-

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރ 2010-02) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2014-35)

 

ގާނޫނު ނަންބަރު 2010-02 (މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އަންނަނިވިގޮތަށް އިސްލާހުކުރުން.

5. މައާފު ނުދެވޭނެ ކުށް

(ހ)   އެއްވެސް ގާނޫނެއްގެ ދަށުން 14 (ސާދަ) ގްރާމަށްވުރެ ގިނަ އަދަދަކަށް މަސްތުވާތަކެތި ހުރެގެން އުމުރަށް ޖަލަށްލުމަށް އަދަބު ކަނޑައެޅިފައިވާކުށް.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާ އަންނަނިވިގޮތަށް އިސްލާހުކުރުން.

7. އިލްތިމާސް ހުށަހެޅޭނެ މުއްދަތު

މީހަކު ކުރި ކުށަކާ ގުޅިގެން، އޭނާގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމަކީ، ވަކި އަދަދެއްގެ ފައިސާ ދެއްކުން ކަމުގައިވާ ހާލަތް ފިޔަވައި، އެހެން ހާލަތްތަކުގައިވާ މީހާ، އަދަބު މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި މި ގާނޫނުގެ ދަށުން އިލްތިމާސެއް ހުށަހަޅަންވާނީ، އެމީހެއްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރުބައިކުޅައެއްބައި ތަންފީޒުވެ ދިޔުމަށްފަހުގައެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-02)

 

ކޮންސޮލިޑޭޓެޑް ގާނޫނު

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-02)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު