-

ރިޔާސީ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 1998-01) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2008-03)

 

ގާނޫނު ނަންބަރު 1998-01 (ރިޔާސީ އިންތިހާބުގެ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދަކު، ގާނޫނު ނަންބަރު 1998-01 (ރިޔާސީ އިންތިހާބުގެ ގާނޫނު) ގެ 9 ވަނަ މާއްދާއަށް އަމަލުކުރުން ހުއްޓާލަން.

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަންފަށާނީ، މިގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

ރިޔާސީ އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 1998-01)

 

ކޮންސޮލިޑޭޓެޑް ގާނޫނު

ރިޔާސީ އިންތިހާބުގެ ގާނޫނު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 1998-01)

 

(މި ގާނޫނުގެ ގެޒެޓްކުރެވުނު ގޮތުގެ ކޮޕީ އަދި އެޓޭޗްނުކުރެވި)

ކިޔުންތެރިންގެ ހިޔާލު