-

ގާނޫނު ނަންބަރު 2014-09 (ގާނޫނުލް އުގޫބާތު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު  

(ގާނޫނު ނަންބަރު 2015-06)

 

ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުފޫބާތު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. (ނ) މި ފާނޫނަށް އަމަލުކުރަން ފަށާނީ، 16 ޖުލައި 2015 ވަނަ ދުވަހުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

10. (ރ) އާންމު އުސޫލެއްގެ ގޮތުން، މި ފާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކުށެއްގެ މައްޗަށް މި ފާނޫނެއްވެސް އަދި މި ގާނޫނުން ކަނޑައަޅާފައިވާ އުސޫލުތަކެއްވެސް ނުހިނގާނެއެވެ. އެހެން ނަމަވެސް، މި ފާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ނުވަތަ ކޮށްފައިވާ ކުށަކަށް މި ފާނޫނަށް އަމަލުކުރަން ފެށުމަށްފަހު އަދަބު ކަނޑައަޅާނަމަ، އެ ކުށަކަށް ދިނުމަށް މި ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ކުރީގެ ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަށްވުރެ ކުޑަ އަދަބެއްނަމަ، ނުވަތަ މި ގާނޫނުގައި އެ ކުށުގެ މައްޗަށް ހިންގުމަށް އޮތް އުސޫލަކީ ނުވަތަ އިޖުރާއާތަކީ، ކުރީގެ ފާނޫނަށްވުރެ ދައުވާލިބޭ މީހާއަށް ލުއި އިޖުރާއާތެއްނަމަ، އެފަދަ ކުށެއްގެ މައްޗަށް ހިންގަންވާނީ މި ފާނޫނެވެ. އަދ މި ގާނޫނުގެ ދަށުން އެ ކުށަކަށް އޮތް އަދަބު ލުއިވާ ހާލަތުގައި އެ ކުށަކަށް އަދަބު ކަނޑައަޅާނީވެސް މި ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. (ނ) (1) މުޖްތަމައުގެ އާންމު އިޖްތިމާއީ މިންގަނޑުތަކަށް އުނިކަން ގެންނަ އަމަލުތަކަށް އެކަށީގެންވާ އަދަބު ކަނޑައަޅައިގެން، އެ އާންމު ހަމަތައް ދެމެހެއްޓުން؛

 

4 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

11. (ނ) (3) ޖިނާއީ އަމަލުތައް ތަކުރާރުވިޔަނުދިނުމުގެ ގޮތުން ހައްޔަރުކުރުން ހިމެނޭގޮތަށް ހިފެހެއްޓުން؛

 

5 ވަަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ އަރިމަތީ ސުރުހީގައި "ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް އޮތް ޒިންމާ" މި ސުރުހީގައި އޮތް އަކުރަކީ، އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު ކަމުގައި ހަމަޖެއްސުން.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (65) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

17. (65) "ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވި މީހާ" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ (iii) ގައި ދީފައިވާ މާނަކުރުމެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (86) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

17. (86) "އަމަލީ ގޮތުން ޔަގީންކުރެވޭ މިންވަރަށް" ކުށް ސާބިތުވުން ކަމަށް ބުނެފައި އެވަނީ، ހެކީގެ މިންގަނޑުތަކުގެ އެންމެ މަތީ ދަރަޖައިގެ ހެކިބަހުން ސާބިތުވާ ސާބިތުވުމަށެވެ. އަދި އެ މިންގަނޑުން ކޮށްދޭ ކަމަކީ ސާބިތުކުރުމަށް ބޭނުންވާކަމުގެ ތެދުކަމާމެދު އެކަށީގެން ނުވާ ގޮތުގައި އެއްވެސް ށައްކެއް އުފެދޭނެ ފުރުސަތެއް ނުދިނުމެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (94) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

17. (94) "ރޭޕްކުރުން" އަށް ދީފައިވަނީ މި ގާނޫނުގެ 130 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނަކުރުމެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 17 ވަނަ މާއްދާގެ (110) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރު އިތުރުކުރުން.

 17. (111) "އެކަށީގެންވާ މިންވަރުގެ ށައްކެއް ނުކުރެވޭނެ މިންވަރު" ނުވަތަ "އެކަށީގެންވާ ށައްކެއް ނެތް މިންވަރު" ކަމަށް ބުނެފައި އެވަނީ، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، ކަމަކާމެދު ލިބިފައިވާ ކަށަވަރުކަމާމެދު އެހެން ގޮތަކަށް ވިސްނުމަށް ފުދޭވަރުގެ، އެކަށީގެންވާ ސަބަބެއް ނެތުމަށެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

18. (ރ)  މި ގާނޫނުގެ 10 ވަނަ މާއްދާގެ (ރ) އާއި މި މާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާ ހާލަތްތަކުގައި އަންނަނިވި ގާނޫނުތަކަށް މި ގާނޫނުގެ މައްޗަށް އިސްކަންލިބިގެންވެއެވެ. ނަމަވެސް މި ފާނޫނަށް އަމަލުކުރަން ފެށުމާއެކު، އެއިން ފާނޫނެއްގެ ދަށުން ހުށަހެޅޭ ދައުވާއެއްގައިވެސް، މި ގާނޫނުގެ 40 ވަނަ ބާބާއި (ހުއްދަކުރެވިގެންވާ ދިފާއު)، 50 ވަނަ ބާބާއި (މައާފު ލިބެނިވި ދިފާއު) އަދި 60 ވަނަ ބާބުގައި (ދައުވާ ކުރުމަށް ހުރަހަކަށް ވެދާނެ ދިފާއު) ބަޔާންކޮށްފައިވާ އާންމު ދިފާއުތަކުގެ ފައިދާ، ދައުވާލިބޭ މީހާއަށް ލިބިގެންވެއެވެ.

  1. ގާނޫނު ނަންބަރު  2009-12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު)؛
  2. ގާނޫނު ނަންބަރު  2010-17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު)؛
  3. ގާނޫނު ނަންބަރު  2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު)؛
  4. ގާނޫނު ނަންބަރު 2013-12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު)؛
  5. ގާނޫނު ނަންބަރު  2013-13 (އެންޓި ޓޯޗަރ ގާނޫނު)؛
  6. ގާނޫނު ނަންބަރު 2014-10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު)؛
  7. ގާނޫނު ނަންބަރު 2014-17 (ޖިންސީ ކުށުގެ ގާނޫނު).

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވާ ގާނޫނުތަކުގައިވާ ކުށްތަކާއި އެ ކުށްތަކާ ގުޅުންހުރި އުސޫލުތައް މި ގާނޫނުގައި ހިމެނިފައިވާ ގޮތް މުރާޖައާކުރުމަށްފަހު، އެ ގާނޫނުތައް އުވާލުމާމެދު، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުފޫބާތު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ފާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ގޮތެއް ކަނޑައަޅަންވާނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

30. (ރ) (2) އޭނާއަކީ ހަމައެކަނި ކުށްކުރުމުގައި މެދު މިންވަރަކަށް ބައިވެރިވި މީހާ ކަމުގައިވާނަމަ އޭނާގެ ޒިންމާގެ ދަރަޖައަކަށްވާނީ، އޭނާ އެހީތެރިވެދިން ކުށްކުރުމުގެ ދަރަޖައަށްވުރެ، އެއް ދަރަޖަ ތިރި ދަރަޖައެކެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ (ii) އާއި (iii) އަންނަނިވި ގޮތަށް އިސްލާހުކުރުން.

30. (ރ) (4) (ii) "މެދު މިންވަރަކަށް ބައިވެރިވި މީހާ" ކަމަށް ބުނެފައި އެވަނީ، އެ ކުށްކުރުމުގައި އެހީތެރިވި މީހާގެ ދައުރަކީ އިންތިޒާމުކުރި މީހާ ނުވަތަ އިސްކޮށް ހަރަކާތްތެރިވި މީހާގެ ދައުރަށްވުރެ ކުޑަ، އެހެން ނަމަވެސް ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވި މީހާގެ ދައުރަށްވުރެ ބޮޑު ދައުރެއް އޮވެގެން އެކަމުގައި ހަރަކާތްތެރިވާ މީހާއަށެވެ.

(iii) "ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ކުށުގެ އަމަލު ކާމިޔާބުކަމާއެކު ފުރިހަމަކުރުމުގައި، މާބޮޑު ބޭނުމެއް ނުހިފޭ ބާވަތުގެ ނުވަތަ ވަރަށްވެސް ކުޑަ މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭ މީހާއަށެވެ.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 31 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

31. (ރ) "މަސްތުވުން" ކަމަށް ބުނެފައި އެވަނީ، ތިމާގެ ހަށިގަނޑަށް ވާސިލުކުރެވޭ އެއްޗެއްގެ ސަބަބުން ތިމާގެ އަމަލަކުން ނުކުމެދާނެ ނަތީޖާ ވިސްނައިގަތުމަށް ނުކުޅެދޭ މިންވަރަށް ތިމާގެ މާއްދީ ނުވަތަ ފިކުރީ ހިއްސުތަކަށް އުނިކަން އައުމަށެވެ.

 

14 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ (ނ) އާއި (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

34. (ނ) "ނިސްބަތުން ކުޑަ މިންވަރަކަށް ބައިވެރިވި މީހާ" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ (iii) ގައި ދީފައިވާ މާނަކުރުމެވެ.

(ރ) "މެދު މިންވަރަކަށް ބައިވެރިވި މީހާ" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ (ii) ގައި ދީފައިވާ މާނަކުރުމެވެ.

 

15 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 34 ވަނަ މާއްދާގެ (ބ) އުނިކުރުން.

34. (ބ) "ބައިވެރިއެއް" އަށް ދީފައިވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ (ރ) ގެ (4) ވަނަ ނަންބަރުގެ (iii) ގައި ދީފައިވާ މާނަކުރުމެވެ.

 

16 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

41. (ށ) އަންނަނިވި ހާލަތްތަކަކީ، ކޮންމެހެން އެ އަމަލު ކުރަންޖެހޭ ހާލަތެއްކަމަށް ބެލޭނެއެވެ.

 

17 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 45 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

45. (ށ) މި މާއްދާގެ (ހ) ގެ ދަށުން ހިންގޭ އަމަލެއްގައި ބާރުގެ ބޭނުންކުރުމުގައި މީހަކު މަރުވެދާ ފަދަ ނުވަތަ މީހަކަށް ޖިސްމާނީ ބޮޑު އަނިޔާ ލިބިދާ ފަދަ ގޮތަކަށް ބާރުގެ ބޭނުންކުރުން ހުއްދަވެގެންވާނީ އެފަދަ ބާރެއްގެ ބޭނުންކުރަނީ މީހަކު މަރުވެދާނެކަމުގެ ނުރައްކާ ކުރިމަތިވާ ހިނދުގައި އެކަމުން ދިފާއުވުމަށާއި، ބޮޑެތި ޖިސްމާނީ އަނިޔާ ފޯރުކޮށްފާނެ ކަމުގެ ނުރައްކާ ކުރިމަތިވާ ހިނދުގައި އެކަމުން ދިފާއުވުމަށާއި، ރޭޕްކޮށްފާނެކަމުގެ ނުރައްކާ ކުރިމަތިވާ ހިނދުގައި އެކަމުން ދިފާއުވުމަށެވެ.

 

18 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

53. (ނ) ކުށްކުރި ހިނދުގައި 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކުދިންގެ ތެރެއިން، މި މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުދިން، އިސްލާމީ ށަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި ޖިނާޔަތުގެ އަނިޔާވެރި ކުށްތަކުގެ ކުށުގެ ޒިންމާ ނަގަންވާނެއެވެ. މިފަދަ ކުށަކަށް އެކުއްޖަކަށް މަރުގެ އަދަބު ދޭންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ކުށުގެ އަދަބު ތަންފީޒުކުރަންވާނީ، އެކުއްޖާގެ އުމުރުން18  (އަށާރަ) އަހަރު ފުރިހަމަވުމަށްފަހުއެވެ.

 

19 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 61 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

61. (ހ) (3) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ޖިނާޔަތުގެ 1 ވަނަ ދަރަޖައިގެ ކުށްތަކާއި، ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށްތަކާއި، މި ގާނޫނުގެ 112 ވަނަ މާއްދާއާއ 120 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ (i) އާއި، 130 ވަނަ މާއްދާއާއި، 131 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އަދ (2) ވަނަ ނަންބަރާއި، 140 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އަދި (2) ވަނަ ނަންބަރާއި، 141 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި، 210 ވަނަ މާއްދާއިން 216 ވަނަ މާއްދާއަށް ބަޔާންކޮށްފައިވާ ކުށްތަކުގައި ހިމެނޭ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށްތަކާއި، 220 ވަނަ މާއްދާގައި އޮތް ކުށުގެ ތެރެއިން، ޖިނާޔަތުގެ 4 ވަނަ ދަރަޖަކަމަށް ބަޔާންކޮށްފައިވާ ކުށްތަކާއި، 510 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކުށްތަކާއި، 611 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށާއި، 620 ވަނަ މާއްދާގެ (ހ) ގ (1) ވަނަ ނަންބަރާއި، 621 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށާއި، 710 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، 721 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާވެގެންވެއެވެ.

 

20 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 90 ވަނަ މާއްދާގެ (ވ) އުނިކުރުން.

(ވ) މުހާލަފާތު؛

 

21 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 90 ވަނަ މާއްދާގެ (މ) އުނިކުރުން.

90. (މ) މުހާލަފާތަކީ، ޖިނާއީ ކުށެއް ނޫނެވެ. މުހާލަފާތުގެ ކުށެއް ސާބިތުވުމަކުން، ޖިނާއީ ކުށް ސާބިތުވުމުން ނުކުންނަ ބާވަތުގެ ގާނޫނީ ނަތީޖާތަކެއް، ނުނުކުންނާނެއެވެ.

 

22 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 91 ވަނަ މާއްދާގެ (ނ) އުނިކުރުން

91. (ނ) މުހާލަފާތެއް ކަމުގައި ބެލެވޭނީ އަންނަނިވި ހާލަތްތަކުގައެވެ:

  1. އެއީ ޖިނާޔަތެއް ކަމުގައި ނުވަތަ ޖުނަހެއް ކަމުގައި ކަނޑައެޅިގެން ބަޔާންކޮށްފައިނުވުމާއެކު، އެ ކުށަށް ޖަލުގައި ބަންދުކުރުމުގެ އަދަބެއް ކަނޑައެޅިފައިނުވުން؛ 
  2. އެއީ، އެ ކުށްކުރުމުގެ ނިޔަތް އޮތްކަން ސާބިތުކުރަންނުޖެހޭ، ހަމައެކަނި އަމަލު ސާބިތުކުރަންޖެހޭ ކުށަކަށްވުން؛

 

23 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 93 ވަނަ މާއްދާގެ (ށ) ގެ (9) ވަނަ ނަންބަރު އުނިކުރުން.

93. (ށ) (9) މުހާލަފާތަކަށް 4,000 ރުފިޔާ.

 

24 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 94 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

94. (ށ) (4) ދެ ކުށުގެ ހަމައެކަނި ތަފާތަކީ، އެ ދެ ކުށުގެ ތެރެއިން އެއް ކުށަކީ ދައުވާ ރައްދުވާ ފަރާތުން ސީދާ ކުރި އަމަލެއްގެ މައްޗަށް ބިނާވެފައިވާ ކުށަކަށް ވުމާއި، އަނެއް ކުށް ބިނާވެގެންވަނީ މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، ހަމަ އެ ކުށަށް އެހެން މީހެއްގެ އަމަލަކަށް ޒިންމާ އުފުލަންޖެހޭ ހައިސިއްޔަތުން ކަމުގައިވުން.

 

25 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

94. (ނ) މި މާއްދާގެ (ށ) ގެ ދަށުން އެއް އަދަބަށްވުރެ ގިނަ އަދަބު ކަނޑައެޅުން މަނާކުރާ ހާލަތްތަކުގައި ކޯޓުން އަދަބު ކަނޑައަޅާނީ އެ ދެ ކުށުގެ ތެރެއިން ނުވަތަ އެއް ކުށުގެ ދެ ދަރަޖައިގެ ތެރެއިން އެންމެ ބަރުދަން ބޮޑު ކުށަށެވެ. ނުވަތަ އެންމެ މަތީ ދަރަޖައިގެ ކުށަށެވެ.

 

26 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 113 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އަންނަނިވި ގޮތަށް އިސްލާހުކުރުން.

113. (ށ) (2) (i) ބަލިމީހެއްގެ ސިކުނޑި މަރުވެފައިވާކަން އެނގެން އޮންނަ ހާލަތްތަކުގައި ނުވަތަ އެމީހަކީ އަނބުރާ ހޭނުލެވޭ ފަދަ ކޯމާއެއްގައ އޮތް މީހެއްކަން އެނގޭނެ އެކަށީގެންވާ ސިއްހީ ސަބަބުތައް ހުރި މީހެއްނަމަ، އެ ބަލިމީހާގެ އާއިލާގައި އޭނާއާ އެންމެ ގާތްކޮށް ތިބި މީހުންގެ އެދުމުގެ މަތިން، އޭނާއަށް ފަރުވާދިނުން ހުއްޓާލުން، ނުވަތަ

 

27 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 120 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ (iii) އަންނަނިވި ގޮތަށް އިސްލާހުކުރުން.

120. (ރ) (1) (iii) އެއްވެސް ބާވަތެއްގެ ވަޅިއެއް، ނުވަތަ ކަނޑިއެއް، ނުވަތަ ހަންޖަރެއް، ނުވަތަ ރޭޒަރު ތިލައެއް، ނުވަތަ ކަޓަރެއް، ނުވަތަ ކަޓަރު ތިލައެއް، ނުވަތަ ކަތިވަޅިއެއް، ނުވަތަ  ފުރޮއެއް، ނުވަތަ ކޯރާޑިއެއް، ނުވަތަ މުޅޮއެއް، ނުވަތަ ތޫނުކޮށްފައި ނުވަތަ ކޮޅު ފޭއްސާފައި ހުންނަ ދަގަނޑު ނުވަތަ ލަކުޑި، ނުވަތަ އެނޫންވެސް އެޒާތުގެ ތަކެތި ހިމެނޭ ގޮތުން، ތޫނު އެއްޗެހި ނުވަތަ ޓޭޒަރ ގަންއާއި ސްޓަން ގަންއާއި އެނޫންވެސް މީހެއްގެ ހަށިގަނޑަށް ށޮކެއް ފޮނުވައިގެން އޭނާއަށް ނުކުޅެދޭ ހާލަތެއް ވަގުތީ ގޮތުން ނަމަވެސް މެދުވެރިކުރުވާ ކޮންމެ އެއްޗެއް، ނުވަތަ ގޮވާއެއްޗެއް، ނުވަތަ ވިހައާއި ވިހަ ގޭސް ނުވަތަ މީހުން މަރުވެދާ ފަދަ ކެމިކަލް ނުވަތަ ބައިލޮޖިކަލް މާއްދާއެއް ނުވަތަ ނުރައްކާތެރި އެސިޑް ނުވަތަ ރޭޑިއޯ އެކްޓިވް މާއްދާ ހިމެނޭ އެއްޗެއްސަށެވެ.

 

28 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ފެށުމުގައިވާ ފިހުރިސްތުގެ 130 ވަނަ މާއްދާގެ ސުރުހީ "ރޭޕްކުރުން" މިގޮތަށް ބަދަލުކުރުން.

 

29 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 130 ވަނަ ބާބުގައިވާ ފިހުރިސްތުގެ 130 ވަނަ މާއްދާގެ ސުރުހީ "ރޭޕްކުރުން" މިގޮތަށް ބަދަލުކުރުން.

 

30 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 130 ވަނަ މާއްދާގެ ސުރުހީ "ރޭޕްކުރުން" މިގޮތަށް ބަދަލުކުރުން.

 

31 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 130 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

130. (ހ) ރޭޕްކުރާމީހާ އެކުރަނީ ކުށެކެވެ.

 

32 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 130 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

130. (ނ) "ރޭޕްކުރުން" ކަމަށް ބުނެފައި އެވަނީ، އެމީހެއްގެ ރުހުމަކާނުލައި، އަންހެނެއްގެ ކުރިމަތިފަރާތަށް ނުވަތަ ފުރަގަސްފަރާތަށް ފިރިހެނެއްގެ ޖިންސީ ގުނަވަން ނުވަތަ އެނޫންވެސް ގުނަވަނެއް ނުވަތަ އެއްޗެއް ކިތަންމެ ކުޑަކޮށް ނަމަވެސް ވެއްދުން ނުވަތަ ފިރިހެނެއްގެ ފުރަގަސްފަރާތަށް ފިރިހެނެއްގެ ޖިންސީ ގުނަވަން ނުވަތަ އެނޫންވެސް ގުނަވަނެއް ނުވަތަ އެއްޗެއް ކިތަންމެ ކުޑަކޮށް ނަމަވެސް ވެއްދުމަށެވެ. އެދުން ފުދުން ލާޒިމެއް ނޫނެވެ.

 

33 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 130 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

130. (ރ)

  1. އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެކެވެ.
    1. ކުށުގެ އަނިޔާ ލިބުނީ އުމުރުން 14 (ސާދަ) އަހަރު ނުވަތަ އެއަށްވުރެ ހަގު ކުއްޖެއް ކަމުގައިވުން؛ ނުވަތަ
    2. ބާރުގެ ބޭނުން ކޮށްގެން ނުވަތަ ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރު ދައްކައިގެން ޖިމާއުވުމަށް މަޖުބޫރު ކުރުވުން.
  2. އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.
    1. އަނިޔާ ލިބުނު ކުއްޖަކީ އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖެއް ކަމުގައިވެފައި، އަނިޔާ ލިބުނު ކުއްޖާގެ އުމުރާ އަޅާ ބަލާއިރު، ދައުވާލިބޭ މީހާގެ އުމުރު 4 (ހަތަރެއް) އަހަރު ނުވަތަ އެއަށްވުރެ ދޮށިވުން؛ ނުވަތަ
    2. އެ ހިންގި އަމަލުގެ ބާވަތް ދެނެގަންނަން އަނިޔާ ލިބުނު މީހާއަށް ނޭނގޭނެކަން ދައުވާލިބޭ މީހާއަށް އެނގިގެންވުން؛ ނުވަތަ 
    3. ދައުވާލިބޭ މީހާއަކީ އަނިޔާ ލިބުނު މީހާ ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހިފައިވާ މަގާމެއްގައި ހުރި މީހަކަށްވުން.
  3. އެނޫން ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.

 

34 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 131 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

131. (ހ) ޖިންސީ އެދުންވެރިކަމެއް އުފެއްދުމުގެ މަފްސަދުގައި ނުވަތަ ޖިންސީ އެދުންވެރިކަމެއް ހާސިލުކުރުމުގެ މަފްސަދުގައި އެހެން މީހެއްގެ ރުހުމަކާ ނުލައި، އޭނާއާމެދު ޖިންސީ އަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ.

(ށ) "ޖިންސީ އަމަލު" ކަމަށް ބުނެފައި އެވަނީ:

  1. އެހެން މީހެއްގެ ކުރިމަތިފަރާތުގައި ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ ޖިންސީ އެހެންވެސް ގުނަވަނެއްގައި ނުވަތަ ޖިންސީ އަރާމެއް ހޯދައިގަނެވޭ ހިސާބެއް ކަމަށް ބެލެވޭ ތަނެއްގައި އަތްލުން ނުވަތަ އެއްޗެއް މެދުވެރިކޮށް އަތްލުމަށް؛ ނުވަތަ 
  2. އެހެން މީހެއްގެ ކުރިމަތިފަރާތުގައި ނުވަތަ ފުރަގަސްފަރާތުގައި ނުވަތަ ޖިންސީ އެހެންވެސް ގުނަވަނެއްގައި ނުވަތަ ޖިންސީ އަރާމެއް ހޯދައިގަނެވޭ ހިސާބެއް ކަމަށް ބެލެވޭ ތަނެއްގައި އަތްލެއްވުމަށް ނުވަތަ އެއްޗެއް މެދުވެރިކޮށް އަތްލެއްވުމަށް؛ ނުވަތަ 
  3. ކުށުގެ އަނިޔާ ލިބުނު މީހާގެ ހަށިގަނޑުގެ ބަޔަކަށް މަނި ފޯރުވުމަށް.

(ނ)

  1. އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.
    1. ކުށުގެ އަނިޔާ ލިބުނީ އުމުރުން 14 (ސާދަ) އަހަރު ނުވަތަ އެއަށްވުރެ ހަގު ކުއްޖެއް ކަމުގައިވުން؛ ނުވަތަ
    2. ބާރުގެ ބޭނުން ކޮށްގެން ނުވަތަ ބާރުގެ ބޭނުންކޮށްފާނެކަމުގެ ބިރު ދައްކައިގެން އެ ކުށްކުރުމަށް މަޖުބޫރު ކުރުވުން.
  2. އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށް ކުރާނަމަ، އެ ކުށަކީ، ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.
    1. އަނިޔާ ލިބުނު ކުއްޖަކީ އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުއްޖެއް ކަމުގައިވެފައި، އަނިޔާ ލިބުނު ކުއްޖާގެ އުމުރާ އަޅާ ބަލާއިރު، ދައުވާލިބޭ މީހާގެ އުމުރު 4 (ހަތަރެއް) އަހަރު ނުވަތަ އެއަށްވުރެ ދޮށިވުން؛ ނުވަތަ
    2. އެ ހިންގި އަމަލުގެ ބާވަތް ދެނެގަންނަން އަނިޔާ ލިބުނު މީހާއަށް ނޭނގޭނެކަން ދައުވާލިބޭ މީހާއަށް އެނގިގެންވުން؛ ނުވަތަ
    3. ދައުވާލިބޭ މީހާއަކީ އަނިޔާ ލިބުނު މީހާ ބެލެހެއ ްޓުމުގެ ޒިންމ އުފުލަންޖެހިފައިވާ މަގާމެއްގައި ހުރި މީހަކަށްވުން.
  3. އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.

 

35 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 132 ވަނަ މާއްދާގެ ސުރުހީ "ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުން" މިގޮތަށް ބަދަލުކުރުން.

 

36 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 132 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.

132. (ނ) "ޖިންސީ ގުނަވަން" ކަމަށް ބުނެފައި އެވަނީ، ކުރިމަތިފަރާތް ނުވަތަ ފުރަގަސްފަރާތް ނުވަތަ އަންހެނާގެ އުރަމައްޗަށެވެ.

 

37 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 221 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

221. (ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކީ، މި ގާނޫނުގެ 220 ވަނަ މާއްދާގެ (ރ) އިން މުދަލަށް ގެއްލުންދިނުމުގެ ކުށަށް ކަނޑައަޅާފައިވާ ދަރަޖައަށްވުރެ އެއް ދަރަޖަ ދަށް ކުށެކެވެ.

 

38 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 222 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

222. (ހ) (2) މީހަކު އެނގިހުރެ ފަނާކުރަނިވި މާއްދާއެއް އަތުގައި ބަހައްޓާފައި ހުރީ ޖިނާޔަތުގެ ކުށެއް ކުރުމަށް ބޭނުންކުރުމުގެ މަފްސަދުގައިކަމުގައި ވުން؛ ނުވަތަ އެހެން މީހަކު އެފަދަ ޖިނާޔަތުގެ ކުށެއް ކުރުމުގައި ބޭނުންކޮށްފާނެކަން އެނގިހުރެ ކަމުގައިވުން.

 

39 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 222 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އުނިކުރުން.

222. (ހ) (3) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމަލެއް ހިންގާފައިވަނީ، ޖިނާޔަތުގެ ކުށެއް ކުރުމަށް ބޭނުންކުރުމުގެ މަފްސަދުގައި ކަމުގައިވުން ނުވަތަ އެހެން މީހަކު އެފަދަ ޖިނާޔަތުގެ ކުށެއް ކުރުމުގައި ބޭނުންކޮށްފާނެކަން އެނގިހުރެގެން ކަމުގައިވުން.

 

40 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 231 ވަނަ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

231. (ނ) (3) ށަރުއީ ކޯޓެއްގެ އަމުރަކުން ހުއްދަ ލިބިގެން، އެ ހުއްދައިގައިވާ ގޮތުގެމަތިން ގާނޫނު ތަންފީޒުކުރާ މުވައްޒަފަކު އެކިއެކި ވާހަކަތައް އަޑުއެހުމާއި ރެކޯޑުކުރުން.

 

41 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 311 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

311. (ހ) (3) އެކަން ކުރުމުގެ ހުއްދަ އެއް ނެތްކަން އެނގިހުރެ އެކަން ކުރުން.

 

42 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 312 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

312. (ނ) (1) މި  މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ii) އާއި، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (iii) ގައި ބަޔާންކޮށްފައިވާ ކުށްކުށަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.

 

43 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 315 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

315. (ށ) "މަންފާ" ކަމަށް ބުނެފައި އެވަނީ، ހަދިޔާއަކަށް ނުވަތަ އަގެއް އަދާކުރުމަކުން، ނުވަތަ ފައިސާގެ އަގެއް އެކުލެވިގެން ވިޔަސް އަދި ނުވިޔަސް، މާއްދީ ނުވަތަ ޣައިރު މާއްދީ ކޮންމެ ބަދަލަކަށެވެ.

 

44 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 411 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރު އުނިކުރުން.

411. (ށ) (4) މީހަކާ ނީނދެހުރެ ވިޔަސް ނުވަތަ އިނދެގެންހުރެ ވިޔަސް، ނަސަބުގެ ގުޅުމުގެ ސަބަބުން ނުވަތަ އެއްކިރުވުމުގެ ސަބަބުން ނުވަތަ ކާވެނީގެ ގުޅުމުގެ ސަބަބުން، ކާވެނި ހަރާމްވެގެންވާ މީހަކާއެކު ކުރި ކުށަކަށްވާނަމަ، އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.

 

45 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 411 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރު އުނިކުރުން.

411. (ށ) (5) ނަސަބުގެ ގުޅުމުގެ ސަބަބުން ނުވަތަ އެއްކިރުވުމުގެ ސަބަބުން ނުވަތަ ކާވެނީގެ ގުޅުމުގެ ސަބަބުން، ކާވެނި ހަރާމްވެގެންވާ މީހަކުކަމުގައި ނުވިޔަސް، އޭނާއަކީ އާއިލާއެއްގެ ތެރޭގައި ހާއްސަ މަގާމެއް ދެވިގެންވާ މީހަކު ކަމުގައި ވެފައި، އެ މަގާމުު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކުރި ކުށެއް ކަމަށްވާނަމަ، އެއީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.

 

46 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 412 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު އުނިކުރުން.

412. (ހ) (4) ޖަނަވާރަކާއެކު ޖިންސީ އަމަލެއް ހިންގައިފިނަމަ، އެއީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެކެވެ.

 

47 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 412 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރު އުނިކުރުން.

412. (ހ) (5) މީހަކާ ނީނދެހުރެ ވިޔަސް ނުވަތަ އިނދެގެންހުރެ ވިޔަސް، ނަސަބުގެ ގުޅުމުގެ ސަބަބުން ނުވަތަ އެއްކިރުވުމުގެ ސަބަބުން ނުވަތަ ކާވެނީގެ ގުޅުމުގެ ސަބަބުން، ކާވެނި ހަރާމްވެގެންވާ މީހަކާއެކު ހިންގި ޖިންސީ މުއާމަލާތެއްނަމަ، އެއީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެކެވެ.

 

48 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 412 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރު އުނިކުރުން.

412. (ހ) (6) ނަސަބުގެ ގުޅުމުގެ ސަބަބުން ނުވަތަ އެއްކިރުވުމުގެ ސަބަބުން ނުވަތަ ކާވެނީގެ ގުޅުމުގެ ސަބަބުން، ދާއިމީގޮތެއްގައި ކާވެނި ހަރާމްވެގެންވާ މީހަކުކަމުގައ ނުވިޔަސް، އޭނާއަކީ އާއިލާއެއްގެ ތެރޭގައި ހާއްސަ މަގާމެއް ދެވިގެންވާ މީހަކު ކަމުގައި ވެފައި، އެ މަގާމުު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި ޖިންސީ މުއާމަލާތެއްނަމަ، އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ.

 

49 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 412 ވަނަ މާއްދާގެ (ށ) އުނިކުރުން.

412. (ށ) ތިމާއާ އެއްޖިންސުގެ މީހަކާއެކު ޖިންސީ މުއާމަލާތެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ.

 

50 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 412 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުމަށްފަހު، އެ މާއްދާގެ (ނ) އެ މާއްދާގެ (ށ) ކަމުގައި ހަމަޖެއްސުން.

412. (ށ) "ޖިންސީ މުއާމަލާތް" ކަމަށް ބުނެފައި އެވަނީ، އެހެން މީހެއްގެ ޖިންސީ ގުނަވަނެއްގައ ނުވަތަ ޖިންސީ އަރާމެއް ހޯދައިގެނެވޭ ހިސާބެއް ކަމަށް ބެލެވޭ ތަނެއްގައި އަތްލުމަށް ނުވަތަ އަތްލެއްވުމަށް ނުވަތަ އެއްޗެއް މެދުވެރިކޮށް އަތްލުމަށް ނުވަތަ އަތްލެއްވުމަށް ނުވަތަ ބީހުމަށެވެ.

 

51 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 413 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

413. (ހ) މީހަކު އަމިއްލަ އިހްތިޔާރުގައި އޭނާގެ ތިމާގެމީހަކާ ޒިނޭކުރާނަމަ ނުވަތަ އެނޫންވެސް ޖިންސީ މުއާމަލާތެއް ހިންގާނަމަ، އޭނާ އެކުރަނީ ކުށެކެވެ.

 

52 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 413 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

413.(ށ) (4) "ޖަލްދުކުރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 411 ވަނަ މާއްދާގެ (ޅ) ގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ތަޅާ ތެޅުމަށެވެ.

 

53 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 416 ވަނަ މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

416. (ރ) (1) މި ގާނޫނުގެ 130 ވަނަ މާއްދާގެ ނުވަތަ 131 ވަނަ މާއްދާގެ ދަށުން ތިމާއާމެދު ހިންގި ޖިންސީ އަމަލެއްގެ ސަބަބުން؛ ނުވަތަ

 

54 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 416 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

416. (ރ) (2) މި ގާނޫނުގެ 413 ވަނަ މާއްދާގެ ދަށުން ތިމާގެ މީހަކު ތިމާއާ ޖިންސީ މުއާމަލާތެއް ހިންގުން.

 

55 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 512 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

512. (ނ) މި ގާނޫނުގެ 1002 ވަނަ މާއްދާގައިވާ އަދަބު ކަނޑައެޅުމުގެ މިންގަނޑުތަކުގެ ތާވަލުގައި ބަޔާންކޮށްފައިވާ ހުކުމް ކަނޑައެޅުމުގެ މިންގަނޑުގެ އެންމެ އަސާސީ މިންގަނޑުގައި ހިމެނޭ އަދަބު، މި މާއްދާގައި ބަޔާންކުރާ ކޮންމެ ކުށަކަށް އެއް ދަރަޖަ މައްޗަށް އުފުލިގެންވެއެވެ. އެއީ، ދައުލަތުގެ މުވައްޒަފަކު، އެ ކުށްކޮށްފައިވަނީ ތިމާއަށް ނުވަތަ ތިމާގެމީހަކަށް ނުވަތަ ރަހްމަތްތެރިއަކަށް މަންފާއެއް ހޯދައިދިނުމުގެ މުފާބިލުގައިކަމަށް ވާ ނަމައެވެ.

 

56 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 532 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

532. (ހ) (1) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކު، ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ފަސްދުގައި ހުއްޓުވުން، ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުން؛ އަދި

 

57 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 612 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

612. (ހ) އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.

  1. އެ ތުހުމަތަކީ ދޮގު ތުހުމަތެއްކަން އެނގިހުރެ، މި ގާނޫނުގެ 411 ވަނަ މާއްދާގެ ނުވަތަ 413 ވަނަ މާއްދާގައި ބުނާގޮތަށް މީހަކު ޒިނޭ ކޮށްފިކަމަށް ނުވަތަ ކުރަމުންދާކަމަށް ބުނެ މީހަކާމެދު ތުހުމަތުކޮށް، އެވާހަކަ ދެއްކުން ނުވަތަ ތަކުރާރުކުރުން.

 

58 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 614 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

614. (ނ) "ދިވެހިރާއްޖޭގެ ހާއްސަ އިފްތިސާދީ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާ އިންވެގެން އޮންނަ އަދި ކަނޑުގެ ސަރަހައްދު ގުނަން ފަށާ ހިސާބުން ފެށިގެން 200 ނޯޓިކަލް މޭލާ ހަމައަށް އެ ފުޅާމިނުގައި އޮންނަ ކަނޑުގެ ސަރަހައްދަށެވެ. އަދި އެ ސަރަހައްދުގެ ތެރޭގައިވާ ކަނޑުއަޑީގެ ބިމާއި، ދިރުންހުރި އެއްޗެއްސާއި ދިރުންނެތް އެއްޗެއްސާއި އިފްތިސާދީ ވަސީލަތްތަކާއި ކަނޑާ ގުޅުންހުރި އެކިއެކި ސައިންޓިފިކް ތަހުލީލުތައް ކުރުމާއ ޕޮލިއުށަން ހިފެހެއްޓުމާއި މިކަންކަން ކުރުމުގެ ބާރު ދިވެހިރާއްޖެއަށް ލިބިގެންވާ ސަރަހައްދަށެވެ.

 

59 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ތިރީގައި ނަކަލުކޮށްފައިވާ، 617 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އުނިކުރުން.

617. (ހ) (3) ދިވެހިރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން؛ ނުވަތަ

 

60 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 622 ވަނަ މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ފަހަތަށް އަންނަނިވި ނަންބަރު އިތުރުކުރުން.

622. (ހ) (7) ދިވެހިރާއްޖޭގައި އޮރިޔާންކާޑު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން.

 

61 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1001 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

1001. (ށ) (3) އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަމުގެ ތެރެއިން ކަމެއް، ސާފު އަދި ފަބޫލުކުރެވޭ ހެކީގެ އަލީގައި ސާބިތުވެފައިވާނަމަ އެކަމަކާއި؛ އަދި

 

62 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1001 ވަނަ މާއްދާއަށް އަންނަނިވި އަކުރު އިތުރު ކުރުމަށްފަހު، އެއީ އެ މާއްދާގެ (ރ) ގެ ގޮތުގައި ހަމަޖެއްސުން.

1001. (ރ) މި ފާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގާފައިވާ ކުށްތަކަށް، މި ގާނޫނުގެ ދަށުން އަދަބު ދޭއިރު، އެ ހާދިސާގައި ހިމެނޭ ގިނަ ކުށްތަކަށް ދައުވާ ކުރެވިފައިނުވާ ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު" ކަމަށް ބަލާނީ، މ ި ގާނޫނުގެ 1002 ވަނަ މާއްދާގައި އޮތް ކަނޑައެޅޭ އަދަބުގެ މިންވަރު ބަޔާންކޮށްދޭ ތާވަލުގައި އޮތް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 3 (ތިނެއް) ދަރަޖަ މަތީ ދަރަޖައެވެ. އެއަށްފަހު، މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށްފަހު، އަދަބުގެ މިންވަރު ކަނޑައަޅާނީއެވެ.

 

63 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1002 ވަނަ މާއްދާގެ (ހ) ގައި އޮތް ތާވަލު އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

  ޖިނާޔަތުގެ
ދަރަޖަ 1
ޖިނާޔަތުގެ
ދަރަޖަ 2
ޖިނާޔަތުގެ
ދަރަޖަ 3
ޖިނާޔަތުގެ
ދަރަޖަ 4
ޖިނާޔަތުގެ
ދަރަޖަ 5

ޖުނަހްގެ 

ދަރަޖަ 1

ޖުނަހްގެ 

ދަރަޖަ 2

ޖުނަހްގެ 

ދަރަޖަ 3

ކަނޑައެޅޭނެ އެންމެ ބޮޑު އަދަބު 25 އ 15 އ 8 އ 4 އ 2 އ 1 އ 6 މ 3 މ
+5

22 އ،

6 މ

13 އ،

6 މ

7، އ، 2 މ،

12 ދ

3 އ، 7މ، 

6 ދ

1 އ، 9 މ،

18 ދ

10 މ،

24 ދ

5 މ، 

12 ދ

2 މ،

21 ދ

+4 20 އ 12 އ

6 އ، 4 މ،

24 ދ

3 އ، 2 މ،

12 ދ

1 އ، 7 މ،

6 ދ

9 މ،

18 ދ

4 މ،

24 ދ

2 ނމ

12 ދ

+3

17 އ، 

6 މ

10 އ،

6 މ

5 އ، 7 މ،

6 ދ

2 އ، 9 މ،

18 ދ

1 އ، 4 މ،

24 ދ

8 މ،

12 ދ

4 މ،

6 ދ

2 މ،

3 ދ

+2 15 އ 9 އ

4 އ، 9 މ،

18 ދ

2 އ، 4 މ،

24 ދ

1 އ، 2މ، 

12 ދ

7 މ،

6 ދ

3 މ،

18 ދ

1 މ،

24 ދ

+1

12 އ،

6 މ

7 އ،

6 މ

4 އ 2 އ 1 އ 6 މ 3 މ

1 މ،

15 ދ

އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު 10 އ 6 އ

3 އ، 2 މ،

12 ދ

1 އ، 7 މ،

6 ދ

9 މ،

18 ދ

4 މ،

24 ދ

2 މ،

12 ދ

1 މ،

6 ދ

-1

7 އ،

6 މ

4 އ،

6 މ

2 އ، 4 މ،

24 ދ

1 އ،

12 ދ

7 މ،

6 ދ

3 މ،

18 ދ

1 މ

24 ދ

27 ދ

-2 5 އ 3 އ

1 އ، 7 މ،

6 ދ

9 މ،

18 ދ

4 މ،

24 ދ

2 މ،

12 ދ

1 މ،

6 ދ

18 ދ
-3

2 އ، 

6 މ

1 އ، 

6 މ

9 މ،

18 ދ

4 މ،

24 ދ

2 މ،

12 ދ

1 މ،

6 ދ

18 ދ 9 ދ

 

 

64 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1003 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

1003. (ނ) (1) ކަނޑައެޅޭނެ އަދަބުގެ މިންވަރަށް ވުރެ 2 މިންވަރު ނުވަތަ އެއަށްވުރެ މަތީ މިންވަރެއްގެ އަދަބެއް ކަނޑައަޅައިފިނަމަ، އެ އަދަބާ ދެކޮޅަށް މަތީ މަރުހަލާއެއްގެ ކޯޓެއްގައި އިސްތިއުނާފުކުރުމުގެ ހައްފު ކުށް ސާބިތުވެފައިވާ މީހާއަށް ލިބިގެންވެއެވެ.

 

65 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1005 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

1005. (ށ) ގޭގައި ބަންދުކުރުމަކީ ގެއެއްގައި ނުވަތަ ގެއެއްގެ މަގާމުު ދެވޭ ފަދަ ތަނެއްގައި ބަންދުކުރާ ބަންދުކުރުމެވެ. މިގޮތަށް ބަންދުކުރެވިފައިވާ މީހާ އޭނާ ބަންދުކުރެވިފައިވާ ތަނުން ގަވާއިދާ ހިލާފަށް ނުކުމެގެން ނުވާނެއެވެ. އަދި ގަވާއިދާ ހިލާފަށް ނުކުމެއްޖެނަމަ، އޭނާގެ މައްޗަށް އިތުރު އަދަބު ކަނޑައެޅިދާނެއެވެ.

 

66 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1104 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

1104. (ހ) (1) އެ ކުށްކުރި ތާރީހުން ފެށިގެން ފާއިތުވި 6 (ހައެއް) އަހަރުދުވަހުގެ ތެރޭގައ އޭނާގެ މައްޗަށް ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާނަމަ، ނުވަތަ އެ ކުށްކުރި ތާރީހުން ފެށިގެން ފާއިތުވި 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޖުނަހްގެ ކުށެއް ސާބިތުވެފައިވާނަމަ، އެ ކުށަކަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 1 ދަރަޖަ މަތިވާނެއެވެ؛ ނުވަތަ

 

67 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1104 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

1104. (ހ) (2) އެ ކުށްކުރި ތާރީހުން ފެށިގެން ފާއިތުވި 6 (ހައެއް) އަހަރުދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޖިނާޔަތުގެ އެއް ކުށަށްވުރެ ގިނަ ކުށް ސާބިތުވެފައިވާނަމަ، ނުވަތަ އެ ކުށްކުރި ތާރީހުން ފެށިގެން ފާއިތުވި 10 (ދިހައެއް) އަހަރު  ދުވަހުގެ ތެރޭގައި ޖިނާޔަތުގެ އަނިޔާވެރި ކުށެއް  ސާބިތުވެފައިވާނަމަ، އެ  ކުށަކަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 2 ދަރަޖަ މަތިވާނެއެވެ؛ ނުވަތަ

 

68 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1205 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

1205. ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް، އިސްލާމީ ށަރީއަތުގައި ކުށް ސާބިތުވުމަށް އޮތް މިންގަނޑުކަމުގައިވާ އެއްވެސް ށުބުހާއެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެމީހަކަށް މި ގާނޫނުގައިވާ ގޮތުގެމަތިން، ފަނޑިޔާރު ހައްދުގެ އަދަބު ކަނޑައަޅަންވާނެއެވެ.

 

69 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ފާނޫނަށް އިތުރުކުރާ ނުވަތަ އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

70 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

71 ވަނަ މާއްދާ - މި ފާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަސްދީފުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރުމަށްފަހު، 16 ޖުލައި 2015 ވަނަ ދުވަހުން ފެށިގެންނެވެ.

 

 

މައި ގާނޫނު

ގާނޫނުލްއުގޫބާތު (ގާނޫނު ނަންބަރު 2014-09)

 

ކޮންސޮލިޑޭޓެޑް

ގާނޫނުލްއުގޫބާތު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު