ކޯޕަރޭށަންގައި ރާއްޖެ ތަމްސީލުކުރާ ގަވަރނަރުންނާއި އޯލްޓަނޭޓުން

ކޯޕަރޭށަންގައި ދިވެހިރާއްޖެ ތަމްސީލުކުރާ ގަވަރނަރުންނާއި އޯލްޓަނޭޓުންނަކީ، ދިވެހިރާއްޖޭގެ ފަރާތުން އިންޓަރނޭށަނަލް ބޭންކް ފޮރ ރީކޮންސްޓްރަކްށަން އެންޑް ޑިވެލޮޕްމަންޓްގައި އެމަގާމުތައް އަދާކުރާ މީހުންނެވެ.

 

7 ވަނަ މާއްދާ – "އެގްރީމަންޓް" ގެ 6 ވަނަ މާއްދާއަށް ދިވެހިރާއްޖޭގައި ގާނޫނީ ބާރުދިނުން

ދިވެހިރާއްޖޭގެ އެހެން ގާނޫނަކުން މަނާކުރާ ކަންތައްތައް ކުރުމުގައި ކޯޕަރޭށަންގެ އެގްރީމަންޓްގެ 6 ވަނަ މާއްދާއަށް ދިވެހިރާއްޖޭގައި ގާނޫނީ ބާރު ލިބިގެންވެއެވެ.

 

8 ވަނަ މާއްދާ – އެގްރީމަންޓާބެހޭ ގަވާއިދުތައް ހެދުމުގެ ބާރު 

އެގްރީމަންޓުގެ އެކިއެކި މާއްދާތައް ދިވެހިރާއްޖޭގައި ހިންގުމަށް ބޭނުންވާ ގަވާއިދުތައް ހެދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު