-

ޕްރޮސިކިއުޓަރ ޖެނަރަލްގެ ގާނޫނު (ގާނޫނު ނަންބަރު 2008-09) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2016-04)

 

ގާނޫނު ނަންބަރު 2008-09 (ޕްރެސިކިއުޓަރ ޖެނެރަލްގެ ގާނޫނު) އަށް އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. ޑެޕިއުޓީ ޕްރެސިކިއުޓަރ ޖެނެރަލް

(ހ) ޕްރެސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދިނުމަށްޓަކައި ޑެޕިއުޓީ ޕްރެސިކިއުޓަރ ޖެނެރަލްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު އައްޔަންކުރަންވާނެއެވެ.  

 

2 ވަނަ މާއްދާ -  ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. (ށ) ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް މީހުން އައްޔަންކޮށް ވަކި ކުރާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގެ ފެށޭ އިބާރާތް އަންނަނިވި ގޮތަށް އިސްލާހުކުރުން.

7. (ރ) ޑެޕިއުޓީ ޕްރެސިކިއުޓަރ ޖެނެރަލްގެ މަގާމަށް އެކަކަށްވުރެ ގިން މީހުން އައްޔަންކުރާނަމަ، އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް މަސްއޫލުވާ އެންމެހައި ކަންކަން ކުރުމާއި، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ ބާރު، ވަގުތީ ގޮތުން ހަވާލުކުރާނެ މީހަކު، ޑެޕިއުޓީ ޕްރެސިކިއުޓަރ ޖެނެރަލްގެ މަގާމުގައި ތިބި މީހުންގެ ތެރެއިން ކަނޑައެޅިފައި ހުންނަންވާނެއެވެ.

 

4 ވަނަ މާއްދާ -  މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

  

މައި ގާނޫނު

ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނު (ގާނޫނު ނަންބަރު 2008-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު