-

ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01) އަށް 6 ވަނަ އިސްލާހު ކުރުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2015-39)

 

ގާނޫނު ނަންބަރު 2002-01 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަނޫނުގެ 18 ވަނަ މާއްދާގެ ފެށުމުގައިވާ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

18. ގޯތި ވިއްކުމާއި ސަރުކާރަށް ދައްކަންޖެހޭ ޓެކްސް

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް، އެ ގޯއްޗެއް ދޫކޯށްފައިވާ ފަރާތަކުން މި ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ގޯއްޗެއްގެ ބިން ގަތުމަށްފަހު، އެހެން ފަރާތަކަށް ވިއްކަންވާނީ، މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އާންމުކޮށް ށާއިއުކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅޭ އަގަކަށް، ތިރީގައި ބުނެފައިވާ ގޮތުގެމަތިންނެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

18. (ށ) ގޯތި ގަންނަ ފަރާތަކީ ދިވެހިރައްޔިތެއް ކަމުގައިވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އެ ކުންފުންޏެއްގެ ސަތޭކަ އިންސައްތަ ހިއްސާދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށްވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމުގައިވުން.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ 19 ވަނަ މާއްދާގެ އަރިމަތީ ސުރުހީ އަންނަނިވި ގޮތަށް އިސްލާހުކުރުން.

19. ބިމާ ވަކިން އިމާރާތުގެ މުއާމަލާތު ކުރުމާއި ސަރުކާރަށް ދައްކަންޖެހޭ ޓެކްސް

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަނޫނުގެ 19 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރުތައް އިތުރުކުރުން.

19. (ނ) ބިމާ ވަކިން އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ވިއްކަންވާނީ، މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އާންމުކޮށް ށާއިއުކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅޭ އަގަކަށް، ތިރީގައި ބުނެފައިވާ ގޮތުގެމަތިންނެވެ.

  1. އެއްމެދު އިމާރާތް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓް ވިއްކަންއެދޭ މީހާއާއި އެމީހަކު ށަރުއީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައިވުން؛
  2. އެއްމެދު އިމާރާތް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓް ގަންނަ ފަރާތަކީ ދިވެހިރައްޔިތެއް ކަމުގައިވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާޓްނަރށިޕަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށްވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ ޖަމްއިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމުގައިވުން؛

(ރ) އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ގަނެފައިވާ ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ކުންފުންޏެއްގެ ހިއްސާގެ އެއްވެސް މިންވަރެއް ބޭރުގެ ފަރާތަކަށް ނުވިއްކޭނެއެވެ.

(ބ) އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ވިއްކާނަމަ، އެ އިމާރާތް ނުވަތަ ފްލެޓް ވިއްކާ އަގުގެ %15، ޓެކްސްގެ ގޮތުގައި އެ އިމާރާތެއް ނުވަތަ ފްލެޓެއް ވިއްކާ ފަރާތުން ސަރުކާރަށް ދައްކަންޖެހޭނެއެވެ.

(ޅ) އެއްމެދު އިމާރާތެއް ނުވަތަ އިމާރާތުގެ ފްލެޓެއް ހިބައިން ނުވަތަ ވަސިއްޔަތުން ދެވޭނީ، މި ގާނޫނުގެ 17 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިންނެވެ.

(ކ) ސޯށަލް ހައުސިންގ ޕްރޮޖެކްޓެއްކަމަށް ސަރުކާރުން ކަނޑައަޅާ ޕްރޮޖެކްޓެއްގެ ދަށުން އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓް ވިއްކާ ފަރާތްތައް، މި މާއްދާގެ ދަށުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމުން އިސްތިސްނާވެގެންވެއެވެ.

 

5 ވަނަ މާއްދާ – ބުނެވިދިޔަ ގަނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި މާއްދާ އިތުރުކުރުން

22. ސަރުކާރުގެ ފަރާތުން ބަންޑާރަ ގޯތި ވިއްކުން

(ހ) ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތްކުރުމުގެ ބޭނުމަށް މި ގާނޫނުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގެ ދަށުން އެކަށައޅައި، މި ގާނޫނުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމާބެހޭ މިނިސްޓްރީތަކާ ހަވާލުކުރާ ބިންތައް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ މިނިސްޓްރީން ދެވަނަ ފަރާތަކަށް ވިއްކިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަމާބެހޭ މިނިސްޓްރީތަކަށް ދޫކުރާ ބިންތައް އާންމު ފަރާތްތަކަށް ވިއްކުމުގައި، މި ގާނޫނުގެ 19 ވަނަ މާއްދާއާއި، 11 ވަނަ މާއްދާއާއި، 12 ވަނަ މާއްދާ، އަދި 18 ވަނަ މާއްދާއަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދެވަނަ ފަރާތަކުން ގަންނަ ބިމާއި އެ ބިމާ ގުޅިފައިވާ ހައްގުތައް، މި ގާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތަކަށް ރަޖިސްޓަރީ ކޮށްދެވޭނެއެވެ.

 

6 ވަނަ މާއްދާ – މި ގަނޫނުން ބުނެވިދިޔަ ގާނޫނުތައް އިތުރުކުރާ މާއްދާއާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

7 ވަނަ މާއްދާ – ބުނެވިދިޔަ ގާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގާނޫނުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

8 ވަނަ މާއްދާ – މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2002-01)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ބިިމާބެހޭ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2002-01)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު