-

ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1985-09)

 

1 ވަނަ މާއްދާ

ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުން، ކޮންމެ އަހަރެއްގެ ޖޫންމަސް ހުސްވުމުގެ ކުރިން، ވޭތުވެދިޔަ މީލާދީ އަހަރުގެ ނިޔަލަށް ބޭންކްގެ ވިޔަފާރީގެ ހާލަތު ހުރިނެތްގޮތް އެނގޭގޮތަށް އެއަހަރެއްގެ އަހަރީ ހިސާބު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ހުށަހަޅަން ވާނެއެވެ. މިހިސާބު ވާންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއިން ގަބޫލުކުރާ އޮޑިޓަރަކު ބަލައި ސައްހަކަމަށް ސޮއި ދީފައިވާ ހިސާބަކަށެވެ.

 

2 ވަނަ މާއްދާ

ކޮންމެ އަހަރެއްގެ ޖުލައިމަސް ހުސްވުމުގެ ކުރިން، ވޭތުވެދިޔަ މީލާދީ އަހަރު ބޭންކްގެ ވިޔަފާރީގެ ސާފުފައިދާގެ ސަތޭކައަކުން ފަންސަވީސް، ޓެކްސްގެ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއަށް ދައްކަން ވާނެއެވެ.

 

3 ވަނަ މާއްދާ

2 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ބޭންކްގެ ވިޔަފާރީގެ ސާފު ފައިދާއަކީ، އެއަހަރެއްގެ މުޅި ފައިދާއިން ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީއިން ގަބޫލުކުރާ ހަރަދުތަކެއް ކެނޑުމަށްފަހު އޮންނަ ފައިދާއެވެ.

 

ނޯޓް

(ހ)  މިގާނޫނުގެ ދަށުން 1984 ވަނަ އަހަރުގެ ޓެކްސް ވެސް ނެގޭނެއެވެ.

(ށ)  މިގާނޫނުގައި އަހަރުހިސާބު ހުށަހެޅުމަށާއި ޓެކްސް ދެއްކުމަށް ބަޔާން ކޮށްފައިވާ ބޭންކްތަކަކީ، މައި އޮފީސް ރާއްޖޭގައި ހުރި ވިޔަފާރި ބޭންކްތަކާއި ބޭރުގެ ބޭންކްތަކުގެ ރާއްޖޭގައި ހިންގާ ގޮފިތަކެވެ.    

 

މި ގާނޫނަށް ގެނެވުނު އިސްލާހު

2 ވަނަ އިސްލާހު

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު